ބޮޑު ހާދިސާއަކަށްފަހު އެންމެންވެސް ތިބީ ކުރާނެކަމެއް، ކިޔާނެ އެއްޗެއް ނޭންގިފައެވެ. ގެއަށް އައިސް އެންމެންވެސް ނިދީއެވެ.
ޖެހިގެން އައި މަހަކީ އަހަރެމެން އެންމެނަށްވެސް ވަރަށް ހިތާމަވެރިމަހެކެވެ. ބޮޑުމިހާ ނިޔާވީއެވެ. އޭނާގެ ފަހުން އަހަރެމެންގެ ބޮޑުމީހަކަށް ދެން ވާނީ ކާކުކަމެއް އެކަކަށްވެސް ނޭންގެއެވެ. އާސަހަރާއަށް ދިޔުމަށްފަހު އެންމެން އައިސް ތިބީ ގޭގައި އެކަމާ ވާހަކަދައްކާށެވެ.
''އަހަންނަށް ޔަޤީން ދެން އެއުޅޭ ސޮރު އަންނާނެކަން...އޭނަގެ އުނދަގޫ އަދިކިރިޔާ ޖެހޭނީ.. އެމީހަކު އެމީހެއްގެ ރައްކާތެރިކަން ހޯދަން ވީ..'' ރާޖޫ އިނީ އިސްޖަހައިގެންނެވެ. އޭނައަށް ފެންނަ އެއްޗެއް ބުނި އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން އަހަރެމެންނަށް ފެންނާކަށް އޭނާ ބޭނުން ނުވެއެވެ.
''އެކަމަކު..އަހަރެމެން ކިހިނެއް ހަދާނީ...'' އެންމެ ތަޖުރިބާ މަދު މީހާއަށްވުމާއި އެކު އަނގައިން ނުބުނެ ނީދެވުނެވެ.
''މަގޭ ރައްޓެއްސެއް އެބައުޅޭ އައްޑުއަތޮޅުގަ.. މަ ދާނީ އޭނަ ކައިރިއަށް..'' އެތަނުން އެކަކު ބުންޏެވެ.
''މަށަކަށް ނުކެރޭނެ ފިލައިގެން ދާކަށް..'' އެވެސް އެކެއްގެ ޖަވާބެކެވެ.
''އަނެއްކާ މިތަނުން ކިހާ ލާރި ލިބޭ.. ރަށްރަށަށް ގޮސް ވަކި ކޮންކަމެއް ވާނީ؟'' އެވެސް ޚިޔާލެކެވެ.
'' އައްޑުއަތޮޅުގަ ހުރި މަގޭ ރައްޓެހިމީހާ ބުނި، އޭނަ އެ އަތޮޅުގެ ރަށެއްގަ ދަނޑުބަލަހައްޓަނީއޯ..މިތަނުން މިލިބޭ ވަރަށް ލާރިވެސް ލިބެޔޯ..އަނެއްކާ އެމީހުން ވަރަށް ގަދައަށް ކާންވެސް ދެޔޯ..'' ކުރިން ވާހަކަދެއްކި މީހާ ބުންޏެވެ.
''އަހަރެން ކަންބޮޑުވަނީ ކަލޭމެން ދޫކޮށްފަ މަ ދާން ޖެހޭތީ... މަ ރާއްޖޭގައި އުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެތާ.. އަނެއްކޮޅުން މަގޭ މަންމަ ބުނި އެކޮޅުގެ ކަންތައްވެސް މިހާރު ހަމައަކަށް އެޅިއްޖެޔޯ..އެހެންވީމަ މަ ދެން ދާނީ މަގޭ ޤައުމަށް..'' ރާޖޫ އަދިވެސް އިނީ އިސްޖަހައިގެންނެވެ.
ރާޖޫ އިސްދަށަށް ޖަހައިގެން އިނީ އަހަންނަށް އޭނާގެ މޫނު ނުދައްކަންހެން އަހަންނަށް ވަރަށް ހީވިއެވެ.
''ކަލޭގެ ބޮޑު ސިންގާ ދަނޑެއްވެސް އެބަ އޮތެއްނު.. އެތަނުންވެސް ކަލެއަށް މިހާރު ފައިދާވާނެ.. ދެން ކީއްކުރަން މިތާ ހުންނަންވީވެސް.. މަ ނަމަވެސް ދާނަން..'' ރާޖޫއަށް ރައްދު އައެވެ.
''އަހަންނަށް މައްސަލައަކީ އެންމެ މައްސަލައެއް.. ކަލޭމެން ދޫކޮށްފަ މިތަނުން ދާން ޖެހުން.. ކޮންމެ މީހަކީވެސް ދާން ޖެހޭނެމީހެއް.. އެކަން މިއަދުވެސް މި އެނގިގެން ދިޔައީ....
