ވާހަކަ

އަހަރެންގެ އަތުން މަރުވުމުގެ ކުރިން ވަރިކުރަން ބޭނުމެވެ.

މިވާހަކަ އަކީ ކުރީ ޒަމާނުގައި އުޅުނު ޒުވާނަކަށް ދިމާވި ޙަޤީޤީ ޙާދިޘާއެއްގެމައްޗަށް ލިޔެފައިވާ ވާހަކައެކެވެ. އެޒުވާނާގެ ދުލުން މިވާހަކަ އަޑުއަހާލާށެވެ.

އަހަރެމެންގެ ޤަބީލާގެ ރިވާޖާ ( އާދަކާދަޔާ) އެއްގޮތަށް ދުރުން އަތްނަގައި ހަރުއަޑުން ސަލާންކޮށްލުމަށްފަހު އަހަރެމެންގެ އަވަށުގެ ޝެއިހް ދިމާލަށް ހިނގައިގަތީމެވެ. އެޝެއިހަކީ އަސުރުން ފެށިގެން ޢިޝާ ނަމާދާ ހަމަޔަށް އެޝެއިޚުގެ އަރިހަށް އަންނަ މެހެމާނުންނަށް ކަމޭހިއްތެވުމަށް އިންތިޒާމުކުރައްވާ ބޭކަލެކެވެ. މީ އެޝެއިޚުގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ޝެއިޚުގެ މަޖިލިހަށް ޢަޞުރު ނަމާދުން ފެށިގެން ޢިޝާ ނަމާދާ ހަމަޔަށް މެދުނުކެނޑި މެހެމާނުން ޙާޟިރުވަމުން ދެއެވެ.

ޝެއިޚާ ސަލާމްކޮށްލުމަށްފަހު އޭނާގެ ކައިރީގައި އަހަރެން އިށީނީމެވެ. ދަނޑިވަޅު ހަމަ ލިބުމާއެކު ވަރަށް ސިއްރުން ދެންނެވީމެވެ. އަޅުގަނޑު މިއައީ ކަމަކާ މަޝްވަރާކޮށްލާށެވެ. ކައިވެންޏަށް އެއް އަހަރުވެގެން ދިޔައިރުވެސް އަހަރެން މިއުޅެނީ ވަރަށް ހިތްދަތި ޙާލުގައެވެ.

ހިނިތުންވެލާފައި ބަލާލުމަށްފަހު ޝެއިޚު ވިދާޅުވިއެވެ. "އޭ ޒުވާނާއެވެ. އަނެއްކާ ކިހިނެއްވީހެއްޔެވެ؟ އެހެން ނަމަވެސް ފެންނަގޮތުގައި ހަމަ ވަރަށް ރަނގަޅު ހާލުގައިވާހެން ހީވެއެވެ." އެކަމަށް އިންކާރު ކުރުމުގެގޮތުން އަހަރެން ބޯ ހަލުވާލީމެވެ. ނޫން، ނޫން ޝެއިޚު އަހަރެންގެ ދިރިއުޅުމެ ޙާލަތު ރަނގަޅެއް ނޫނެވެ. އަހަރެންގެ އަންހެނުންނަކީ ބޮޑު މޮޔައެކެވެ. މަސައްކަތް ކޮށް،ކޮށް ވަރުބަލިވެގެން އަރާމުކޮށްލުމަށް ގެއަށް އަންނަ އިރަށް އަރުވާޖަހައިގެން ހުންނަނީ އަހަހަރެން ގެއަށް ވަންނައިރަށް ފަށަން ތައްޔާރަށެވެ. ގެއަށް ވަންނައިރަށް ކުރިމައްޗަށް އަރާފައި ބުނާނެއެވެ.

- ގެއަށް އައުން ތިހާ ލަސްވީ ކީއްވެހެއްޔެވެ؟
- އަހަރެން ގެންނަން ބުނި ތަކެތި ނުގެނައީ ކީއްވެހެއްޔެ؟
- ގެނެއްސަތިހިރީ ކޮން ބޭކާރު އެއްޗިސެއްހެއްޔެވެ؟
- ވިޔަފާރިކުރަންވެސް ނޭނގެނީހެއްޔެވެ؟
- ނޫނީ މިއަދު މާއަވަހަށް ގެޔަށް ތިއައީ ކީއްވެހެއްޔެވެ؟
- އިރުއޮއްސުނީއްސުރެ އިރުއަރަންދެން އަހަންނަށް މިޖެހެނީ ކޮންމެވެސް ކަމަކާ ބޯގޮވާފައި ހުންނާށެވެ. އެވަރުން ކަލެއަށް ނުފުދެނީހެއްޔެވެ؟

