ރިޕޯޓްކޮލަމިސްޓްދިއިސްލާމް

ތުއްތު ކުދިންނާއި ނުގުޅޭ ގޮތަށް ކިޔަވައިދިނުމަކީ ކޮބާ؟

އަޙްމަދިއްޔާ ޕްރީސްކޫލުން ބޭއްވި ކޮންސެޓެއްގައި ތުއްތު ކުދިން ލައްވައި ކަޕްލް ޑާންސް ކުރުވަނީ

މިއީ ސެޕްްޓެންބަރު 02، 2011 ގައި ދިއިސްލާމްގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.

**********************************************

އީޝްކޮގެ އުމުރަކީ 4 އަހަރެވެ. ކިޔަވަނީ މާލޭގެ ޕްރީސްކޫލެއްގައެވެ. އީޝްކޮމެންނަށް އާންޓީމެން ޑާންސްކުރަން ދަސްކޮށްދެއެވެ. ގާލް ކުއްޖަކާއި ބޯއި ކުއްޖަކު ކަޕްލް ޑާންސް ކުރާނެ ގޮތް ދަސްކޮށްދެއެވެ. ގާލް ކުދިންނާއި ބޯއި ކުދިން އޮޅުލާނެ ގޮތް ދަސްކޮށްދެއެވެ. މިއުޒިކް ދަސްކޮށްދެއެވެ. ލަވަ ކިޔަން ދަސްކޮށްދެއެވެ. ކޮއްކޮމެން ވަރަށް ގިނަ ކުޅިވަރު ކުޅެމެވެ. ކޮއްކޮ މެން އެކި ތަންތަނަށް ވެސް ގެންދެއެވެ. ކޮއްކޮމެން ކައިރީ އާންޓީމެން ވިދާޅުވަނީ ގާލް ކުއްޖަކާއި ބޯއި ކުއްޖަކު އަތުގުޅުވާލައިގެން ތިބެގެން ދިއުމަށެވެ.

އަދި އެނގޭތަ، އީޝްކޮމެންގެ ކޮންސެޓް ވެސް ވަރަށް ގިނައިން ބާއްވައެވެ. ކޮންސެޓް ވަރަށް މަޖަލެވެ. ކޮންސެޓްގައި ބޮޑެތި މީހުންގެ ލޯބީގެ ލަވަތަކަށް ޑާންސް ވެސް ކުރަމެވެ. ހިންދީ ލޯބީގެ ލަވަތަކަށް ވެސް ޑާންސް ކުރަމެވެ. "އެހަނދާނުގައި" ޝޯގެ ލޯބީގެ ލަވަތަކަށް ވެސް ޑާންސްކުރަމެވެ. އެ ލަވަތަކަށް ޑާންސްކުރަން ފަރިތަކުރަން ވަރަށް ގިނައިން ސްކޫލަށް ދަމެވެ. އެހެންވެ ލޯބީގެ ލަވަ ހިތުން ކިޔަން ވެސް އެނގެއެވެ. މަންމި އާއި ބައްޕި ކޮއްކޮ ކޮންސެޓަށް ވަރަށް ތިއްތި ކޮށްދެއެވެ. ކޮންސެޓްގައި އަފްޝާއްކޮ އާއި ހުރިހާ ގާލް ކުދިން ތިބެނީ ގަޔަށް ބާރު ކުރު ހެދުން ލާފައެވެ.

**********************************************

މަލްކޮގެ އުމުރަކީ 5 އަހަރެވެ. ކިޔަވަނީ މާލޭގެ ޕްރީ ސްކޫލެއްގައެވެ. ކޮއްކޮ އަށް މުދައްރިސުން ވުޟޫކުރާނެ ގޮތްދަސްކޮށްދެއެވެ. ނަމާދު ކުރާނެ ގޮތް ދަސްކޮށްދެއެވެ. ދުޢާތަކާއި ޛިކުރުތައް ދަސްކޮށްދެއެވެ. ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދެއެވެ. އިނގިރޭސި އާއި ހިސާބާއި ދިވެހި އަދި ޢަރަބި ވެސް ކިޔަވާ ދެއްވައެވެ. ޢަރަބި ބަހުން އެއްޗެއްސަށް ކިޔާ ނަންތައް ވެސް ދަސްކޮށްދެއެވެ. އިސްލާމީ ތަރުބިއްޔަތު ކިޔަވާދެއްވައެވެ. ރީތި އަޚްލާޤް ދަސްކޮށްދެއްވައެވެ.

