ވާހަކަ

އުފާވެރި ގެވެހި ދިރިއުޅުން- 1 (ފިރިހެނުންނަށް ޚާއްޞަ)

އުފާވެރި ކައިވެންޏަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. އަދި ހިތާމަވެރި ކައިވެންޏަކީ ނަރަކައެވެ. އުފާވެރިކައިވެނީގެ ފައިދާތަކަށް ބަލާއިރު ސިއްހީގޮތުން ކުރާފައިދާތަކުގެތެރޭގައި އުފާވެރި ހަމަޖެހޭ ކައިވެނީގެ ސަބަބުން އިންސާނާގެ ދިފާޢީ ނިޒާމު ވަރުގަދަވެ،އެކަމުގެސަބަބުން ކުރިމަތިވާ،ވަރަށްގިނަ ބަލިމަޑުކަމާއި ފުރިހަމަޔަށް ކުރިމަތިލުމުގެ ޤާބިލިއްޔަތުކަން ލިބިދެއެވެ. އެކަމުން ޢާންމު ޞިއްޙަތު ރަނަގަޅުވެ މީހާގެ ޢުމުރު ދިގުވެއެވެ. އުފާވެރިކަން ނެތްކައިވެނީގެ ސަބަބުން  އިންސާނާގެ ސިކުނޑި ބަލިކަށިކޮށްލައެވެ. އެކަމުގެ ސަބަބުން %35 މީހުން ބަލީގެ ޝީކާރައަކަށްވެ،ޢާންމު ދުޅަހެޔޮ ޞިއްޙަތުގެއްލި ޢުމުރުން 4 އަހަރު ކުރުވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.

އުފާވެރިކަމެއްނެތް ކައިވެނީގެ ސަބަބުން ފިކުރުބޮޑުވުމާއި  ހާސްކަމާއި ޑިޕްރެސް  އަދި ހިތުގެބަލި،ޚާއްޞަކޮށް ލޭމައްޗަށްދިއުން, އަމިއްލެއަށްމަރުވުން  އަދި ބޯހާސްވުން މިނޫނަސް  މިފަދަ އެތަކެއްބައްޔަކާއި  ކުރިމަތިލާން ޖެހެއެވެ. މިފަދަ  ކައިވެނިން ނޭދެވޭ  އަސަރުކުރަނީކީ ހަމައެކަނި   ދެމަފިންނަކަށްނޫނެވެ. މީގެއަސަރު ދަރިންނަށްވެސް  ވަރަށްބޮޑަށްފޯރައެވެ. ރުޅިގަދަވުން،އެކަނިވެރިކަން،ޑިޕްރެސަން  ހާސްވުން މިނޫންވެސް ޖިސްމާނީގޮތުންނާއި ނަފުސާނީބަލިކަމުގެ ޝިކާރައަށްވުމުގެ އިތުރުން  ތަޢުލީމީޙަޔާތަށްވެސް  ވަރަށްނޭދެވޭ އަސަރުކުރެއެވެ. އެހެންކަމުން ބައެއްބޭފުޅުންވިދާޅުވާގޮތުގައި ހަމަނުޖެހޭދިރިއުޅުމެއްގައި  އުޅުމަށްވުރެން ސުލްޙަވެރިކަމާއެކު ވަކިވުންވެސް( ވަރި ) މާރަނގަޅެވެ.

އުފާވެރި ޙަޔާތަކަށް ޢަމަލުކުރުމަށްމަދު އުޞޫލުތަކެއްވެއެވެ. އެއުޞޫލުތަކަށް ޢަމަލުކޮށްފިނަމަ އިރާދަކުރެއްވިއްޔާ "ގެ" ދުނިޔެމަތީގެ ސުވަރުގެއަކަށްވާނެއެވެ.

