އެމެރިކާ

އެމެރިކާއިން އަފްޢާނިސްތާނުގައި ކުރިއަށް ގެންދާ ހަނގުރާމައަށް އޮތް ތާއީދު އިތުރަށް ދަށަށް

އެމެރިކާއިން އަފްޢާނިސްތާނުގައި ކުރިއަށް ގެންދާ ހަނގުރާމައަށް އޮތް ތާއީދި އިތުރަށް ދަށަށް ގޮސްފައިވާކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

ދާދިފަހުން ނިޔުޔޯކްޓައިމްސް އާއި ސީބީއެސް އިން ނެގި ޕޯލް އަކުން ދައްކާ ގޮތުގައި އެމެރިކާއިން އަފްޢާނިސްތާނުގައި ކުރިއަށް ގެންދާ ހަނގުރާމައަށް އޮތް ތާޢީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. މިސާރވޭއިން ދައްކާ ގޮތުގައި 69 އިންސައްތަ މީހުން ޤަބޫލު ކުރާގޮތުގައި އެމެރިކާއިން އަފްޢާން ހަނގުރާމާއިގައި ބައިވެރިވާން ނުޖެހޭ ނެއެވެ. މީގެ ހަތަރު މަސް ކުރިން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި މިފަދައިން ދެކޭ މީހުންގެ އިންސައްތައަކީ 53 އެކެވެ.

އެމެރިކާއިން އިސްވެ އޮވެ އަފްޢާނިސްތާންގައި ފަށާފައިވާ ހަނގުރާމަ އާއ މެދު އެމެރިކާގެ އާންމުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެމެރިކާގެ ސިފައިންނަށް އަފްޢާނިސްތާނުގައި ދަނީ އެތައް ގެއްލުންތަކެއް ލިބެމުންނެވެ.  މިސާރވޭގައި އަފްޢާން ހަނގުރާމައާއި ބެހޭގޮތުން ސުވާލުކުރަމުން 68 އިންސައްތަ މީހުން ބުނާގޮތުގައި ކަންތައް ހިނގަނީ ވަރަށް ގޯސްކޮށެވެ. ހަމަ މިސުވާލު މިދިޔަ ނޮވެމްބަރު މަހު ކުރުމުން 42 އިންސައްތަ މީހުން އެހަނގުރާމައާއި މެދު ކަންބޮޑުވާކަން ފާޅުކޮށްފައިވެއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި އަފްޢާނިސްތާން ހަނގުރާމައާއި މެދު އާންމުންގެ ތެރޭގައި ޚިޔާލު ތަފާތުވެފައިވާކަން މިސާރވޭއިން ދައްކައެވެ. އެންމެފަހުން ނެގި ސާރވޭ ނަގާފައިވަނީ މާރޗް 21 އާއި 25 އާއި ދެމެދުގައެވެ.

އެމެރިކާއިން ކުރިއަށް ގެންދާ މިފަދަ ހަނގުރާމަތަކާޢި މެދު އެމެރިކާގެ އާންމުންގެ މެދުގައި ޚިޔާލުތަފާތުވެފައިވާއިރުވެސް އެމެރިކާގެ ކޮންމެ ސަރުކާރަކުން ވެސް ދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހަންފެތުރުމަށް މަސައްކަތް ކުރަމުންނެވެ.

 

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *