ވާހަކަ

ނޫހުގެފާނުގެ ނަވުކޮޅުގައި އިބްލީސް

ތަލްބީސް އިބިލީސް ނަމަކަށް ކިޔާފޮތުގައި އައިސްފައިވެއެވެ.

ނޫހު އަލައިހިއްސަލާމް ނަވުކޮޅަށް އަރާވަޑައިގެން ނަވުކޮޅުގެ ތަންތަން ބައްލަވާލެއްވި ހިނދު ދެނެވަޑައިނުގަންނަވާ މުސްކުޅި މީހަކު ފެނިވަޑައިގަތެވެ. ވިދާޅުވިއެވެ. ކަލޭ މިނަވަށް އެރުވީ ކާކު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަހަރެން މިނަވަށް މިއެރީ ކަލޭގެ އެކުވެރިންގެ ހިތްތަކާ ކުޅެލާށެވެ. އެމީހުންގެ ހަށިތައް ކަލެއާއި އެކުގައިވީނަމަވެސް އެމީހުންގެ ހިތްތަށް އޭރުންވާނީ އަހަންނާ އެކުގައެވެ. ނޫހުގެފާނު ވިދާޅުވިއެވެ. އޭ ﷲގެ އަދުއްވާއެވެ. މިނަވުން ކަލޭ ބޭރުވާށެވެ. އިބިލީސް ދެންނެވިއެވެ. ފަސް ކަމަކުން މީސްތަކުން ހަލާކުކޮށްގެއްލެނި ކުރަމެވެ. އޭގެ ތެރެއިން ތިން ކަމެއްގެ ވާހަކަ ކަލެއަށްކިޔައިދޭނަމެވެ. އަނެއް ދެ ކަންތަކުގެ ވާހަކަ ކިޔައެއް ނުދޭނަމެވެ. އެހިނދު މާތްﷲ ނޫހުގެފާނަށް އެންގެވިއެވެ. އޭގެތެރެއިން ތިން ކަންތައް ކަލޭގެފާނަށް ބޭނުންފުޅެއް ނުވެއެވެ.

އަނެއް ދެ ކަންތަކުގެވާހަކަ ކިޔައިދިނުމަށް ވިދާޅުވާށެވެ. ދެކަމަކުން އަހަރެން މީސްތަކުން ހަލާކު ކުރަމެވެ. އެއީ ހަސަދަވެރިކަމާއި ކަންތައްތަކަށް ދަހިވެތިވާ ދަހިވެތިވުމެވެ. އަހަންނަށް ލަޢްނަތް ލެއްވުނީ ހަސަދައިގެ ސަބަބުންނެވެ. ކަންތައްތަކަށް ދަހިވެތިވުމުގެ ސަބަބުން އަހަރެން ބޭނުން ކަންތައް އާދަމްގެފާނުގެ ކިބައިން ހާސިލްކޮށްގަތީމެވެ. އެކަލޭގެފާނު އެތަނުން ބޭރަށް ނެރުއްވުނީ އެކަމުގެ ސަބަބުންނެވެ. ހަސަދަޔަކީ މީހަކަށް ހެޔޮކަމެއް ނުވަތަ ނިޢްމަތެއް ލިބޭ ހިނދު އެނިޢްމަތް އޭނާގެ ކިބައިން ފިލައިގެން ދިޔުމަށް އެދުމެވެ. އެނިޢްމަތް އޭނާ ނޫން އެހެން މީހަކަށް ނުލިބުމަށް އެދުމެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވާ ގޮތުގައިދެކަމެއްގައި ހަސަދަވެރިކަމެއް ނެތެވެ. އެއްކަމަކީ މާތަﷲ ތަނަވަސްކަން ދެއްވި މީހަކު ﷲގެ މަގުގައި ހޭދަކުރާތަން ފެނި އެފަދަ މީހަކަށްވުމަށް އެދުމެވެ. ދެވަނަ ކަމަކީ މާތަﷲ ޢިލްމުވެރި ކުރެއްވި މީހަކު އެ ޢިލްމާއި އެއްގޮތަށް ޢަމަލުކޮށް މީސްތަކުންނަށް އެޢިލްމު އުނގަންއިދޭއިރު އެފަދަ މީހަކަށްވުމަށް އެދުމެވެ. މިބާވަތުގެ ހަސަދައަށް ޢަރަބިބަހުގައި ކިޔަނީ ''ޣިބްޠާ'' އެވެ. މިއީ ރަނގަޅު ހަސަދައެވެ. މިއީ ހަސަދައެއް ނޫނެވެ. ކަންތައްތަކަށް ދަހިވެތިވުމޭ ބުނެވުނު ބަހުގެ މާނައަކީ ދުނިޔެއަށް ދަހިވެތި ވުމެވެ. ދުނިޔަވީ އެދުންތަށް ހާސިލްކުރުމުގައި ތިމާގެ ހުރިހާ ވަގުތެއް ހޭދަކުރުމެވެ. އެކަމުގައި އަވަދިނެތިވުމެވެ. މިކަމުގެ ސަބަބުން އާޚިރަތުގެމަތިން ހަނދުމަނެތުމެވެ. އެކަމަކު ހެޔޮ ކަންތައްތައް ކުރުމަށް ދަހިވެތިވުމަކީ ނުބައި ޢަމަލެއްނޫނެވެ. ދުނިޔަވީ ކަންތައްތަކަށް ދަހިވެތިވެއްޖެ މީހާ ވާނީ ޝައިތާނާގެ ގޮނޑި ކޮއްކޮއަކަށެވެ. ޝައިތާނާގެ އަތުގައިވާ ކުޅޭ ކުޅޭ އެއްޗަކަށެވެ.