މާތް ﷲ އަށާއި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް އަށް ލޯބިކުރަން ޖެހޭނެކަން މުދައްރިސުން ކިޔާދެއްވައެވެ. އަދި ޞަހާބީ ބޭކަލުންގެ ރީތި ވާހަކަތައް ވެސް ކިޔާދެއްވައެވެ. ބަސްއަހާ ކުދިން ދާނީ ސުވަރުގެ އަށް ކަމާއި ބަސްނާހާ ކުދިން ދާނީ ނަރަކަ އަށް ކަން ބުނެދެއްވައެވެ. ކޮއްކޮމެން ވަރަށް ގިނަ ކުޅިވަރު ކުޅެމެވެ. އެކަމަކު ޑާންސް ކުރުން ނޯވެއެވެ. ކޮއްކޮމެން ލަވަ އެއް ނުކިއަމެވެ. މިއުޒިކް ނުކުޅެމެވެ. އެއީ މަނާ ކަމަކަށްވާތީއެވެ. ކޮއްކޮމެން ކިޔަވަނީ ޤުރުއާނެވެ. ދެން ކިޔަނީ މަދަހައެވެ.

**********************************************

މިއީ މިއަދު ދިވެހި މުޖުތަމަޢުން ފެންނަމުންދާ ޙަޤީޤަތްތަކުގެ ތެރެއިން ތަފާތު ދެ މިސާލެކެވެ. އިސްލާމްދީނުގެ އުޞޫލުތަކަށް ބަލާނުލާ ތުއްތު ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދޭ ތަންތަނާއި، އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތިން ތަޢުލީމާއި ތަރުބިއްޔަތު ދޭ ތަންތަނުގެ ތަފާތު ބަޔާންކޮށްދޭ މިސާލެކެވެ.

ދާދިފަހުން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލޭގައި ބައެއް "ރަޖިސްޓްރީ ނުކުރާ" ކަމަށް ބުނާ "ޕްރީސްކޫލް" ތަކުން ތުއްތު ކުދިންނާއި ނުގުޅޭ ގޮތަށް ކިޔަވާދޭ ކަމަށް ބުނެ ބަޔަކު މީހުން އެމިނިސްޓްރީގައި މައްސަލަ ޖައްސާފައިވެއެވެ. އަދި އެކަން އެފަރާތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މިއާއެކު އުފެދޭ ސުވާލަކީ އެވިދާޅުވާ ކުދިންނާއި ނުގުޅޭ ގޮތަށް ކިޔަވާ ދިނުމަކީ ކޮބައިތޯއެވެ؟

އިސްލާމީ ރިވެތި އަޚްލާޤީ މިންގަނޑުގެ ތެރޭގައި ތުއްތު ކުދިންނަށް ކިޔަވައިދޭ މާލޭގެ ޕްރީ ސްކޫލެއްގެ އިސްބޭފުޅަކު "ދިއިސްލާމް" އަށް ވިދާޅުވި ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވަނީ ޕްރީސްކޫލް އުމުރުފުރާގައި ކުދިންނަށް ކިޔަވާދިނުމުގެ ބަދަލުގައި އެކުދިން ވަރަށް ބޮޑަށް ކުޅިވަރު ތެރޭގައި ގެންގުޅުމަށެވެ.

