ވާހަކަ

އެއީ ޖިންނިތަކެއްބާ! ނޫން.... އެއީ ހަމަ ޖަލުގައި ބަންދުކުރެވިފައިވާ އަސީރުންތަކެއް

ޖޯޑަންގައި ބިމުއަޑިގައި ހަދާފައިވާ ސިއްރު ޖަލަކުން، އަޚް އަބޫ މުހަންމަދު އަލް މިސްރީއާއި އަޚް އަބޫ ޞާލިޙަށް ފެނިފައިވާ މިކަންތައްތައް ވަރަށް ތެދުވެރިކަމާއި އެކު ކިޔާދޭނަމެވެ.

އެމީހުން (ޖޯރޑަންގެ އަނިޔާވެރި ސިފައިން) އަށް އޮޅިގެން އަބޫ ޞާލިޙް ޖިންނިތަކެއް ފަދަ ބަޔަކު ތިބި ތަނަކަށް ވެއްދުނެވެ. އެތަން ސިފަކުރެވުނީ އަނދިރިވެ ނުތަނަވަސްވެގެންވާ ޖަހަންނަމައެއް ފަދައިންނެވެ. ނުވަތަ ޖިންނީންގެ ގެއެއް ގޮތުގައެވެ. ނުވަތަ ކުނިއަޅާތަނެއް ނުވަތަ ނަޖިސްވަޅުގަނޑެއް ފަދަ ތަނެއް ގޮތުގައެވެ. މުހިއްމު ނުކުތާއަކީ އެތަނަކީ އިންސާނަކު ދިރިއުޅޭނޭ ފަދަ ތަނަކަށް ނުވާކަމެވެ.

އެތަނުގައި، ގުޅަކެރުވިގެން އިށީނދެގެން ތިބި ބަޔަކު ތިއްބެވެ. އެމީހުންގެ ގައިގައި، ޖިންސީ ގުނަވަން ނިވާ ކުރުމަށް އަޅާފައިވާ އެއްޗެއް ފިޔަވާ އެހެން އެއްޗެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑު އެހާމެ ދިގުވެފައިވެއެވެ. އެމީހުންގެ ނިޔަފަތިތައް ހީވަނީ ވަލު ޖަނަވާރުތަކެއްގެ ނިޔަފަތިތަކެއް ހެންނެވެ. އެތަނަށް ފެތުރިފައިވާ އެންމެ ނުބައި ވަހަކީ މުޅަ މަސްވަހެވެ. އެ ޖަލުބެލެއްހެއްޓުމަށް ފާރަވެރިއަކު ހަތިޔާރާއެކު އެތަނުގައި ހުއްޓެވެ. އޭނާ ވެސް ހުރީ އެތަނުން ދުވާ ނުބައިވަހުން އޭނަޔަށް އުނދަގޫ ނުވާހާ ދުރުގައެވެ.

އަބޫ މުޙައްމަދު ކިޔާދިނެވެ. ”އަހަރެންނަށް އެތަނުގައި ތިބި މީހުން ފެނުމާއެކު ބިރުން ގޮސް އަހަރެންގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. އަދި އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. އަހަރެންގެ ހިތަށް ވެރިކުރުވި ބުނެދޭން ނޭނގޭ ނާމާން ބިރުވެރިކަމެއްގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަންތައް ބުރިބުރިވެ ވަކިވި ކަހަލައެވެ. ޖަލު ބަލަހައްޓާ މީހާ އެމީހުން ގާތުގައި އަހަރެން ބޭންދިއެވެ. ވަރަށް ބިރުން އިނދެ އަހަރެން އެމީހުންނާއި ދިމާލަށް ކުޑަކޮށް މޫނު އަނބުރާލާފައި އެމީހުންނާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. އެމީހުން އަހަރެންގެ ވާހަކައަށް ޖަވާބެއް ނުދިނެވެ.

އެޖަލުގެ ތެރެއަށް ފުން ހަމަހިމޭންކަން ވެރިވެފައިވެއެވެ. އެމީހުން ވެސް ތިބީ ހިލަގަނޑުތަކެއް ހެން ގާވެފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ.“

މިގޮތުގައި އިރުގަނޑެއް ފާއިތު ވުމަށްފަހު އޭނާ އެތަނުން ނެރެވުނެވެ. އޭނާ އެތަނަށް ވެއްދުނީ އޮޅުމަކުންކަން، މިހިސާބުން އޭނާ އަށް ސާފުވެ އެނގުނެވެ. އެތަނުގައި ފެނިދިޔަ ކަންތައްތަކަކީ މަހުޝަރު ދުވަހުގެ ބިރުވެރިކަމެއް ނޫންކަން، ނުވަތަ އޭނާ އޮވެވުނީ ކޯމާއެއްގައި ނޫންކަން، އަދި އެއީ ފެނުނު ބިރުވެރި ހުވަފެނެއް ނޫންކަން ވެސް އެނގުނެވެ. އަދިކީއްހެއްޔެވެ އެތަނުގައި އޭނާ ދުށް މީހުންނަކީ ހަމަ އޭނާގެ މުސްލިމު އަޚުންކަން ވެސް އެނގުނެވެ. އޭނާއަށް އެއަޚުން ފެނުނީ އެ ސިއްރު ބިންގަރާހުގެ ޖަލުގައި އެފަދައިން އަނިޔާވެރިކަމުގެ ޙާލަތުގައި ވިހި އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވީ ފަހުންނެވެ. އަދި އެދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ވެސް އެ ނިކަމެތި އަޚުން ތިބީ ހަމަ އެއަނިޔާވެރިކަމުގައެވެ. މިހުރިހާ ދުވަސް އެމީހުން ހޭދަކުރަމުންގެންދަނީ މިޙާލުގަ އެވެ.. އިރުގެ އަލިކަމެއް އެމީހުން ދުވަހަކުވެސް ނުދެކެއެވެ. ވާހަކަ ދައްކާކަށް އެމީހުން ނުދަނެއެވެ. ނޫނެކެވެ. ނޫނެކެވެ. ނޫނެކެވެ. އެއްވެސް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. ދިރިތިބި ގަބުރުތަކެއްފަދަ ބައެއްގެ ގޮތުގަ އެވެ.

މަޞްދަރު: ”ދަ އަންޑެޑް ވޯރިއާރސް“ މިފޮތުގެ ސޮފްހާ ނަންބަރު 30
ދިވެހި ތަރުޖަމާ: ކްލިކް4އިސްލާމް.ކޮމް

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް ރީތި

  2. ވަރަށް ކަޑަ މި ވާހަކަ

Your email address will not be published. Required fields are marked *

More in ވާހަކަ