އާދެ މިފޮތަކީ ފިރިހެނުންނަށްޚާއަޞަކުރެވިގެންވާ ފޮތެކެވެ. އެހެންވުމުން މިފޮތުގައި އަޅުގަނޑު،ފިރިހެނުންނަށް ޚާއްޞަކަންތައްތަކެއް އެކުލަވާލާނަމެވެ. އެކަމުގެ ސަބަބުން  ޒަވާޖީ ހަޔާތް  އުފާވެރިކުރުމަށްޓަކައި ނުހަނު އެހީތެރިވާނެއެވެ.އެހެނީ އުފާވެރިހަޔާތެއް ބިނާކުރުމަށް އެންމެބޮޑުރޯލެއް އަދާކުރަންޖެހޭ މީހަކީވެސް ފިރިމީހާކަމުގައިވާތީއެވެ.

1. ކައިވެންޏަކީ އަމިއްލަޒާތުގައި އުފާވެރިކަންގެނެސްދޭ އެއްޗެއްނޫނެވެ. އެކަމަށްޓަކައި ތިބާގެ  ތޫނުފިލިކަމާއި  ރޭވުންތެރިކަން  ނުހަނު ބޭނުންވާނެއެވެ. ތިބާ މިއަދު  ޢަޒުމް ކަނޑައަޅާށެވެ.އަހަރެންގެ "ގެ" ސުވަރުގޭގެ ނަމޫނާއަކަށް ހަދާނަމެވެ. އެއަށްފަހު އެކަމަށް ކެނޑިޅޭނި މަސައްކަތްކުރާށެވެ. އިރާދަކުރެއްވިއްޔާ ތިބާގެ "ގެ" ސުވަރުގެ ޖާގައަކަށްވާނެއެވެ.

2. ތިބާގެ  އަނބިމީހާއަކީ ތިބާގެ ފޮޓޯކޮޕީއެއްނޫންކަން އަބަދުވެސް ތިބާ ވިސްނާށެވެ.   އަދި ކިއެއްތަ ތިބާޔާއި މުޅިން ތަފާތުމީހެކެވެ. އޭނާ ލޯބިކުރާކަންތައްތަކާއި ނަފުރަތުކުރާކަންތައްތައް ތިބާޔާ ތަފާތުވާނެއެވެ. ތިބާގެ ޚިޔާލާވިސްނުން އެއްގޮތްވާނެކަމަށްހީނުކުރާށެވެ. އެހެނެއްކަމަކު އޭނާ ބަދަލުކުރުމަށް މަސައްކަތްނުކުރާށެވެ. އެގޮތަށްބަލައިގަނެ ޤަބޫލުކުރާށެވެ.

3. ދުނިޔޭގައި އެއްވެސް އިންސާނަކު މުޅިން ފުރިހަމައެއް ނުވާނެއެވެ. ތިބާވެސް މުޅިން ފުރިހަމައެއްނޫނެވެ. ތިބާގެ އަނބިމީހާގެ 10 އުނިސިފަ ހުރިކަމަށްވާނަމަ 10 ރަނގަޅުކަންތައްވެސް ހުންނާނެއެވެ. ތިބާ ކޮންމެ މީހަކާއިންކަމުގައިވިޔަސް އެމީހަކު މުޅިން ފުރިހަމައެއްނުވާނެއެވެ. ކޮންމެވެސް އުނިކަމެއް ހުންނާނެއެވެ. އެހެންވީމާ ތިބާގެ އަނބިމީހާކައިރީ މިފަދައިން ބުނާށެވެ. " އަހަރެން ކަނބުލޭގެ ޤަބޫލުކޮށްބަލައިގަތީ އުފަލާއެކުގައެވެ."

4. ކޮންމެ އިންސާނަކީ ރަނގަޅުކަންތަކާއި އުނިސިފަ ލިބިގެންވާ މަޚުލޫގެކެވެ. މީހާގެ 5 އުނިކަންތައް ވާނަމަ 5 ރަނގަޅުކަންތައްވެސް ހަމަޔަގީނުންވެސް ހުންނާނެއެވެ. ތިބާގެ އަނބިހާގެވެސް ވަނީ އުނިސިފަޔާއި ރަނގަޅު ކަންތަކެވެ. ތިބާ އެކަނބުލޭގެ،ގެ އުނިސިފަތަކަށް ނުބަލައި އެކަނބުލޭގެ،ގެ ރަނގަޅުސިފަތަކަށް ބަލާށެވެ. އެރަނގަޅު ކަންތައްތައް ހޯދާބަލާށެވެ. އެއީ ކިތަންމެ ކުޑަކަމަކަށްވިޔަސް އެންމެރަނގަޅެވެ.

