ތަޖުވީދު ޢިލްމުގައި ތަންވީނަކީ ކިޔުމުގައި އޮންނަ ލިޔުމުގައި ނެތް ސުކުންވެގެންވާ "ނޫން" އެކެވެ. މި އުސޫލުން ޑިމޮކްރަސީ އަކީ ކިޔުމުގައި އޮންނަ، އަދި ލިޔުމުގައިވެސް އޮންނަ، ޢަމަލުގައި ނުވާ ބިލާހެކެވެ.
ޑިމޮކްރަސީގެ ތަޢުރީފުގައި ވާގޮތުން މި ނިޒާމަކީ އަޣުލަބިއްޔަތަށް ކަންކަން ނިންމުމުގެ ނިޒާމެކެވެ. މި ނިޒާމް ޕްރެކްޓިސް ކުރުމަށް އެންމެ އަޑުހަރުކޮށް ގޮވާލާ ފަރާތަކީ އދ. ޖަމިއްޔާއެވެ. ސުވާލަކީ އދ. ގައި ޑިމޮކްރަސީ އަށް ޢަމަލު ކުރޭތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އދ. އަކީ ޑިމޮކްރަސީ އާއި މުޅީން ޚިލާފަށް ޢަމަލު ކުރަމުންދާ ޖަމިއްޔާއެކެވެ. އެހެނީ އެއީ 10 ޤައުމަކުން ބުރަވާ ގޮތްވެސް އެންމެ ޤައުމަކަށް ވީޓޯ ކުރުމުގެ ބާރު ދޭ ޖަމިއްޔާއެކެވެ. ދާއިމީ މެމްބަރު ފަސް ޤައުމުގެ ތެރެއިން އެންމެ ޤައުމަކުން ކަމަކާ ދެކޮޅުހެދިޔަސް ދެންތިބި ހުރިހާ ޤައުމެއްގެ ނިންމުން ޤުރުބާންކުރުމީ އަޣުލަބިއްޔަތައް ތަބާނުވުމެވެ. މިއީ ކުރިން ދެންނެވިހެން ކިޔުމުގައި ވެފައި، ޢަމަލުގައި ނުވާ ޑިމޮކްރަސީގެ މިސާލެކެވެ.
އދ. ޖަމްޢިއްޔާގެ އިތުރުން ދުނިޔޭގައި ޑިމޮކްރަސީގެ އަޑު އެންމެ ގަދަކުރާ ފަރާތްތަކަކީ އެމެރިކާ އާއި، ވިލާތުގެ ޤައުމުތަކުގެ އިތުރުން އިންޑިޔާއެވެ. މިއިން ކޮންމެ ޤައުމެއް ދިރާސާ ކުރިނަމަވެސް ޑިމޮކްރަސީ އާއި މުޅިން ތަޢާރުޒުވާ އެތައް ކަމެއް އަޅުގަނޑުމެންނަށް އެޤައުމުތަކުން ފެނިގެންދާނެއެވެ. ވުމާއެކު އެހުރިހާ ވާހަކައެއް ދައްކާކަށް ނެތީމެވެ.
އދ. ގެ މިސާލުން ފިލާވަޅު ލިބިގަނެ ހުޅަނގުން ދައްކާ އަވާމެންދުރަށް ދިވެހިން ހޭވެރިވެ ތިބެން ޖެހެއެވެ. ޑިމޮކްރަސީ އަކީ ބިލާހެއް ކަން ރަނގަޅަށް ހަނދާނުގައި ބިންވަޅު ނަގަން ޖެހެއެވެ. ޑިމޮކްރަސީ ކަހަލަ އަސްލެއް ނެތް ފަލްސަފާތަކަށްޓަކައި މާތްވެގެންވާ އިސްލާމްދީން ޤުރުބާން ކޮށްލައިގެން ނުވާނެއެވެ.
ހާދަ ތަނެއް ދޮރެއް ނުދަން މީހަކު ލިޔެފަވާ ސުރުހީ އެކެ
ސުރުހީީ ބުނެދިީ ބަލަ؟ސުރުހިީ ރަގަޅު…..