ދުނިޔެއާއި ބެހޭ ގޮތުން ބައެއް އަޘަރުގައި އައިސްފައިވެއެވެ. ދުނިޔޭގައި އެންމެ ބާއްޖަވެރި މީހަކީ އެދުނިޔެއާ އެންމެ ޝައުޤުވެރިކަން ކުޑަ މީހާއެވެ. ދުނިޔެއަށް ކިޔަމަންގަންނަ މީހާ މަގު ފުރައްދައެވެ. ދުނިޔެއަށް ބޯލަނބާ މީހާ ގެއްލެނި ކުރުވައެވެ. ދުނިޔެއަށް ފުރަގަސްދޭ މީހާ ކާމިޔާބު ހޯދައެވެ. އެމީހެއްގެ ވެރި ރަސްކަލާނގެއަށް ތަޤްވާވެރިވި މީހާ އަށް ބާއްޖަވެރިކަން ހުއްޓެވެ. އިބްރާހީމް އަލަހިއްސަލާމް ގެ ސުޙުފުގައި އައިސްފައިވެއެވެ. އަރަހުށި މާތްﷲވަޙީކުރެއްވިއެވެ. ހެޔޮލަފާ މީހުންނަށް ކަލޭ ދަޅަތައް ދައްކާ ޒީނަތްތެރިވެގަތަސް އެމީހުންގެ ކުރިމަތީގައި ކަލޭގެ ޤަދަރު ހާދަ ކުޑައެވެ. ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތަކަށް ކަލެއަށް ނަފްރަތު ކުރުމުގެ ލޯބި ޖެއްސެވީމެވެ. ކަލޭގެ ހެއްލުންތަކަށް ކެތްތެރިވުން ލެއްވެވީމެވެ. ކަލެއަށްވުރެ ޤަދަރު ކުޑަ އެއްޗެއް ތިމަންރަސްކަލާނގެ ނަހައްދަވަމެވެ. ކަލޭ އުފެއްދެވި ދުވަހުންފަށައިގެން ތިމަންރަސްކަލާނގެ މިންވަރު ކުރައްވާފައިވަނީ އެއްވެސް އެއްޗަކަށްޓަކައި ކަލޭ ދެމި ނުއޮތުމަށެވެ. އަދި ކަލެއަށްޓަކައި އެއްވެސް އެއްޗެއް ދެމި ނުއޮތުމަށެވެ. އަޘަރުގައި އައިސްފައި ވެއެވެ. ޒާހިދު ބޭކަލަކަށް ދެންނެވުނެވެ. އެންމެ ނިކަމެތި ޚަލްޤަކީ ކޮބައިހެއްޔެވެ؟ ވިދާޅުވިއެވެ. އެއީ ދުނިޔެއެވެ. އެހެނީ މާތް ﷲގެގެ ހަޟްރަތުގައި ދުނިޔެއަކީ މަދިރި ފިޔައަކަށްވުރެވެސް އަގުދަށް އެއްޗެކެވެ. މާތްﷲގެ ހަޟްރަތުގައިވާ އެއްޗެއް ލިބޭނީ ދުނިޔެ ދޫކޮށްލައިގެންނެވެ. ދުނިޔޭގައި ޒާހިދުވާން އެދޭ މީހަކު ދުނިޔެ ލިބިގެންވާ މީހާއަށް ބަލާށެވެ. އަލް އިމާމް މާލިކު ވިދާޅުވާގޮތުގައި ދުނިޔެއަކި އީމާންކަމުގެ ފޮނިކަން މުއުމިނާގެ ހިތުން ނެރެލާ އެއްޗެކެވެ.