5. އަނބިމީހާގެ ރަނގަޅު ކަންތައްތައް އިތުރަށް ތަރައްޤީކޮށް ވިސްނައިގަތުމަށް ތިރީގައިވާ ފަރިތަކުރިންތައް ހަދާލާށެވެ.

ފަރިތަކުރުން ނަމްބަރ:1

  • ކޮންމެވެސް ހަމަހިމޭން ތަނެއްގައި އިށީނދެލާށެވެ. ބޭނުންނަމަ އޮށޯވެލެވިވެސްދާނެއެވެ. އެއަށްފަހު ލޯމަރާލުމަށްފަހު ދިގުކޮށް 5 ނޭވައިލާށެވެ.
  • އަނބިމީހާގެ ހުރި ރަނގަޅުކަންތައްތަކާއިމެދު  ވިސްނާލާށެވެ.  ތިބާގެ ސިކުނޑީގައި އެކަނބުލޭގެ ގެ ރަނގަޅު ކަންތައްކާއެކު އަނބިމީހާގެ ތަސްވީރު ސިފަކުރެވިގެންދާނެއެވެ. އެތަސްވިރު ފެނުމުން އެކަމުން ހިންހަމަޖެހުމެއްލިބޭނެއެވެ.
  • ދެން އެފޮޓޯގައި ކުލަޖެއްސުމާއެކު އަލިކޮށްބާލާލާށެވެ. ތިބާގެ އިޙުސާސްތައް އިތުރަށް ރަނގަޅުވެގެންދާނެއެވެ.

ފަރިތަކުރުން ނަމްބަރ:2

  • ހަމަޖެހިލައިގެން އިށީނދެލާށެވެ. ހަށިގަނޑަށް ހަމަހިނމޭންކަން ގެނެސްދޭށެވެ. އަދި ލޯމަރާލުމަށަފަހު ދިގުކޮށް ކޮންމެސް ވަރަކަށް ނޭވައިލާށެވެ.
  • އަނބިމީހާގެ ވަރަށް ހިތްހަމަނުޖެހޭ ކަމަކާމެދު ވިސްނާލާށެވެ. ތިބާގެ ސިކުނޑީގައި އަނބިމީހަގެ ތަސްވީރު ކުރެހިގެންދާނެއެވެ.
  • ދެން ތިބާ އަމިއްލަފޮޓޯ މައްޗަށްދަމާލާށެވެ. އެހެންދިގުވާރަކަށް އަނބިހާގެ ފޮޓޯ ދުރުވަމުންގޮސް ނުސާފުވާންފަށާނެއެވެ. ދެން ތިބާޔަށްވަމުންދިޔަ އުނދަގޫ ކުޑަވާނެއެވެ.
  • އަދިވެސް އިތުރަށް އަމިއްލަ ތަސްވީރު ދަމާލާށެވެ. މިހާރުއެފޮޓޯ ވަރަށް ދުރަށް ހިނގައި ދާނެއެވެ.  މިހާރު  ސިފަކުރަންވެސް  ދަތިހިސާބަށް  ހިނގައިދާނެއެވެ.  މިހާރު  ހީވާނީ ތިއްކެއްހެންނެވެ.މިހާރު ތިބާޔަކަށް އެއްވެސް އުނދަގުލެއް  ނުވާނެއެވެ.ކުޑައިރުކޮޅެއްވަންދެން  އެއަށްބަލާށެވެ. މިހާރު ތިބާގެ ނަޡަރުގައި އަހަންމިޔަތު ވަރަށް ކުޑަވެދާނެއެވެ.ނޫނީ އެއްކޮށް ކެނޑިދާނެއެވެ.
  • ދެން އަނބިހާގެ އެއާދަޔާމެދު ދެފަހަރު ވިސްނާކާށެވެ. މިހާރު އަނބިހާގެ އައާދައިގެ ސަބަބުން ތިބާޔަކަށް އެއްވެސް  އުނދަގުލެއްނުވާނެއެވެ.  އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި  އނބިހާގެ  އެއާދަގެ ސަބުން އުނދަގުލެއް  ނުފޯރާނެއެވެ. ކުރިއަށްއޮތް މަޝްގުންވެސް އެކަމަށް ފައިދާއެއްކުރާއެވެ.

