ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" ގެ ނަމުގައި އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ މާލޭގައި ހުންނަ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ 18 އަހަރުން މަތީގެ 30 ބައިވެރިންނަށެވެ. ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ޖުލައި 2025 ވާ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އޮންލައިން ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ވާންޖެހޭނެއެވެ.
މި ޕްރޮގްރާމަކީ ޢަރަބި ބަހުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.
ޚިޔާލު