ޝެއިޚުއެވެ. އަހަރެން ވަރަށް ކެއްކޮށްފީމެވެ. އަހަރެންގެ މައްޗަށް ޢަޒާބުފޮނުއްވުމަށް ދުޢާކުރާނެ އިތުރު ބަސްތަކެއްދެން ނެއްހެއްޔޭ އަހަރެން ކޮންމެ ފަހަރަކު އަނބިމީހާ ކައިރީ އަހަމެވެ. އަވަގުރާވެގެން ނުގޮވާއެއްޗެއްވެސް މިހާރަކު ނެތެވެ. އަހަރެންގެ ދިރިއުޅުން ނަރަކައިގެ ވޭނަކަށް ކަލޭ މިހާރު ހަދައިފިއޭވެސް އަހަރެން ބުނެފީމެވެ.

މިހާރު އޭނާގެ އެންމެ ވާހަކަޔަކަށް ރުޅިގަދަވެގެން އެތަކެއް އެއްޗިއްސެއް އަހަރެން ކިޔަމެވެ. އެވަރުންވެސް އަނބިމީހާ މަޑަކުން ނުހުރެއެވެ. އަދި މައިތިރިވާ ވަގުތެއްވެސް ނާދެއެވެ. މިހާލުގައި އެތައްއިރެއްވަންދެން އަހަރެން އުޅެން ޖެހެއެވެ. ހާސްކަންމަތީ ބޭއިޚުތިޔާރުގައި ބޮލުން އިސްތަށި އުފުރުމާއި ނިޔަފަތިކެވުން ނޫންކަމެއް އަހަންނަކަށް މިހާރަކު ނެތެވެ.

އޭ ޝެއިޚުއެވެ. މިހާރު އަހަރެންގެ ހިތް ފުރިއްޖެއެވެ. އޭނާގެމަތިން މުޅިން ފޫހިވެ ނަފުރަތު ކުރެވެން ފަށައިފިއެވެ. އެމޮޔަ އަންހެނާ އަހަރެންގެ އަތުން މަރުނުވަނީސް ވަރިކުރަން ބޭނުމެވެ.

ބޯ ހޫރުވާލުމާއެކު ޝައިޚު ވިދާޅުވިއެވެ. "އޭ ދަރިފުޅާއެވެ. ކަލެއަށް ދިމާވެގެން އުޅޭ މައްސަލަ މިހާރު އެނގިއްޖެއެވެ. ތިކަމަށްޓަކައި ބޭބެ އަތުގައި ފަރުވާއެއް އެބައޮތެވެ. އިރާދަކުރެވިއްޔާ އެފަރުވާއިން ކަލޭގެ ހުރިހާ މައްސަލައެއް ހައްލުވެގެންދާނެއެވެ."

ހައިރާންކަމާއެކު ޝެއިޚު ކައިރީ އަހަރެން އެހީމެވެ. އޭނާގެ އެމޮޔަކަން ދުރުވާނެ ފަރުވައެއް ޝެއިޚުގެ އަތުގައި އެބަހުރިހެއްޔެވެ؟ ނަމަވެސް އިތުރަށް އޭނާގެ މައްޗަށް ޝައުޤުވެރިވާނެ ޖާގައެއް އަހެރެންގެ ހިތަކުނެތެވެ. މިހާރު ބޭނުންވަނީ އޭނާ ވަރިކުރުމަށްފަހު ހަމަޖެހުމުގެ ނޭވާއެއްލާށެވެ. ޝެއިޚުގެ އަތުގައި އެކަމަށް ފަރުވައެއްވާނަ އަޅުގަނޑަކަށް ނޫން، އޭނާއަށް ޓަކައި ދެއްވާށެވެ. އަހަރެންގެ ކޮނޑުގައި ޝެއިޚުގެ އަތް އަޅާލުމަށްފަހު ހިނިތުންވެލާފައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ. މާތް ﷲ އަށް ވަކީލު ކުރާށެވެ. ޢަޞުރު ނަމާދަށްފަހު އަންނާށެވެ. އެކަމުގެ ފަރުވާ ބުނެދޭނަމެވެ."