"ރާއްޖޭގެ ތަޢުލީމީ ދާއިރާ އޮންނަ ގޮތުން ޕްރީސްކޫލްގައި ބޮޑަށް މި އޮންނަނީ ކުޅުމަށް ފޯކަސްކޮށްފައި. ދެން ގްރޭޑް އެކަކަށް ކުއްޖާ ދާއިރު ޓަސްލާފައި މިއޮންނަނީ ކިޔެވުމުގެ ކަންތައްތައް. އެހެންވީމަ ވަރަށް އުނދަގޫވޭ." އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ އުމުރާއި ނުގުޅޭ ގޮތަށް ކިޔަވާ ދިނުން ކަމަށް އެބޭފުޅުން އެވިދާޅުވަނީ ހުރިހާ މާއްދާތަކެއް ވަކި ގޮތަކަށް ތަންކޮޅެއް ބޮޑަށް ކިޔަވާ ދޭތީ ކަމަށާއި، ދީނީ ކަންތައްތަކާއި ދުޢާތައް ފަދަ އެއްޗެހި އެކުދިންނަށް ކިޔަވާ ދެއްވާތީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ. އަދި ވިދާޅުވީ އެޑިއުކޭޝަނުން ބޭނުން ވަނީ ފޮތްތަކުގެ ތެރެއިން މަސައްކަތްތައް ޙަވާލުކޮށް ކުދިންނަށް ކިޔަވާދިނުމުގެ ބަދަލުގައި ކުޅިވަރުގެ ތެރެއިން ކިޔަވާދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭގައި ހިންގާ ޓިއުޝަން ސެންޓަރަކުން 1500 ރުފިޔާގެ ފީ އަކަށް ޔޫކޭޖީ، އެލްކޭޖީ ކުދިންނަށް އިނގިރޭސި ކޯސް ހިންގާ ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުން ނަމަ އެ ކިޔަވާ ދެނީ އުމުރާއި ނުގުޅޭ އެއްޗެހި ކަމަށެވެ.

ކުރިން ބައެއް ސްކޫލްތަކުގައި މުދައްރިސްކަން ކުރައްވާފައިވާ އަދި މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ އެއް ކަމަށްވާ އައްޝައިޚް އަޙްމަދު ސަމީރު، މުޖުތަމަޢުގެ ޢާއްމު ޙާލަތަށް އިޝާރާތްކުރައްވަމުން ވިދާޅުވީ ތުއްތު ކުދިންނަށް ކިޔަވާދޭއިރު އެންމެ މުހިންމު ކަންކަމަށް އިސްކަން ނުދޭ ކަމަށެވެ. އަދި ﷲ މަޢުރިފާކޮށް އެނގުމުގެ ކުރިން ސުޕަރމޭން، ބެޓްމޭން، ސަންތިމަރިޔަނބު ނުވަތަ ފޫޅުދިގުހަންޑި ފަދަ ޚުރާފީ ޝަޚްޞިއްޔަތްތަކުން އެކުދިންގެ ސިކުނޑި ފުރުވާލެވޭ ކަމަށެވެ. އެކުދިންނަށް ކިޔަވާދޭއިރު ﷲ އާއި ރަސޫލާގެ ލޯތްބަށް އިސްކަން ނުދެވޭ ކަމަށާއި، އީމާންކަމާއި އަޅުކަމުގެ ބިންގާ އަޅާ ނުދެވޭ ކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ.

އިތުރަށް ޝައިޚް ސަމީރު ވިދާޅުވީ ނަމާދު ކުރުމަކީ އިޚްތިޔާރީ ކަމެއް ކަމަށް ވިސްނޭ ގޮތަށް ކުޑައިރު ތަޢުލީމް ބައްޓަން ކުރެވިފައިވާ ކަމަށާއި، ނަމާދަށް ބަންގި ގޮވުމުން ވެސް ކިޔަވާ ދިނުން ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި ސެޝަން ނިމުމުން ވެސް ޖަމާޢަތުގައި ނަމާދު ނުކުރުވާ ކަމަށެވެ.

