މާތްވެގެންނާ ނަބިއްޔާ ޙަޟުރަތު ނޫޙު ޢަލައިހިއްސަލާމްއަށް, އިސްލާވެ ވަޑައިގެންމީހުންނާއެކު، ޠޫފާނުގެ ވަގުތުގައި ނަވަށް އަރަވަޑައިގެންނެވިހިނދު ކުއްލިއަކަށް އެތަނުން ޝައިޠާނާ ފެނިވަޑައިގަތެވެ. ނޫޙުގެފާނު ވިދާޅުވިއެވެ. ކަލޭމިތަނަށްވެސް އައީހެއްޔެވެ؟ އެހިނދު އެކަލޭގެފާނު ޝައިޠާނާހިފެހެއްޓުމަށްފަހު ޝައިޠާނާގެ ސިއްރުތައް ( މީހުން މަގުފުރައްދާގޮތް ) ކިޔައިނުދެނީސް ދޫކޮށްނުލާނެކަމަށް ވިދާޅުވިއެވެ.
ނޫހުގެ ފާނު ސުވާލުކުރިއެވެ. ކަލޭ، މީސްތަކުން މަގުފުރައްދަނީ ކޮން އުކުޅެއްބޭނުންކޮށްގެންހެއްޔެވެ؟
ޝައިޠާނާ ޖަވާބުގައި ބުންޏެވެ. މީހުން މަގުފުރެއްދުމަށް ފަސްގޮތެއްބޭނުން ކުރަމެވެ. ނަމަވެސް ކަލޭގެފާނަށް ކިޔައިދެވޭނީ 3 ގޮތެއްގެވާހަކައެވެ. އަނެއްދެކަންތަކުގެ ވާހަކައެއް ނުބުނެދެވޭނެއެވެ. އެހިނދު މާތްﷲ ނޫޙުގެ ފާނަށް ވަހީބާވައިލެއްވިއެވެ. " ލަޢުނަތްލެއްވިގެންވާ ޝައިޠާނާއަށް ބުނާށެވެ. ތިޔަބުނާ ތިންކަންތަކުގެ ވާހަކަ އަހަރެމެން ބޭނުމެއްނުވެއެވެ. ތިޔަ ނުބުނަންއުޅޭ ދެވާހަކަ ބުނެދޭށެވެ. ޙަޤީޤަތުގައި ސިއްރުވެގެންވާ ކަންތަކަކީއެއީއެވެ."
ނޫޙުގެފާނު ޝައިޠާނާއަށް ބުންޏެވެ. ތިޔަބުނާ ތިންކަންތަކުގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫނެވެ. ބުނަން ބޭނުންނުވާ ދެވާހަކަ ބުނާށެވެ." އެދެވާހަކަ ކިޔައިދިނުމަށް މިހިސާބުން ޝައިޠާނާއަށް މަޖުބޫރުވުމުން ބުންޏެވެ. "މީސްތަކުން މަގުފުރެއްދުމަށް ބޭނުންކުރާ ދެކަމެއްގެވާހަކަ ނުބުނަން އުޅުނީމެންނުހެއްޔެވެ. ނަމަވެސް އަޑުއަހާށެވެ. އެއްކަމަކީ ޙަސަދަވެރިކަމެވެ. އަނެއްކަމަކީ އަމިއްލައެދުން ބޮޑުވުމެވެ. އެއަށްފަހު ޝައިޠާނާ ބުންޏެވެ. ޙަސަދައިގެ ސަބަބުން ދަށުދަރަޖައަށްވެއްޓުނީ ޚުދު އަހަންނެވެ. އަދި އަމިއްލައެދުން ބޮޑުވުމުގެ ސަބަބުން ދަރަޖަ ދަށްކުރެވުނީ އާދަމްގެފާނުގެއެވެ.
އެހެނީ އާދަމްގެފާނު ހެއްދެވުމަށްފަހު މާތްﷲ އާދަމްގެފާނަށް ޢިލްމު އުނގަންނަވައިދެއްވިއެވެ. އަދި އާދަމްގެފާނުގެ ޢިލްމުވެރިކަމާއި މަތިވެރިކަން ހާމަކުރެއްވުމަށްފަހު ސަޖިދަ ޖެއްސެވުމަށް މަލާއިކަތްބޭކަލުންނަށް މާތްﷲ އަމުރުކުރެއްވިއެވެ. އެހިނދު ހުރިހާ މަލާއިކަތްބޭލަކުން އާދަމްގެފާނަށް ސަޖިދަކުރެއްވިއެވެ. ނަމަވެސް އިބިލީސް ސަޖިދަނުކޮށް ފަހަތަށްޖެހުނީ ބޮޑާކަންމަތީގައެވެ. ސަޖިދަޖެހުމަށް އިންކާރުކުރި ބޮޑާކަމަށްފަހު، އާދަމްގެފާނާމެދު ދެންވެވުނީ ހަސަދަވެރިއެވެ. އެހެނީ ﷲ ގެ ޙަޟުރަތުގައި އަހަރެންގެ ދަރަޖަ ދަށްވެގެންދިޔައި އިންސާނުންގެ ސަބަބުންނެވެ. ދެންވިސްނީ ކޮންމެގޮތެއްހަދައިގެންވެސް އޭނަޔަށް ލަނޑެއްދެވޭތޯއެވެ.