ނަމާދުން އެނބުރިއައިސް އިށީނުމަށް އިޝާރާތްކުރަމުން ޝެއިޚު ގޭތެރެއަށް ވެދެވަޑައިގެންނެވިއެވެ. ބޭރަށް ނުކުންނެވިއުރު ބާރަށް މަތިޖަހާފައިވާ ކުޑަފުޅިއެއް ޝެއިޚުގެ އަތުގައި އޮތެވެ. ކައިރީގައި އިށީންނަވަމުން ވިދާޅުއެވެ. އަން މިއޮތީ ދަރިފުޅާ ހިފާށެވެ. ދިނުމަށް ވަޢުދުވި ފަރުވާއަކީ މީއެވެ. މިއަތުގައި ރައްކަތެރިކަމާއެކު ގެންގުޅޭށެވެ. ގެއަށް ވަނުމުގެކުރިން بسم اللہ ކިޔުމަށްފަހު މީގެން މަތިގަނޑެއްގެފެން އަނގަޔަށްއަޅާށެވެ. ނަމަވެސް ބައިގަޑިއިރުވަންދެން އެފެން ފޮދު ނުބައި އަނގައިތެރޭ ބަހައްޓަންވާނެއެވެ. ބައިގަނޑިއިރު ފަހުން ބޯލިޔަސް އެންމެ ރަނގަޅެވެ. މިފަރުވާ މެދުކެނޑުމެއްނެތި 10 ދުވަސްވަންދެން ކުރިޔަށް ގެންދަންވާނެއޭ ޝެއިޚު ވިދާޅުވިއެވެ. އިރާދަކުރެއްވިޔާ 10 ދުވަސްފަހުން ކަލޭ ހިތްއެދޭފަދަ އަތްބަކަށް އަނބިމީހާ ވާނެ އެވެ.
ވަރަށް ހައިރާންވެފައިހުރެ ބޯޖަހާލުމަށްފަހު ޝެއިޚު ވިދާލުވިގޮތަށް ކަންކުރާނަމޭދެންނެވީމެވެ. މިފަރުވާއިން އަނބިމީހާގެ މޮޔަކަން ފިލާ، މިފެން އަހަރެން ބުއިމުން އަނިބިމާއަށް މިކަމުގެ އަސަރު ކުރެއްވުމަށް ﷲ އަށް އަހަރެން ދުޢާކުރީމެވެ.

ޝެއިޚު ކައިރިން އެނބުރިއައިސް ޖެހިގެންއައި ދުވަހު ގެއަށް ވަނުމުގެ ކުރިން އެފުޅީގެ މަތި ނެގުމަށްފަހު ބިސްމިކިޔާ މަތިގަނޑެއްގެފެން އަނގަޔަށް އެޅީމެވެ. ހައިރާންކަމެއް އަހަންނަށް ލިބުނެވެ. އޭގައިލަނީ ފެންރަހައެވެ. ކުލައެއް، ވަހެއްވެސް ނެތެވެ.

ޝެއިޚު ވިދާޅުވިގޮތަށް ވަރަށް ބާރަށް އަނގަބަންދުކޮށްގެން ގެއަށްވަދެ ކޮޓަރިއާ ދިމާލަށް ހިނގަމުންގޮސް ބަދިގެބަޔާ އަރާ ހަމަވިތަނާހެން އަނބިމީހާއަށް އަހަރެން ފެނިއްޖެއެވެ. ކަންހިނގީ ހަމަ ހީކުރިގޮތަށެވެ. ލޯއަޅާފައި ދަތްކަރުވަމުން ޖެއްސުމަސް ބުނެލިއެވެ. "މަނިއްޕުޅު އެންމެފަހުން ވަޑައިގަންނަވައިފިދޯ!" ގެންނަން ބުނިތަކެތި ކޮބައި ހެއްޔެވެ. ނޫނީ އަބަދުވެސް ކަންތައްވާހެން އެކައްޗެއްވެސްނުލާ ގެއަށް އައީ ހުސްއަތާހެއްޔެވެ؟ ގެނައެއްޗެއްވިއްޔާ ދޭށެވެ. ގެނައީ ކޮނއެއްޗިއްސެއްތޯ ބަލަންބޭނުމެވެ. އަހަރެން ބަހެއް ނުބުނެ މަޑުންހުރީމައި ވަރަށް ހައިރާންވެފައި އަހަންނާ ދިމާލަށް ބަލާލިއެވެ. ނުކިއްސަރުވައްތަރަކަށް އަހަރެންގެ މޫނާ ދިމާލަށް އިނގިލިން އިޝާރާތްކުރަމުން ބުނެލިއެވެ. އަނގައިތެރޭގައި ދޫ ތަށިވީހެއްޔެވެ؟ ދަނޑިވަޅު ހަމަލިބުމާއެކު ފަރުވާގެ ބަކީ ވަގުތު ހަމަކުރުމަށްޓަކައި އަހަރެން ހަރުކޮށް ހިނގާފައިގޮސް ކޮޓަރިއަށް ވަނީމެވެ. ޝައިޚު ބުނި ކަމުގައި ވިޔަސް އަހަރެންގެ އަނބިމީހާއަށް މިފަރުވާއިން އެއްވެސް ފައިދާއެއް އަދިކިއެއްތަ އެއްވެސް އަސަރެއް ނުކުރާނެކަން ހަމަ ޔަޤީނުންވެސް އަހަންނަށް އެނގެއެވެ. ޚާއްޞަކޮށް މިއަދު އެއްވެސް އަސަރެއް ނުކުރިތާއެވެ.

