ރިޕޯޓް

ފެތުރިފައިވާ މޫތައް (2)

ލަފްޒީގޮތުން ޢަޤީދާގެ މާނައަކީ އުޞޫލްތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޤަބޫލުކުރުމުގެ ކޮންމެ ނިޒާމެކެވެ. އިސްލާމީ ޢަޤީދާގައި މި އުޞޫލުތައް ގުޅިފައިވަނީ އަލްޚާލިޤް ނުވަތަ ﷲތަޢާލާއާއި ނަބިއްޔުންގެ ނަބީކަމާ އަދި އެބޭކަލުން ޣައިބާމެދު ދެއްވާފައިވާ އެކި އެކި ޚަބަރުތަކާއިއެވެ. ﷲތަޢާލާއާއި ގުޅިފައިވާ ޤަބޫލުކުރުންތަކުގައި އެކަލާނގެ ޒާތުފުޅާއި، ސިފަސުޅުތަކާއި، ފިޢުލުފުޅުތައް ހިމެނެއެވެ. ޣައިބުގެ މާނައިގެ ތެރޭގައި ޚަލްޤުކުރެއްވުން ފެއްޓެވިގޮތާއި، މަލާއިކަތުންގެ  ޢާލަމާއި، ފޮތްތަކަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުން ފަދަ މައުޟޫޢުތައް ހިމެނެއެވެ.

ވަރަށް ޚާއްޞަ ޢަޤީދާއް:

މި އިސްލާމީ ޢާޤީދާ ޚާއްޞަ ވެގެން ދަނީ، މި ޢަޤީދާގެ ސާފުކަމަށްޓަކައެވެ. އެއްވެސްކަހަލަ އޮޅުންއެރުމެއް އޮޅުން އެރުވުމެއް ނެތި ހޯދާމީހަކަށް ސާފުކޮށް ފެންނާނެހެން އޮތުމެވެ. މިޢާލަމް ތަކުގައިވާ  ކޮންމެ އެއްޗެއްމެ ވަކި މިންވަރުކުރެއްވުމަކުން މިންވަރުކުރެވުމެވެ. ނިކަން ކަވި އެހާމެ ބުގިސް ހިމުން ނިޒާމު ތަކަކާއެކު ނެތުމުގެ ތެރޭން، މިޢާލަމްތައް އުފެއްދެވުމެވެ.  އަދި އެ ތަކެތި  އުފެދި ބޮޑުވެ ނެތި ފަނާވުމުގައިވާ އިންތިޒާމުތައް ލައްވައި  ފުށުއެރުމެއްނެތި ބަރާބަރަށް އެކަންކަން  ހިންގަވަނީ، އަޅުކަންވެވުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތްކަމުގައިވާ  އެއްކައުވަންތަ އިލާހުކަން ފިސާރި ސާދާކޮށް ބަޔާންކޮށްދެއެވެ. އެ ކަލާނގެއާއެކު މިއުލޫހިއްޔަތުގައި އެއްވެސްބައިވެރިޔަކުނުވާކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއެވެ. މިޢަޤީދާ އޭގެ ޒާތުގައި ސާފުވެފައި ވާކަމަށްޓަކައި މިޢަޤީދާގެ އަހުލުވެރިންގެ ކިބައިން އެދެވިގެންވަނީ ކަނު ތަބާވުމަކުން މި ޢަޤިދާއާ ތަބާނުވުމަމަށެވެ. އެއާޚިލާފަށް ރަނގަޅަށް އެނގިތިބެ ޢަޤީދާ ރަނގަޅަށް ފިލާތިބެގެން އެކި އެކި މައްސަލަތަކާމެދު ވާރިދުވެފައިވާ ދަލީލުތަކަށް ރޯފިލައިތިބެގެން ތަބާވުމަށެވެ.