"ތަޢުލީމާއި ތަރުބިއްޔަތު އެއީ ވަކި އެއްޗެއް ކަމުގައި ވަނީ ހަދާފައި. ކުދިން ތައްޔާރު ކުރުވަނީ ދުނިޔޭގެ ޒީނަތްތެރިކަމަށް. ﷲ ގެ ރުއްސެވުން ހޯދުމަށްވުރެ ލޯބި ކުރުވަނީ މީހުންގެ މެދުގައި މަޝްހޫރުވުމަށް" ތުއްތު ކުދިންނަށް އަމާޒްކޮށް އެކުދިންގެ މިޒާޖާއި ރައްޓެހި ގޮތަށް ތަފާތު ސްކޫލްތަކުގައި ދަރުސްތައް ދެއްވަމުން ގެންދަވާ ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ތުއްތު ކުދިންނަށް ކިޔަވާދޭއިރު އެންމެ މުހިންމު ކަންކަމަށް އިސްކަން ނުދޭ ކަމަށެވެ. އަދި ﷲ މަޢުރިފާކޮށް އެނގުމުގެ ކުރިން ސުޕަރމޭން، ބެޓްމޭން، ސަންތިމަރިޔަނބު ނުވަތަ ފޫޅުދިގުހަންޑި ފަދަ ޚުރާފީ ޝަޚްޞިއްޔަތްތަކުން އެކުދިންގެ ސިކުނޑި ފުރުވާލެވޭ ކަމަށެވެ. އެކުދިންނަށް ކިޔަވާދޭއިރު ﷲ އާއި ރަސޫލާގެ ލޯތްބަށް އިސްކަން ނުދެވޭ ކަމަށާއި، އީމާންކަމާއި އަޅުކަމުގެ ބިންގާ އަޅާ ނުދެވޭ ކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ.

ތުއްތު ކުއްޖެއްގެ ބެލެނިވެރިޔަކު ބުނީ މައްސަލަ ވަރަށް ސާފު ކަމަށާއި މިނިސްޓްރީން އެ ވިދާޅުވާ ތަންތަނުގައި ދީނީ ތަރުބިއްޔަތު ދޭތީ އާއި ރިވެތި އަޚްލާޤްގެ ޖީލެއް އުފެދިދާނެތީ ބަޔަކު މީހުން ކަންބޮޑުވަނީ ކަމަށެވެ. އޭނާ ބުނީ އޭނާގެ ދަރިފުޅު ތުއްތުކުދިންނަށް ކިޔަވައިދޭ ޓިއުޝަން ސެންޓަރަކަށް ފޮނުވުމުގެ އިތުރުން ޕްރީސްކޫލަކަށް ވެސް ފޮނުވާ ކަމަށާއި ދެތަނުގެ ތަފާތު ވަރަށް ބޮޑަށް ފެނޭ ކަމަށެވެ. ޓިއުޝަން ސެންޓަރަށް ފޮނުވުމުގެ ނަތީޖާއެއްގެ ގޮތުން އެލްކޭޖީގައި އުޅޭ އެކުއްޖާ އަށް ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ލިބި ޤުރުއާނުގެ ބޮޑުބައި ދަސްވެ، ނަމާދުގައި ކިޔާ އެއްޗެއްސާއި ޛިކުރުތައް ދަސްވެފައިވާ ކަމަށެވެ. އަދި އިނގިރޭސި އާއި ދިވެހި ލިޔަން ކިޔަން އެނގި ހިސާބު ޢަދަދު އެއްކުރަން ކަނޑަން އެނގި ބައެއް އެއްޗެއްސަށް ޢަރަބިން ކިޔާ ނަން ވެސް އެނގިފައިވާ ކަމަށެވެ. މާޝާﷲ.

އޭނާ ބުނީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑަށް ހިންގާ ޕްރީސްކޫލްގައި ކިޔަވައިދޭ އެއްޗަކުން އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށާއި، އެއް ހަފްތާ ކިޔަވައިދީފިއްޔާ އަނެއް ދެ ހަފްތާގައި އޮންނަނީ ކޮންސެޓް ޕްރެކްޓިސް ނުވަތަ ސްޕޯޓްސް މީޓް ކަމަށާއި ޖެހިގެން އަންނަ ހަފްތާގައި ރެސްޓް ކުރުން ކަމަށެވެ.

އިސްލާމީ އަޚްލާޤް ކިޔަވައިދޭ ޕްރީސްކޫލެއްގައި ކިޔަވާ ތުއްތު ކުއްޖެއްގެ މަންމައަކު ބުނީ ބަޔަކު މީހުންނަށް މައްސަލަ އަކަށް ވެގެން އުޅެނީ އެފަދަ ތަންތަނުގައި ތައުޙީދު ކިޔަވާދޭތީ ކަމަށާއި އެހެންތަންތަނުގައި ބާއްވާ ފަދަ "ނާޗަރަންގީ" ގެ ކުޅިވަރު ނުކުޅުވާތީ ކަމަށެވެ. އޭނާ ބުނީ އޭނަގެ ދަރިފުޅު އެތަނަށް ދާން ލޯބިކުރާ ކަމަށާއި މުދައްރިސުން ދެކެވެސް ލޯބިވާ ކަމަށެވެ.