ދެވަނަ ދުވަހުވެސް ގެއަށް ވަންނަމުން ހަމަ އެފަރުވާ ފެށީމެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އަންހެނުންގެ ޢަމަލުތަކަށް ފުރުޞަތުދެމުން އަހަރެންގެ އަނގަ ބަންދުކޮށްގެން އިނުމަށް އެފެންފޮދު އަނގަޔަށް އެޅީމެވެ.

އެދުވަހު ކަންތައްދިޔައީ ތަންކޮޅެއް ރަނގަޅެވެ. އަނގަމަޑުންލައިގެން އަހަރެންގެ މޫނާދިމާލަށް ބަލަންހުއްޓެވެ. ހީވަނީ އަހަރެން ބަހެއް ނުބުނެ ހުންނަނީ ކީއްވެތޯ ބަލަން ބޭނުންވެފައި ހުންނަ ހެންނެވެ. ކުޑައިރުކޮޅަކު މަޑުން ހުރުމަށްފަހު އަހާލިއެވެ. ކާނަންހެއްޔެވެ. ގެނައިތަކެތި ދޭށޭވެސް ބުނެލިއެވެ.

އޭގެ ފަސް ދުވަސް ފަސް
ޝެއިޚުގެ ދަރުބާރަށް ޙާޟިރުވެ އިށީނުމުގެ ކުރިން ސާލާމް ކޮށްލީމެވެ. އަދި ސުވާލުކުރީމެވެ. އެފުޅިއަށް ޝެއިޚު އެޅުއްވީ ކޮން އެއްޗެއްތޯއެވެ؟

ޝެއިޚު އަހަރެންގެ މޫނަށް ބަލާލުމަށްފަހު ހީނލާފައި ވިދާޅުވިއެވެ. އެންމެ ކުރިން މިހާރުގެ ހާލަތަކީ ކޮބައިކަން ބުނެދީބަލާށެވެ. އެފަރުވައިން އެއްވެސް އަސަރެއްކުރި ހެއްޔެވެ؟

ޖަވާބުގައި ބޯޖަހާލަމުން އަހަރެން ބުނީމެވެ. އަނބިމީހާގެ ވާހަކަ ބުނާ ނަމަ ބުނެވޭނީ ވޭތުވެ ދިޔަ ދެދުވަހެއްގައި ފާހަގަ ކުރެވުނީ އެއީ މުޅީން އެހެން މީހެއްކަމުގައެވެ. އަހަނަށް ސިފަކުރެވުނީ ކައިވެނީގެ ފުރަތަމަ ދެދުވަހެވެ. އެހާމެ މަޑުމައިތި،އެހާމެ ކިޔަމަންތެރިއެވެ.

އެންމެ ރަނގަޅެވެ. އެފުޅީގައި ހުރި ކޮންއެއްޗެއްތޯ ޝެއިޚު ވިދާޅުވެ ދެއްވާ ފާނަންތޯއެވެ. އަހަރެން އެޔަށް ނަމެއްވެސް ދީފީމެވެ. އެއީ ( މޮޔަ އަންހެނުންގެ ފަރުވާ ) އެވެ.