ހަސަދަވެރިވުމަކީ، ކުޅަދާނަމީހަކުފެނިއްޖެނަމަ، ނުވަތަ މާރީތި މީހަކުވެންނަހިނދު ، މީހެއްގެ މަތިވެރިކަން ފެންނަހިނދު، ނުވަތަ ޤަދަރުވެރިޔަކު ފެންނަހިނދު،މޮޅު ޢިލްމުވެރިޔަކު ފެނުމުން،ނުވަތަ ތަނަވަސް މުއްސަންޖަކުވެފެނުމުން އެތަކެތި އަހަންނަށް ލިބުނަސް އަދި ނުލިބުނަސް އެހުރިހާކަމެއް އެމީހެއްގެފުށުން ފިލައިދިއުމަށް އެދޭއެދުމަކީ ހަސަދަވެރިކަމުގެ ބައްޔެވެ. ޙަސަދަޔަކީ މާތްﷲގެ ޙަޟުރަތުގައި ވަރަށްދަށުދަރަޖައިގެ ޢަމަލެކެވެ.
މާތްﷲ އިންސާނާއަށް ދެއްވިމަތިވެރިކަން ޝައިޠާނާއަށްފެނުމާއެކު އަދި އެޝައިޠާނާގެ ދަރަޖަ އެހާދަށްވެގެންދިޔައީ އިންސާނުންގެ ސަބަބުންކަމުން ދެންވިސްނީ އެއިންސާނާ ދަށްކުރެވޭނެގޮތަކާމެދުގައެވެ. ހަސަދަވެރިކަމުގެ އަލިފާނުގައި އަނދަމުން ޝައިޠާނާވިސްނަމުންދިޔައީ އިންސާނާ ނިކަމެތިކޮށްލެވޭނީ ކޮންގޮތަކުންކަމާމެދުގައެވެ. ޝާއިޠާނާ ދުވަސްގޮސް ފުނޑުފުނޑުވެދިޔައީ މިބުނާ ޙަސަދަވެރިކަމުގެ ސަބަބުންނެވެ.
ސުވަރުގެ ވެއްދެވުމަށްފަހު ވަކިގަހަކުން މޭވާ ފަރިއްކުޅުވުމް އާދަމްގެފާނަށް މާތްﷲ މަނާކުރެއްވިއެވެ. ނަމަވެސް އާދަމްގެ ފާނު އެގަހުން މޭވާފަރިއްކުޅުވިއެވެ. އެއީ ޝައިޠާނާ ގަންދީ ހުވާކޮށްފައި ބުންޏެވެ. މާތްﷲ ގަންދީބުނަމެވެ. މިގަހުން މޭވާކެވުމަކީ ވަރަށްފައިދާހުރިކަމެކެވެ. މިގަހުން މޭވާކައިފިނަމަ ކަލޭ ދުވަހަކުވެސް މަރެއްނުވާނެއެވެ. އަދި މުޅި ޢުމުރަށް ދުނިޔޭގައި ހުންނާނެއެވެ. މިހިސާބުން އާދަމްގެފާނު ޢުމުރަށް ދުނިޔޭގައި ހުރުމުގެ އެދުންވެރިކަން ހިތުގެތެރޭގައި ހިނގަންފެށިއެވެ. މާތް ﷲ، އެގަހުން މޭވާފަރިއްކުޅުވުން މަނާކުރެއްވިކަން ހަނދާންވެސްނެތި އަމިއްލައެދުންބޮޑުކަމާއެކު އެގަހުން މޭވާ ފަރިއްކުޅުވުނީއެވެ. އާދަމްގެފާނުގެ ސުވަރުގެއިން ނެރެ ދަރަޖަ ދަށްކުރެވުނީ މިބުނި ޢަމަލާހުރެއެވެ.
އެހިސާބުން ޝައިޠާނާ ނޫހުގެފާނަށް ބުންޏެވެ. އަހަރެންގެ މަޤާމާއި ދަރަޖަ ދަށްކުރެވުނީ ޙަސަދަވެރިވުމުންނެވެ. އާދަމްގެފާނުގެ މަޤާމާއިދަރަޖަ ދަށްކުރެވުނީ އަމިއްލައެދުން ބޮޑުވުމުގެ ސަބަބުންނެވެ.
( ނިމުނީ )
މަޢުލޫމާތުގެނި މަސްދަރު: ވާޤިޢާތު ޕަޅިއޭ އައުރު ޢިބްރަތު ލީޖިޔޭ















ލިޔުމުގެ ކުއް މިލިޔުމުގައި ވަރަށް ގިނައިން ހުރިކަން ފާހަގަ ކުރެވޭ. ވީމާ އެކަން ރަނގަޅުކޮއްލުން އޮދެން.
ސަޅި މަސްދަރެއް!