އަހަރެންވެސް މިތަނަށް އަލަށް އައިސްގެން އުޅުނު އިރު ވަރަށް ގިނަ ތަކުލީފުތަކެއް އުފުލިން.. ވަރަށް ގިނަ ފަހަރު އަނިޔާވެސް ލިބުނު.. އެކިކަންކަމާ ހުރެ... އެހުރިހާ ވާހަކަތަކަކީ މިހެން ކިޔާދެވޭނެ ވާހަކަތަކެއް ނޫން.. ކަލޭމެންނަށް މިހާރު އުޅެން އެނގޭނެ.. އެކަމަކު ކަލޭމެންނަށްވުރެ ރާއްޖޭގައި އުޅޭތާ ގިނަ ދުވަސްވީ މަށަށްވީމަ... މަ ކަންބޮޑުވަނީ...'' ރާޖޫ ފުންނޭވާއެއް ބޭރުކޮށްލިއެވެ.
''މިތަނުން އެންމެ ތަޖުރިބާ މަދު އަދި އެންމެ ޅަ މީހަކަށް މިހިރީ ޓޮރިކުލް.. އޭނައަށްވުރެ ކަލޭމެންގެ ވިސްނުންވެސް ރަގަޅުވާނެ.. މަ މި ދައްކާވާހަކަ ކަލޭމެން ރަގަޅަށް އަޑު އަހާ...
މަސައްކަތްކުރަން ކެރިއްޖެއްޔާ ކިތަންމެ ފައިސާއެއްވެސް ކަލޭމެންނަށް ލިބިދާނެ...ކެރުން މުހިންމީ...އަހަރެމެން ބޭރުމީހުންނޭ ކިޔާފަ ބޮޑެތި ގޮންޖެހުންތައްވެސް އަންނާނެ..އެކަމަށް ކެރިގެން ކުރިމަތިލައިފިއްޔާ އެ ނިމުނީ.. ކާމިޔާބުވާނެ.. ޔަޤީން..
މަދު ދުވަސްކޮޅެއް ތެރޭ ގިނަ ފައިސާ އާއިއެކީ ކަލޭމެން ޤައުމަށްދާން ބޭނުންނަމަ ކިތަންމެ ބައިވަރު މަސައްކަތްތަކެއްވެސް މި މާލެއިން އެކަނިވެސް އެބަހުރި ލިބެން.. ރަށްރަށަށް ނުދިޔަޔަސް...
ފުރަތަމަ ގޭތެރެއިން ފަށަމާ.. ކުނިއުކާލުން...މަހަކު ސަތޭކަ ރުފިޔާ ލިބޭނެ..ކިތައް ގެއިން ކަލޭމެންނަށް އެ ފުރުސަތު ލިބޭނެ؟؟ މާލޭގަ ތިބީ އެކަކުވެސް ބޭނުން ނުވާނެ ކުނި އުކާލަން ދާކަށް.. އެއަށްވުރެ ބިޒީ، ކަންނެތް ބައެއް ދިވެހިންނަކީ... މިސާލަކަށް މި ބްލޮކް....ކިތައް ގެ؟ ބަލާލަ.. މަހަކު ކިތައް ރުފިޔާތޯ ލިބެނީ... ދެން ކުނި ކޮށި.. ކަލޭމެންނަށް އެތަނުން އެއްޗެހި ހޮވައިގެންވެސް ވިއްކިދާނެ.. ހަމަ އެހެންމެ ނީލަން ފިހާރައިގަވެސް އަހަރެންމެންނަށް ޖާގަ އެބައޮތް... ކާރު ދޮވުން، ސައިކަލް ފޮހުން، މާރުކޭޓު ގޮޅިތައް، މަސްމާރުކޭޓު، ދޯނިތައް ބެލެހެއްޓުން، ސެކިޔުރިޓީ ބެހެއްޓުން، ކެންޓީންތައް، ބަދިގެތައް.. ފިހާރަތައް...މިހިރީ ހައްތަހާވެސް ލާރި ލިބޭނެ ތަންތަން..''
ރާޖޫ އަހަރެމެންނާއި ދިމާލަށް ބަލާލިއެވެ. ކޮންމެ މީހެއްގެ މޫނަށް ވަކި ވަކިންނެވެ.
''މިނޫން އެތައްކަމެއްވެސް.. މަށަށް މި ލިސްޓު ކިޔާދޭން އިނދެވިދާނެ މިރޭ ހުސްވެ މާދަން އަންނަންދެންވެސް... ކަލޭމެން ނިންމާ ދާނެތަނަކާ ކުރާނެކަމެއް..