ޝެއިޚު ހެމުން ޖަވާބުދެއްވިއެވެ. ދަރިފުޅާއެވެ. އެފުޅީގައި ހުންނާނީ މިގޭ ވަޅުން އެޅި ފެނެވެ. އަހަރެންގެ ނަޒަރު މުޅީންހެން ހުއްޓިއްޖެއެވެ. ޢަޖައިބުވެފައި އަހާލެވުނެވެ. އެއީ ހަމައެކަނި ފެންހެއްޔެވެ. ހަމަ ފެންހެއްޔެވެ. އެންމެކުޑަމިނުން ބަރަކާތް ލެއްވުމަށް ދުޢާ ކުރެއްވިތާއެވެ. އެންމެ ރަނގަޅެވެ. އެހެންވިއްޔަ އެންމެ ރަނގަޅެވެ. އޭގެން އަހަރެންގެ އަންހެނުންނަށް ޝިފާ ( ރަނގަޅު ) ލިބުނީ ކިހިނެއްހެއްޔެވެ.

ހީނލާފައި ޝެއިޚު ވިދާޅުވިއެވެ. ކަލޭގެ ދިރުއުޅުމުގައި މަސްއަލަ އުފެދެންފެށީ ދެކަމެއްގެ ސަބަބުންނެވެ.
ފުރަތަމަ ކަމަކީ: ދުވާލު ހަތަރުދަމުގެ މަސައްކަތަށްފަހު ގެއަށް އަންނައިރު ކަލޭގެ ވިސްނުން ހުންނަނީ އެއްވެސް ބުރަކަމެއްނުކޮށް ހަމައެކަނި އަރާމުކުރުމަށެވެ.

ދެވަނަކަމަކީ: ކަލޭގެ އަންހެނުން މުޅި ދުވަސް ހޭދަ ކުރަނީ އެކަނިވެރިކޮށް، މަޑުމަތިރި މާހައުލެއްގައެވެ. ކަލޭ ގެއަށް އައުމާއެކު އޭނާ ވާހަކަ ދައްކާލަން ބޭނުންވެއެވެ. ނަމަވެސް ވާހަކަ ފަށާނެ ވަކި މައުޟޫޢެއް ނުފެނިގެން އުޅެނިކޮށް ބޭކާރު ވާހަކަޔަކުން ފެށި ތަފާތު ތުހުމަތުތައް އަޅުވާ ޒުވާބަކަށް ބަދަލުވަނީއެވެ.

އުފެދެމުންއައި ހުރިހާ މައްސައެއްގައި ކަލޭގެ ކެއްތެރިކަމާއި މަޑުމަތިރިކަމެއްނެތެވެ. އެކަންތައްތައް ދޫކޮށް ތިޔަ ވިސްނަނީ އަންހެނުން ވަރި ކުރަންހެއްޔެވެ؟

ދަރިފުޅާއެވެ. ވާންވިގޮތަކީ އަނބިމީހާގެ ހުރިހާ ވާހަކައެއް މަޑުމަރިތި ކަމާއެކު އަޑުއަހަންވީއެވެ. އޭނާ ހިތްއެދޭ ވާހަކަ އެއްދައްކަންދެން މަޑުން ހުންނާށެވެ. އެވާހަކަ ތަކުގެ ތެރޭގައި އައިސްފާ ހުންނަ ރުޅީގެ ވާހަކަވެސް ދައްކާނެއެވެ. އެހުރިހާ ވާހަކައެއް ބޭރުކޮށްލުމުގެ ފުރުޞަތު އަނބިމީހާއަށްދޭށެވެ. ތިޔަ ދިމާވި ހުރިހާ މަސްއަލައެއްގެ ފަރުވާއަކީ މަޑުމައިތިރިކަމެވެ.

ކަލޭގެ ބަލީގެ ހާލަތު ދެނިގަނެވުމުން އެކަމަށްޓައި އަހަރެން ދިނީ މިގޭ ވަޅުގެ ފެން އެފުޅީގައި ބަންދުކޮށްފައެވެ. އެއީ އެފެން ކަލޭގެ އަނގަޔަށް އަޅައިގެން އެވަގުތު ތަކުގައި އަނގަ ބަންދުކޮށްގެން ހުރުމަށެވެ. އެނޫން އެހެން އެއްވެސް ކަމެއް އެކަމުގައި ނުވެއެވެ.