ފަރިތަކުރުން ނަމްބަރ:3

  • ލޯމަރައި ހަމަޖެހިލައިގެން އިށީދެލުމަށްފަހު ދިގުކޮށް 3 ނޭވައިލާށެވެ.އެތެރެއަށް ނޭވައި ދަމާލުމަށްފަހު އަނގައިން ބޭރުކޮށްލާށެވެ.
  • އަނބިމީހާގެ ނޭދެވޭ އާދަތަކާމެދު ވިސްނާށެވެ.ތިބާގެ ސިކުނޑީގައި އަނބިމީހާގެ ތަސްވީރުކުރެހޭނެއެވެ. އެފޮޓޯއަށް ސަމާލުކަމާއެކު ބަލަހައްޓައިގެންއިނދެ ތިބާ ހިތްހަމަނުޖެހޭ ކަންތައްތައްނޯޓު ކުރާށެވެ. ހަމަޔަޤީނުންވެސް އެކަމުން ތިބާޔަށް ވަރަށް އުނދަގޫވާނެއެވެ.
  • މިހާރު ދެން އެފޮޓޯ ބްލެކް އެންޑްވައިޓް ކުރާށެވެ.އަދި ސާފުނުވާގޮތަށް އިޙުސާސްކުރާށެވެ. ކުޑަކޮށްލާށެވެ.އެފޮޓޯ ދުރަށް ގެންދާށެވެ.   އެފޮޓޯހުރިތަން ބަދަލުކޮށްލާށެވެ.މިހާރު އެފޮޓޯހުރި މުޅިންކުރިމަތީގައި ކަމަށްވަންޏާ އޭގެ ކަނާތް އަދި ވާތްފަރާތުން މަތިން ތިރިއަށްގެންގޮސް ބަލާށެވެ.މިގޮތަށް އެއުނދަގޫވާ އިހުސާސްތައްކެނޑެންދެން ނުވަތަ ވަރަށް ކުޑަވަންދެހަދާށެވެ. މިކަން ތަކުރާރުކޮށް ކޮށްލާށެވެ.މިހާރު އަނބިހާގެ އެއާދަތަކުގެ ސަބަބުން ކުރިންހިތްހަމަނުޖެހުންހުރިވަރަކަށް ނުހުންނާނެއެވެ.

( ނުނިމޭ )

ނޯޓް: މިލިޔުންތަކުގައި އެވާ ފަރިތަކުރުން ތަކަކީ ދިރިއުޅުމުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމަށް ނަފުސާނީ ގޮތުން އެހީތެރިވެދޭ ކަންތައްތަކެކެވެ. އެކަންތައްތައް ފުރިހަމަކޮށްލުމުން އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން މިމުޅި އާޓިކަލް ބިނާވެފައި މިވަނީ ނަފުސާނީ ގޮތުން ދެމަފިރިންނަށް ކުރާނޭ ރަނގަޅު އަސަރުތަކެއްގެ މައްޗަށެވެ.

ގުޅުންހުރި

2 ޚިޔާލު

  1. މިއީ ލާދީނީ ތިއަރީއެއްގެ މައްޗަށް ލިޔެފައިވާ ސައިކޮލޮޖިކަލް މެތަޑްތަކެއް. އިސްލާމްދީނާއި ބައެއެް ކަންކަން މިތިއަރީގައި އެއްގޮތްވި ނަމަވެސް މީގެ އަޑީގައިވަނީ ލާދީނީ ގޮތްތަކެއް. ލާދީނީ ވިސްނުން ތަކެއް.

  2. ކުރިއަށްހުރިބައިތަކަށް އިންތިޒާރުކޮށްލައްވާ ޙަޤީގަތް އެނގިވަޑައިގަންނަވާނެކަން ޔަޤީނެވެ. ތިހާ އަވަހަށް ތިގޮތަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެކެވެ.

Your email address will not be published. Required fields are marked *

More in ވާހަކަ