''އެކަމަކު ވިސްނާތި..މި މާލޭގަ މިހާރު އަހަރެމެންނާއި ދެކޮޅަށްވެސް މީހުން އުޅޭ... ދެކޮޅުވަނީ ވަކި ކަމެއް ވެގެންނެއް ނޫން.. އަހަރެމެންގެ މައްސަލަތަކެއްވެސް ކޮންމެވެސް ވަރަކަށް އެބަހުރި.. އެކަމަކު ގިނައީ އެމީހުންގެ މައްސަލަތައް.. ބައިސްކަލްގަ ދާއިރު ކޮއްޕާ ވައްޓާލުމާއި، އަތުގަ ހުންނަ ލާރިކޮޅު ފޭރުމާ، ކަޓަރު އެޅުމާއި، މިކަންތައްތައް މިއީ މިތަނުގަ އާންމުކަންތައް.. ވީހާވެސް ރައްކާތެރިކަމާއިއެކު އުޅެން ޖެހޭނީ.. ކަލޭމެންނަށްވެސް އެނގޭނެ.. އިހަކަށް ދުވަހު ހަތަރު މީހެއްގެ ގައިގަ ކަޓަރު އެޅީ.. އަހަރެންމެންގެ ޤައުމުގެ... އަހަރެމެންނާއި އަވައްޓެހި ޤައުމުތަކުގެ...އެކަކު ސެކިޔުރިޓީ ބަލަހައްޓަން އިންދާ، އަނެކަކު ބައިސްކަލުގަ އަންނަނިކޮށް، މިއީ ވިސްނާލަން ޖެހޭ ކަންތައްތައް.. މިތަނުގަ އުޅެން އަސްލު ވަރަށް ނުރައްކާ.. އެކަން އެެނގޭ އެމްބަސީތަކަށްވެސް..އެކަމަކު އެމީހުން ކައިރީ ބުންޏަސްކުރާނެ މާބޮޑުކަމެއް ނެތް.. ކުރެވޭނެ ކަމެއްވެސް..''
ރާޖޫ ވާހަކަދައްކަމުންދިޔައިރު އަހަރެން އިނީ ބޯ އަނބުރައިގެންފައެވެ. ބޮސްމަރުވުމާއި، ރާޖޫ ދާން އުޅޭކަމުގެ ޚަބަރަކީ އަހަންނަށް ތަޙައްމަލް ކުރަން އެހާ ފަސޭހަ ކަންތައްތަކެއް ނޫނެވެ.
މާގިނަ އިރެއްނުވެ ތެދުވެގެން ދުއްވައިގަނެވިއްޖެއެވެ. ހޮޑުލެވުނު އަދަދެއްވެސް ނޭންގެއެވެ.
''މިހާރު އޭނަ ރަގަޅު..އަރާމްކޮށްލަންވާނެ ދެތިން ދުވަހަށް..''
ހޭލެވުނު އިރު އޮވެވުނީ ހޮސްޕިޓަލުގައެވެ.
އެކަނި އުޅެވޭވަރަށްވުރެ އަހަރެންގެ ގައިގެ ބާރުދެރައެވެ. ނުރައްކާތެރި ބައްޔެއް ޖެހުނީއެއްނޫނެވެ. ހިތްދަތިވަނީއެވެ.
ރާޖޫއާއި ގޭގައި އުޅޭ އެހެން އެންމެންވެސް އަހަންނަށް ނަސޭހަތްދިނެވެ. ދިން ނަސޭހަތްތަކުގެ އަދަދެއްވެސް ބުނަން ނޭންގޭވަރަށެވެ.
މަންމަވެސް ވަރަށް ގިނައިން މި ދުވަސްވަރުގުޅާ ހަދައެވެ. މިކަމުން ލިބުނު ހިތްވަރާއިއެކު ކެރިގެން ކަންތައްތަކާއި ކުރިމަތިލާން ފެށީމެވެ.
ނަމާދުކޮށް ދުޢާކުރަންފެށީމެވެ. ޤުރުއާން ކިޔެވުމުގައި ގިނަވަގުތު އިންނާތީ ބޭކާރު ޚިޔާލުތަކުން ދުރުވެ، އަމިއްލަ ނަފްސަށްވެސް އޮންނަ އިތުބާރުބޮޑުވާން ފެށިއެވެ.
ރާޖޫ ފުރައިފިއެވެ. އޭރުވެސް އަހަރެން އުޅެމުންދިޔައީ ކުރިން އުޅުނު ވަޒީފާގައެވެ. އަދި ހުސްވަގުތު ތަކުގައި ކާރު ފޮހުމުގެ މަސައްކަތްވެސް ކުރަމުންދިޔައީމެވެ.
މައިންބަފައިންނަށް އަހަރެންގެ ސަބަބުން ގިނަ ގުނަ މަންފާތަކެއް ލިބޭކަމުގެ ހިތްހަމަޖެހުމާއި އެކުގައެވެ.
ރާޖޫ ފުރިތާ މާގިނަ ދުވަހެއްނުވެ















ވަރަށް ކިޔާހިތްވާ ވާހަކަ އެއްމީ!! ހަތަރުވަނަ ބަޔަށްފަހު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ވާހަކައިގެ ކުރިއަށް އޮތްބައި ނިކުމެފަ އިންތޯބަލަން… ވަރަށް އިންތިޒާރުގަ އިންދާ ތި އަޕްލޯޑް ކޮށްދިނީ!! ތަންކޮޅެއް އަވަސް އަވަހަށް ވާހަކަ އަޕްލޯޑް ކޮއްލަދީފިއްޔާ ވަރަށް ރަނގަޅު!!
ވަރަށް ރީތި ވާހަކައެއް އވަހަށް އަނެއްބައި އަޕްލޯޑުކޮށްދެއްވާ….ޖަޒާކައްލާ..