ގުޅުންހުރި

2 ޚިޔާލު

  1. މީގައި މިވާ ނަޞޭަޙަތުގެ ބަސްކޮޅަކީ ޒަމާނުއްސުރެ އަހަމުން ދެކެމުން އައިސްފައިވާ ބަސްކޮޅެކެވެ. އެހެންނަވެސް ވިސްނުން ފުށުއަރާ ދެކަމެއް މީގައި އެބަވޭ! އެއްކަމަކީ އިބްލީސް ނަވަށް އަރައި އިނުމެވެ. އެހެނީ ނޫހްގެފާނުންގެ ދުޢާ ފުޅުގެ އިޖާބެއްގެ ގޮތުން ހުރިހާ ކާފަރު މީސްތަކުން ނެތިކޮށްލެއްވުމަށްޓަކައި މުޅި ދުނިޔެ ޣަރަޤު ވެގެން ދިއަހިނދު އީމާންވި މަދު މީސްކޮޅު ނައުގެ ވަޞީލަތުން ސަލާމަތް ކުރެއްވެވި ވަގުތުގައި އިބްލީސް އެ ނަވަށް އަރައި އިން ވާހަކައެވެ. އެނެއްކަމަކީ ﷲގެ ޙަޟްރަތުން ވަޙީ އައިސް އައިސްއި ހުރި ބޭކަލަކަށް އިބްލީސްގެ ކައިރިން އެ ކަންތައްތައް އޮޅުން ފިލުވުމަށް އެހުމަށް ﷲ އެންގެވި ކަމަށް ބުނާބުމެއެވެ. ނަމަވެސް މުޅި އިންސާނީ ނައު އެއްކޮށް ނެތިކޮށްލުމަށް ފޫގަޅާފައި ހުރި މީހަކު(އިބްލީސް) ކޮންމެ ފަދަ ތާކުންވެސް ދިމާ ކުރުމަކީ އޭނާކުރާނެކަމެކެވެ. އެހެންނަމަވެސް އިބްލީހަށް ބިން ނޫނަސް އެހެންތަން އޭނާ އަށް ޚާއްޞަވެފައިވާކަމުންނާއި އެކުވެސް އެކަލޭގެއަށް ވާސިލު ނުވެވޭނެ ތަންތަނާއި ކަންކަމާއި އަދި މީހުންވެސް ތިބި ފަދައިން އެނަވާ ކައިރި ވުމަކީ އެކަލޭގެއަށް އޮތްކަމެއްކަމުގައެއްނުދެކެމެވެ. އެހެނީ މުޅިޝިރުކު އެއްކޮށް ފަނާވެހިގަންޖެއެވެ. ދެން އަނެއްކާވެސް އިބްލީހުގެ ކުޅިގަނޑުފެށޭނީ ބިމުގައި އިންސާނާ ޤާއިމުވީމާ ކަމަށް ދެކެމެވެ. ވަﷲއަޢުލަމް!

  2. ހައި އަސްލު ޝާމާ ވެސް އެގްރީ ތިކަމާ ވ ބޮޑަށް

Your email address will not be published. Required fields are marked *

More in ވާހަކަ