"ޢީދު ދުވަހު ޢީދު ނަމާދު ނިމިގެން ދަރިފުޅު ބުނީ މިއަދު މި އާދެވުނީ ރަނގަޅަކަށް ނޫނޭ ނަމާދަށް. އަޅުގަނޑު އެއީ ކީއްވެތޯ އަހާލުމުން ބުނީ ކަދުރެއް ނުކައޭ މިއާދެވުނީ. މިއީ ސްކޫލްގައި ކިޔަވައިދޭ އެއްޗެހި މާޝާ ﷲ. ޢީދު ދުވަހުގެ ކުރީގެ ދުވަހު ކުދިންނަށް ޢީދުގެ ސުންނަތްތައް ކިޔާދެއްވި. މި ސްކޫލްގައި އުޅޭ ގިނަ ކުދިންނަކީ 6 އަހަރުން ދަށުގެ ކުދިން. އެކުދިންނަށް އެނގޭ ޤުރުއާން ކިޔަވަން. ދިވެހި އަދި އިނގިރޭސި ކިޔަން. ދެން ކޮންކަމެއް ނުވެގެން މި އުޅެނީ؟ ހަމަ "ނާޗަރަންގީ" ނުކުޅުވާތީ އަދި ތައުޙީދުގެ ބިންގާ އަޅާ ދޭތީ މޭކަރަނީ" އޭނާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން އެހެން މީހަކު ބުނީ ތުއްތު ތުއްތު ކުދިންނަށް އުމުރާ ނުގުޅޭ ފާޑުފާޑުގެ އެއްޗެހި ޓީވީ ތަކުން ދެއްކުމާއި އުމުރާއި ނުގުޅޭ ލޯބީގެ ލަވަތައް ކިޔުއްވުމަކީ މާ "މޮޅު" ކަމަކަށް ބައެއް މީހުން ދެކޭ ކަމަށެވެ. އަދި ފާޑުފާޑުގެ ލޯބީގެ ހިންދީ ލަވަތައް ހިތުދަސްކުރުން މައްސަލައައް ނޫން ކަމަށާއި، ޤުރުއާން ހިތުދަސް ކުރުމަކީ އުމުރާއި ނުގުޅޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށެވެ.

"ހަޖަމް ކުރަން އުނދަގުލީ ބަޔަކަށް. ކުދިންނަށް އިސްލާމްދީން އެނގި، ދީން ދެކެ ލޯބިވާ ތަން ފެންނާތީ ބަޔަކަށް ކެތްނުވެގެން މިއުޅެނީ. ދަރިން ރޯ ބަރަހަނާކޮށް ފިރިހެން ކުދިން އަތުގައި ހިފައިގެން ނުނަށާތީ، މީ ޖެހޭ މައްސަލައަކީ. ލަވަކިޔައި ނަށަންޏާ އެއީ ދެން އެންމެ މޮޅުވީ. އެންމެ އުމުރުފުރައާ ވެސް ގުޅުނީ" ތުއްތު ކުއްޖެއްގެ މަންމައަކު ޝުޢޫރު ފާޅުކުރިއެވެ.

"ހަޖަމް ކުރަން އުނދަގުލީ ބަޔަކަށް. ކުދިންނަށް އިސްލާމްދީން އެނގި، ދީން ދެކެ ލޯބިވާ ތަން ފެންނާތީ ބަޔަކަށް ކެތްނުވެގެން މިއުޅެނީ. ދަރިން ރޯ ބަރަހަނާކޮށް ފިރިހެން ކުދިން އަތުގައި ހިފައިގެން ނުނަށާތީ، މީ ޖެހޭ މައްސަލައަކީ. ލަވަކިޔައި ނަށަންޏާ އެއީ ދެން އެންމެ މޮޅުވީ. އެންމެ އުމުރުފުރައާ ވެސް ގުޅުނީ" ތުއްތު ކުއްޖެއްގެ މަންމަ