ކީރިތި ޤުރްއާންގެ އެއްވެސް ކަމަކުން މިޒަމާނުގެ ޑިމޮކުރަސީއަށް މިސާލެއް ނުޖެހޭނެ!
ލިޔުންތެރިޔާ މިލިޔުމުގައި ބަޔާންކޮށްދޭން މަސައްކަށް ކޮށްފައިމިވަނީ ވަރަށް ރަނގަޅު ޙަޤީޤަތެކެވެ. އެހެން ނަމަވެސް މިޘާލު ޖައްސަވާފައި އެވާ ގޮތް ހަމަ އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ.
1- ދީނީ ގޮތުން ބަލާއިރު ޝެއިޚް ޙަސަން ވިދާޅުވެފައި އެވާ ފަދައިން، ޑިމޮކްރަސީއަކީ އިސްލާމް ދީނުގެ އެއްވެސް ކަމަކާ މިޘާލު ޖަހާ އެއްގޮތް ކުރަން އަރަ ފޯދިގެންވާ އެއްޗެއް ނޫނެވެ. އެއަށްވުރެ މާ ހަޑިމުޑުދާރުވެގެންވާ ވިޔާ ނުދާ ނުބައި ނުލަފާ އެއްޗެކެވެ. ޑިމޮކްރަސީ ގޮވަނީ ކުފުރަށެވެ. އެހެނެއް ކަމަކު އިސްލާމްދީން ގޮވާލަނީ ތަވްޙީދަށެވެ.
އެހެންކަމުން އިސްލާމްދީނުގެ އެއްވެސް ކަމަކާ މިބާޠިލް ކުފުރުގެ ޑިމޮކްރަސީއާއި އެއްފަދަ ކުރުން ހުއްދަ ނުވާނެއެވެ. ﷲ ތަޢާލާގެ މަތިވެރި ކަލާމްފުޅު އުނގެނުމުގެ ޢިލްމުތަކުގެ ތެރެއިން ޢިލްމެއްގެ ކަމަކާއި މި މަގުފުރެދިފައިވާ ޑިމޮކްރަސީ ހަމަހަމަ ކުރާނީ ކިހިނެއްތޯއެވެ؟
2- ތަންވީނާއި ޑިމޮކްރަސީގެ އެއްގޮތް ބަޔާން ކުރަން ގެނެސްދީފައިވާ ތަޢާރަފްވެސް ނުބައެވެ. އެއީ ތަންވީނަކީ ކިޔުމުގައި (އެބަހީ ޢަމަލުގައި) އޮންނަ އެހެނެއް ކަމަކު ލިޔުމުގައި ނޯންނަ އެއްޗެއް ކަމަށް ބަޔާންކުރުމަށް ފަހު ޑިމޮކްރަސީއަކީ ލިޔުމުގައި އޮންނަ އެހެނެއްކަމަކު ޢަމަލުގައި ނެތް ބިލާހެއް ކަމަށް ބަޔާން ކޮށްފައިވުމުން މީގެން ވެސް ދަލީލު ކޮށްދެނީ މިދޭއްޗަކީ އެއްގޮތަކަށް ނުވެސް ގުޅޭ ތަފާތު ދޭތި ކަމެކެވެ.
އެހެންކަމުން މިލިޔުން، ދުނިޔެވީ ކޮންމެވެސް އެހެން މިޘާލަކާ އެއްގޮތަށް ބަދަލުކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ފެނޭ. ،ވައްﷲ އަޢުލަމް.
އަދި އެޑިޓޯރިއަލް އިން މިކަހަލަ ކަންތަކަށް ތަންކޮޅެއް ބޮޑަށް ސަމާލުވުމަށްވެސް އިލްތިމާސް ކުރަން.
މިފަދަ ބުރަ މަސައްކަތެއް ކުރުމުގައި ހީވާގި ކަމާއިއެކު ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރަން. ޖަޒާކުމުﷲ ޚައިރާ.