އަހަރެން ބޭނުންވީ އަނބިމީހާގެ އިހުސާސްތައް ބޭރުކޮށްލަންދެއް ކެއްތެރިކަމާއެކު މަޑުން ހުންނަށް ކަލެއަށް ދަސްކޮށްދިނުމަށެވެ. އަނބިމީހާ ވާހަކަދައްކާއިރު އެވަގުތު އޭނާގެ ވާހަކަތަކައް ސަމާލުކަންދީގެން އަޑުއަހާށެވެ. އެހެން ކަންތައްކުރަނީ އެކަނބުލޭގެދެކެ ލޯބިންކަން އެކަނބުލޭގެއަށް ވިސްނޭނެއެވެ. އެހެންނޫނި އެކަނބުލޭގެ ކުރާކަމަކުން ކަލޭގެ ހިތް ކުދި ކުދި ވެދާނެތީވެސް މެއެވެ.

ދަރިފުޅާއެވެ. އަނބިމިހާގެ ބައްޔަށް ފަރުވާފެށުން އޮތީ ކަލޭގެ އަތުގައެވެ. މިފެންފޮދު ދީގެން މިފެށުނީ އެކަމެވެ. މިފެން ދީގެން އަހަރެން ކަލެއަށް ވިސްނައިދޭން ބޭނުންވީ ކަލޭގެ އަނބިމީހަގެ ފަރުވާ އަކީ ހަމައެކަނި ކަލޭގެ މަޑުމައިތިރިކަން ކަމުގައެވެ.

ލިޔުން ތެރިޔާ :އަޅުގަނޑު ތަންކޮޅެއް އިތުރު ކޮށްލާނަމެވެ. އަންހެނުންނަކީ ފިރިހެންނާ އަޅާބަލައިރު މާގިނައިން ވާހަކަދައްކައި އުޅޭބައެކެވެ. މިކަން ފިރިމީހާއަބަދުވެސް ދަންނަންޖެހޭނެއެވެ. އެއީ އެކަނބަލުންގެ ފިޠުރަތެވެ. އެހެންވުމުން އެކަމަށް ސަމާލުވެ ކޮންމެ ފިރިއަކުވެސް އެކަނބަލުންގެ ވަހަކަތައް އަޑުއަހަންވަނެއެވެ. އެއިރުން ދެމަފިރިންގެ ދެމެދުގައި ޖެހޭ މަސްއަލަތަށް ނިސްބަތުން މަދުވާނެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. އަރެންނަށްވެސް ދިމާވާކަމެއްމިއީ، މަސައްކަތްނިމެނީ ވަރަށްލަހުންވީމާ ހަމަގިޔަށް ވަންނައިރު އެކަހަލަގެ ބައެއްސުވާލުއާދޭ. އެސުވާލުތަކާ ހިސާބަށް މިލިޔުން ކިޔާލުމުން ހިތަށްއެއި އަންހެނުންނަށް މިލިޔުން ފޮނުވަންވީޔޭ އަންހެނުންނާ ވަރަށް ގުޅޭ ލިޔުމެކޭމީ އޭރުން ފަހަރުގައި އެކަންކަން ރަނގަޅުވެސް ކޮށްފާނެޔޭ. އެކަމަކު އެއްކޮށް ކީމަ މިއެގުނީ މަގޭ މައްސަލަކަށް މީގައޮތީ، މިއީ މަށައް އޮތްލިޔުމެއްކަން. މިވާހަކާގަ ޝެއިހު ބުނިގޮތަށް ހަމަކަންކަންވަނީ.

  2. Alhamdulillah Ya ALLAH jazakALLAH khayr
    Maasha ALLAH rangalhu waahaka ekam anhenmyhaa beykaaru waahaka dhekumaa rulhi aun ei faafa eh ekan huhtanjeheyne ei shaithaanun kaiveni roolhaaleveytho dheywaswaas thakeh
    Quran ga wani hihthah hamajeheyni ALLAH handhuma kurumun ney ehenwima ALLAH handhuma nukurumun hihhama nujehifa hunnanjehey ewaguthu thakuga shaithaan waswaaslaidheni
    Ehenwima gina ginain alhamdhu kurusi iklaas falagi naasi soorath kiyawan wi
    Alhukanthah furihama koh zikr kurumuga hunna myhakah ALLAH ge rahmathun waswaaheh naanaane hih hamajehifa hunnani Qudhurathun emeehaku ufaawaagothah kankan medhuweri kurah wa waani dhn waki ehwes ehcheh nulibunas emeehaage hihhamajehi ufaawefa hunnani
    Maai ALLAH emeehakah fudheyne

Your email address will not be published. Required fields are marked *

More in ވާހަކަ