އެހެން މީހަކު ބުނީ "ނުގުޅޭ" ގޮތަށް ކިޔަވާދިނުމަކީ އެ ކުދިންނަށް ނަމާދު ކުރަން ދަސްކޮށްދިނުމާއި ރޯދަ ހިފަނީ ކީއްކުރަން ކަން ބުނެދިނުމާއި ރިވެތި އޚްލާޤަކީ ކޮބައިކަން ދަސްކޮށްދިނުން ކަމަށް ބަޔަކު މީހުން ދެކޭ ކަމަށެވެ. އަދި ދެ ޖިންސުގެ ކުދިން މަސްހުނިކޮށްގެން މިއުޒިކް ޝޯތަކާއި ފެސްޓިވަލްތައް ބޭއްވުމާއި މިއުޒިކަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ނުބޭއްވުމަކީ "ނުގުޅޭ" ގޮތަށް ކިޔަވާ ދިނުން ކަމަށް އެފަދަ މީހުން ދެކޭ ކަމަށެވެ.

އެހެން ފަރާތަކުން ބުނީ ތުއްތު ކުދިންނާއި ނުގުޅޭ ގޮތަށް ކިޔަވާދިނުމަކީ ހުޅަނގާއި ޔޫރަޕް، އެމެރިކާ ފަދަ ތަންތަނުގައި ކިޔަވާދޭ ފާޙިޝް ކަންތައްތައް ދިވެހި މުސްލިމް ތުއްތު ކުދިންނަށް ކިޔަވާދިނުން ކަމަށެވެ.

"ވިސްނުމެއް ހުރި މީހެއް ވެއްޖެއްޔާ އެނގެން ވާނެ، އެކުދިންނަށް ހިލޭ ކިޔެވެން އޮއްވާ، އަގު ދައްކައިގެން ޢާއިލާ އަކުން 3 ނުވަތަ 4 ކުދިން އެފަދަ ރަނގަޅު ސްކޫލްތަކަށް ފޮނުވުމުގެ ސަބަބުން އެތަން ތަނުން ޖާގަ ހުސްވަނީ ހަމަ އެ ބުނާ ބެލެނިވެރިން މައްސަލަ ޖައްސަޖައްސާ ތިއްބާތަ؟ އެހެން އެވިދާޅުވާ ބެލެނިވެރިންގެ ޙަޤީޤަތް ބަލަން ވެއްޖެ" މީހަކު ޚިޔާލް ފާޅުކުރިއެވެ.

އިތުރަށް ޝުޢޫރުފާޅުކުރި މީހަކު ބުނީ ބެލެނިވެރިންނާއި ސްކޫލްތަކުގެ ޓީޗަރުން ހެވާއި ނުބައި އެނިގިތިބެ ތުއްތު ކުދިން މަގުފުރައްދަމުންދާ ކަމަށާއި ގޯސް ހަދަނީ އެފަދައިން ކަންތައްކުރައްވާ ބޭފުޅުން ކަމަށެވެ.

"ތަޢުލީމާއި ތަރުބިއްޔަތު އެއީ ވަކި އެއްޗެއް ކަމުގައި ވަނީ ހަދާފައި. ކުދިން ތައްޔާރު ކުރުވަނީ ދުނިޔޭގެ ޒީނަތްތެރިކަމަށް. ﷲ ގެ ރުއްސެވުން ހޯދުމަށްވުރެ ލޯބި ކުރުވަނީ މީހުންގެ މެދުގައި މަޝްހޫރުވުމަށް" ޝައިޚް ސަމީރު