މި އިސްލާމީ ޢަޤީދާ ޚާއްޞަ ވެގެން ދަނީ، އޭގެ ފިޠްރިއްޔަތަށްޓަކައެވެ. އިސްލާމީ ޢަޤީދާ ފިޠްރަތާ ޚިލާފު ކޮންމެ ފިކުރަކާ އިދިކީލި ވެގެންދެއެވެ. އެ ޢަޤީދާއާއި ފިޠުރަތާ ފައިހަމަ ކުރަމުން ދަނީ އެއްހަމަ އެއްގައެވެ. މިހެންނުވާންވީ ކީއްވެގެންތޯއެވެ. ފިޠްރަތަކީ އިންސާނާގެ ސިފައެކެވެ. އަދި މި ޢަޤީދާ ހަތްއުޑުމަތިން ބާވާލެއްވީވެސް ހަމަ އެއީންސާނާ އުފެއްދެވި ޚާލިޤުވަންތަ މާތް ﷲ އެވެ. ނަމާދާއި، ކައިވެންޏާއި، ވިޔަފާރިފަދަ ޢަޤީދާގެ އަސަރުން ފާޅުވެގެންދާ ކަންތައްތަކަށާއި، ޢަޛާބަށް ބިރުވެތިވުމާއި، ރަޙްމަތަށް އެދުންވެރިވުމާއި، ލޯބިވެތިވުން ފަދަ ޢަޤީދާގެ އެތެރޭގެ އަސަރުތައްފަދަ ޙައްޤަށްތަބާ ވުމުގެ ހުރިހާ މަގުމަގަކީވެސް ހަމަ މި އިންސާނާ އެމަގުމަގުން ހިނގުމަށް ނިހާޔަތަށް ބޭނުންޖެހިފައިވާ މަގުމަގެވެ. އާދޭހެވެ. ޙައްޤު އިސްކުރުމާއި ޙައްޤަށް ލޯބިކުރުމުގެ ބާރު އަޅުގަނޑުމެން އިންސާނުންގެ ހިތުގައި ނުވޭތޯއެވެ. އާދޭހެވެ. ވެއެވެ.  ކޮންމެ ކުއްޖަކުމެ އުފަންވަނީ ފިޠުރަތުގެ ގޮތްމަތީގައިކަން މި ޢަޤީދާ ކަށަވަރު ކޮށްދެނީ، މި ދެންނިވި މަގުންނެވެ.

މި އިސްލާމީ ޢާޤީދާ ޚާއްޞަ ވެގެން ދަނީ، އޭގައިވާ ނިކަން ސާބިތުކަމާއެކީ އަބަދަށް ދާއިމުވުމުގެ ޤާބިލްކަމަށްޓަކައެވެ. އެހެނީ މި ޢަޤީދާގެ އަހުލުވެރިން އީމާންވާ އިލާހަކީ، އެއިލާހެއްގެ ބަސްފުޅުތަށް ބަދަލުވެގެންދާނެ އިލާހެއްނޫނެވެ. މިޢަޤީދާ ކިއެއްތޯއެވެ، މި ޢަޤީދާގެ މަސްދަރުތަކާއި އަސްލުތަކާއެކު ވަނީ ރައްކާތެރިކުރެއްވިގެންނެވެ. އެއްވެސް އިތުރުކުރުމުމަކަށް ޖާގައެއް ނެތްފަދައަކުން އިންޖެހެވިގެން އަދި އެއްވެސް އުނިކުރުމަކަށް ޖާގައެއްނެތްފަދައަކުން ފުރިހަމަ ކުރެއްވިގެންވެ އެވެ.  އެއްވެސް ލޮޅުމެއް ނާރާނެހެން، ގުޑުމެއް ނުގުޑާނެހެން މި ޢަޤީދާވަނީ ސާބިތުކުރެއްވިފައެވެ. އެންމެ ކުޑަމިނުން މި ޢަޤީދާގެ ޢިލްމުގެ އަހުލުވެރިއަކަސް، އެއްވެސް ޙާކިމަކަށް އެއްވެސް އެކަޑަމީއަކަށް އެއްވެސް ނަދުވާއަކަށް މި ޢަޤިދާއަށް ބަދަލު ގެނައުމުގެ ޤާބިލްކަން ލިބިފައެއްނުވެއެވެ. ބަދަލަކަށް އެދި ކުރެވޭ ދަޢުވާއެއްވާނީ ރައްދުވެގެންވާ އެއްޗެއްކަމުގައެވެ. އެހެނީ މި ޢަޤީދާގެ ތެރެއަށް އަލަށް ކަމެއް އިތުރުކުމުގެ ދަޢުވާވެސް ކުރެވެން އަންނަނީ މި ޢަޤީދާގެ އަހުލުވެރިކަމުން ބޭރުވެ ހުރެގެންނެވެ.

މަޢުލޫމާތު:
1. ޢަބްދުއްރަޙްމާން ބުން ނާޞިރުއްސަޢްދީ. ތައިސީރުލް ކަރީމުއް ރަޙްމާން ފީ ތަފްސީރި ކަލާމިލް މަންނާން. (ބައިރޫތު). އައްރިސާލާ ޕަބްލިޝަރސް (2005)

2. އަޙްމަދު އިބްނު ޙަންބަލް. އަލްޢަޤީދާ. ދިމިޝްޤު. ދާރުޤުތައިބާ (1408.ހ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް