މިވާހަކައަކީ ބްރިޓިޝް އެއާލައިނެއްގެ ބޯޓެއްގައި ހިނގި ޙަޤީޤީ ހާދިޘާއެކެވެ. ސައުތު އެފްރިކާގެ ޖޮހަނަސްބާގުން ލަންޑަނަށް އައުމަށް އުދުއްސާލި ފްލައިޓްގެ އިކޮނޮމީ ކްލާހުގެ ޝީޓެއްގައި ދޮންނަސްލުގެ 50 ހަކަށް ނުވަތަ އެއަށްވުރެވެސް ތަންކޮޅެއް ދޮށީ ޢުމުރުގެ އަންހެނެއް، އެފްރިކާގެ ބަބުރުމީހެއް ކައިރީ ގައި އިއްތިފާޤުން އިންނަށް ޖެހުނެވެ.
އެދޮންމީހާގެ މޫނުމަތިންފެންނަ މަންޒަރުތަކުން އޭނަ އެގޮނޑީގައި އިންނަހާލު ވަރަށް ރަނގަޅަށް އެނގެއެވެ. ރަނގަބީލު ޖަހާލުމަށްފަހުއެއާހޮސްޓަސްއަކަށް ގޮވާލާފައި ބުންޏެވެ. "ކަލޭމެން، އަހަރެން މިކަޅު މީހާކައިރީގައި ބޭންދުމުން އަހަރެން މިތަނުގައި މިއިންނަހާލު ކަލެއަށްއަންދާޒާކުރެވޭހެއްޔެވެ. މިކަހަލަ މުޑުދާރު މީހެއްކައިރީގައި އަހަރެންއިންނާކަށް ބޭނުމެއްނޫނެވެ. އަހަރެން އެހެން ގޮނޑިއަކަށްބަދަލުކޮށްދޭށެވެ."
އެތަނަށް އައި އެއާހޮސްޓަސް އަކީ ޢަރަބިނަސްލުގެ ކުއްޖެކެވެ. ދޮން މީހާޔަށްމުޚާޠަބުކޮށް ބުންޏެވެ. "މަޑުކޮށްލާށެވެ. މިބޯޓު ވަނީ މުޅިން ފުރިފައިކަންތިބާޔަށްވެސް އެނގެއެއްނޫންތޯއެވެ. ނަމަވެސް ވަރަށް އަވަހަށްއެހެންތަނަކުން ނަމަވެސް ޝީޓެއް ހަމަޖެހޭތޯ މިބަލަނީއެވެ."
އެއާހޮސްޓެސް ދިއުމަށްފަހު މާގިނައިރުތަކެއްނުވެ އެވެ. އައިސް އެދޮންމީހާޔަށް ބުންޏެވެ. "ކުރިންވެސް ބުނިފަދައިން މުޅި ބޯޓު މިވަނީފުރިފައެވެ. އިކޮނަމީ ކްލާހުން އެއްވެސް ޝީޓެއް ހުސްކޮށެއް ނެތެވެ. ޕައިލެޓަށް މިވާހަކަ ދެންނެވުމުން ބިޒްނަސް ކްލާސް ޗެކްކުރިއިރުވެސް ހުސްއެންމެ ގޮނޑިއެއްވެސް ނެތެވެ. ނަމަވެސް ފިނިފެންމާ ކްލާހުގައި ހުސްއެއްގޮނޑި އެބަހުއްޓެވެ."
ދޮންމީހާ އެއްޗެއް ބުނުމުގެ ކުރިން، އެއާހޮސްޓެސްގެ ވާހަކަފުރިހަމަކުރަމުން ބުންޏެވެ. "އަހަރެމެން ކޮމްޕެނީއިން އިކޮނަމީ ކްލާހުގެދަތުރުވެރިއަކު ފިނިފެންމާ ކުލާހުގައި ނުބައިންދައެވެ. އެހެންނަމަވެސްމިދިމާވި ޚާއްޞަ ހާލަތަށްބަލައި، ކޮމްޕެނީއިން ނިންމީ އެއްވެސްމީހަކު އެހާމުޑުދާރު މީހެއްކައިރީ އިނދެ ދަތުރު ކޮށްގެން ނުވާނެކަމަށެވެ. އެހެންވުމުން.." އެއާހޮސްޓެސް، އެފްރިކާމީހާޔާ ދިމާލަށް ބަލާލުމަށްފަހުބުންޏެވެ. "ތިބޭފުޅާގެ އަތްދަބަސް ހިފައިގެން އަޅުގަނޑާއެކު އައިސްދީފާނަންހެއްޔެވެ. ތިބޭފުޅާޔަށްޓަކައި ހުންނާނީ ފިނިފެންމާ ކްލާހުން ގޮނޑިއެއްހަމަޖައްސާފައެވެ."
ވަށައިގެން ތިބި ދަތުރުވެރިން ތިބީ ހިގަމުންދިޔަ ކަންތައްތައްބަލާއަޑުއަހާށެވެ. މިފަދައިން ކަންކޮށްފާނެ ކަމަކަށް އެކަކަމުވެސް ހިތަކަށްނާރައެވެ. އެގޮތަށް ނިންމުމުން ހުރިހާމީހުންވެސް ތެދުވެ ޖޯޝާއެކުއަތްތިލަބަޑި ޖަހަންފެށިއެވެ. މިހެން ކަންހިނގުމުން ދޮންމީހާގެކަންކަށީގައި އެތިފަހަރެއް ޖެހިފަދައެވެ.
އާދަމުގެ ދަރިން ހައްދަވާފައިވަނީ މަނިފޮދަކުންނެވެ. އޭގެ އަސްލަކީމަށްޓެވެ. ރިވެތިވެގެންވާ ހެދުން ލަނީ ފޮތިންނެވެ. މީރުކާނާ ( މާމުއި)ލިބެނީ ކުޅަނދުރުގެ ކުޅުންނެވެ. ނިމިގޮސް ދާންއޮތީ ބިރުވެރިކަމުންފުރިގެންވާ ކަށްވަޅަށެވެ. މިދަރަޖައިގެ މީހަކު މިފަދައިން ކިބުރުވެރިވެބޮޑާވެވޭނެހެއްޔެވެ؟
سورةلقمان ގެ އާޔަތް ނަންބަރު 18 ގެ މާނައީ: އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރާނުލާށެވެ! ( އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު،ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާއެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
ނޯޓް: މިވާހަކައަކީ ބްރިޓިޝް އެއާލައިނެއްގެ ބޯޓެއްގައި ހިނގި ޙަޤީޤީހާދިޘާއެކެވެ.
ތަރުޖަމާ :ޢަލީ ނަޢީމް/މ.ވޭވަށް















” އާދަމުގެ ދަރިން ހައްދަވާފައިވަނީ މަނިފޮދަކުންނެވެ. އޭގެ އަސްލަކީމަށްޓެވެ. ރިވެތިވެގެންވާ ހެދުން ލަނީ ފޮތިންނެވެ. މީރުކާނާ ( މާމުއި)ލިބެނީ ކުޅަނދުރުގެ ކުޅުންނެވެ. ނިމިގޮސް ދާންއޮތީ ބިރުވެރިކަމުންފުރިގެންވާ ކަށްވަޅަށެވެ. ” ވަރަށް އިބުރަތް ތެރި ބަސްކޮޅެއް\
ޝުކުރިއްޔާ ސިނާން