މާލެގެ ނަން މަޝްހޫރު ބޮޑު ޕްރީސްކޫލެއް ކަމަށްވާ އަޙްމަދިއްޔާ ޕްރީސްކޫލުން މިއަހަރުގެ ތެރޭގައި ބޭއްވި ކޮންސެޓެއްގައި ތުއްތު ކުދިންނާއި ނުގުޅޭ ވަރަށް އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ގޮތްގޮތަށް އެކުދިން ލައްވާ ލަވަކިޔުއްވާ ނައްޓުވާ ޙަރަކާތްތައް ކުރުވާފައިވެއެވެ. މީގެ ވީޑިއޯތައް ވެސް އިންޓަނެޓުގައި ވަނީ ޢާއްމުވެފައެވެ. ތުއްތު އަންހެން ކުދިންނާއި ފިރިހެން ކުދިން ލައްވާ "އެހަނދާނުގައި" ޝޯގެ ލޯބީގެ ލަވަތައް ކިޔުއްވާ ޑާންސްކުރުވާފައިވެއެވެ. އަދި ހިންދީ ލޯބީގެ ލަވައަށް ވެސް ދެޖިންސްގެ ތުއްތު ކުދިން ވަރަށް ގައިގޯޅިކޮށް އޮޅުލާހަދާ ކަޕްލް ޑާންސް ކުރުވާފައިވެއެވެ.

އަޙްމަދިއްޔާ ޕްރީސްކޫލުން ބޭއްވި ކޮންސެޓެއްގައި ތުއްތު ކުދިން ލައްވައި ކަޕްލް ޑާންސް ކުރުވަނީ

"ހަމައެކަނި ލޯބީގެ ނެށުން އެކަންޏެއް ނޫން. ކިޔަވާދިނުމުގެ ފެންވަރުވެސް އެހާ ދަށް" ޢާއްމުކޮށް އިސްލާމީ މިންގަނޑަށް ބަލާނުލާ ހިންގާ ބޮޑު ޕްރީސްކޫލްތަކަށް އަމާޒްކޮށް ތުއްތު ކުއްޖެއްގެ މަންމަ އަކު ބުންޏެވެ.

ތުއްތު ކުދިންނަށް ކިޔަވާދޭ ޕްރީސްކޫލްތަކުން ދަސްކޮށްދޭ މިއުޒިކާއި ލަވަކިއުމާއި ދެޖިންސުގެ ކުދިން ގައިގޯޅިވެ އޮޅުލާ ބައްދާ ކަޕްލް ޑާންސްކުރުން ފަދަ ނުބައި ކަންކަމުން އެކުދިން ދުރުހެލިކުރަން ޖެހޭ ފަދައިން، ގޭތެރޭގައި ވެސް މައިންބަފައިން މިފަދަ ކަންކަމަށް ސަމާލުކަންދޭން ޖެހެއެވެ. ތުއްތު ކުދިންނަށް މިއުޒިކް ހިމެނޭ އެއްޗެހި ދެއްކުމާމެދު އައްޝައިޚް މުޙައްމަދު މޫސާ އާއި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައި ވަނީ މިއުޒިކަކީ ޙަރާމް ކަމަކަށް ވާތީ އެފަދަ އެއްޗެހި ކުދިންނަށް ދެއްކުން ފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.

"ކުޑަކުދިންނަށް އަކުރު ދަސްކޮށްދިނުމަށްޓަކައި ހަދާފައި ހުންނަ ބައެއް ވީޑިއޯ ތަކުގައި ފަހަކަށް އައިސް މިއުޒިކް ވެސް އެބަހުރޭ އޭގެ ތެރެއަށް ލާފައި. ކުޑަކުދިންނަކީ ވަރަށް ފަސޭހައިން ކަންތައްތައް ކޮޕީ ކުރާ ބައެއް. ޚާއްޞަކޮށް ޅަފަތުގައި އަޅުގަނޑުމެން ރަނގަޅު ކަންތައްތައް ދަރިންނަށް އުނގަންނައި ދޭން ޖެހޭނެ. މިއުޒިކަކީ ޙަރާމް ކަމެއް. މިއުޒިކާ އެކީ ހުންނަ ވީޑިއޯ ތައް ކުދިންނަށް ދެއްކުން ފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެ. އެފަދަ ވީޑިއޯ އެއް ކުއްޖަކަށް އަދި އަކުރު ދަސްކޮށްދިނުމުގެ ސިފައިގައި ވެސް އެކުއްޖާ އަށް ދެއްކުމަށްވުރެ މާ ރަނގަޅުވާނެ އޭނާގެ މަންމަ ނުވަތަ ބައްޕަ އެމީހެއްގެ ޤާބިލްކަން ހުރި ވަރަކުން ދަރިންނަށް އޭނާގެ އަމިއްލަ ނަފްސުން ކަންތައްތައް އުނގަންނައި ދިނުން."  ޝައިޚް މުޙައްމަދު މޫސާ ވިދާޅުވެފައި ވެއެވެ.

"ކުޑަކުދިންނަށް އަކުރު ދަސްކޮށްދިނުމަށްޓަކައި ހަދާފައި ހުންނަ ބައެއް ވީޑިއޯ ތަކުގައި ފަހަކަށް އައިސް މިއުޒިކް ވެސް އެބަހުރޭ އޭގެ ތެރެއަށް ލާފައި. ކުޑަކުދިންނަކީ ވަރަށް ފަސޭހައިން ކަންތައްތައް ކޮޕީ ކުރާ ބައެއް. ޚާއްޞަކޮށް ޅަފަތުގައި އަޅުގަނޑުމެން ރަނގަޅު ކަންތައްތައް ދަރިންނަށް އުނގަންނައި ދޭން ޖެހޭނެ. މިއުޒިކަކީ ޙަރާމް ކަމެއް. މިއުޒިކާ އެކީ ހުންނަ ވީޑިއޯ ތައް ކުދިންނަށް ދެއްކުން ފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެ. އެފަދަ ވީޑިއޯ އެއް ކުއްޖަކަށް އަދި އަކުރު ދަސްކޮށްދިނުމުގެ ސިފައިގައި ވެސް އެކުއްޖާ އަށް ދެއްކުމަށްވުރެ މާ ރަނގަޅުވާނެ އޭނާގެ މަންމަ ނުވަތަ ބައްޕަ އެމީހެއްގެ ޤާބިލްކަން ހުރި ވަރަކުން ދަރިންނަށް އޭނާގެ އަމިއްލަ ނަފްސުން ކަންތައްތައް އުނގަންނައި ދިނުން."  ޝައިޚް މުޙައްމަދު މޫސާ

ތުއްތު ކުދިން ލައްވާ ހެދުންތަކާއި މެދު މައިންބަފައިން ސަމާލުކަން ދޭންޖެހެއެވެ. އެ ކުދިން މަގުމައްޗަށާއި ތަންތަނަށް ގެންދާއިރު ކަސްބީ އަންހެނުން އަޅާ ފަދައިން ނިވާކަން ކުޑަ ހެދުން އެޅުވުމަކީ މައިންބަފައިން އެކުދިންނާއި މެދު އިޙުމާލެކެވެ.

ތުއްތު ކުދިންނަށް ނަރަކައިގެ ބިރުވެރި ކަމާއި ސުވަރުގޭގެ އުފާވެރި ކަމުގެ ވާހަކަ ކިޔައިދޭން ޖެހެއެވެ. ނަރަކައިގެ ބިރުވެރި ވާހަކަ ކިޔައިދިނުމަކީ އެކުދިންނަށް ނަފްސާނީ ގޮތުން އެއްވެސް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ އަދި ތުއްތު ކުއްޖެއްގެ ބައްޕަ އެއް ކަމަށްވާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއާ ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައި ވަނީ ކުޑަ ކުދިންނަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށް ބުނެ ބައެއް މީހުން އެކުދިންނަށް ނަރަކައިގެ ވާހަކަ ކިޔާދިނުން މަނާ ކުރާ ކަމަށެވެ. ނަމަވެސް ސަފަރު ކައްދަ އާއި ސަންތިމަރިޔަނބު ފަދަ ޚުރާފީ ވާހަކަ ތައް އެކުދިންނަށް ކިޔާ ދެވޭ ކަމަށެވެ.

"ނަފްސާނީ ވާހަކަ ދައްކާ އިރު އަޖައިބް ވާން ޖެހޭ ކަމަކީ ކުޑަކުޑަ ކުދިންނަށް ނިދާއިރުގައާއި ނުވަތަ އެނޫންވެސް ތަންތާގައި ކިޔާމިދެނީ ސަފަރުކައްދަ ވާހަކަ އާއި ސަންތިމަރިޔަނބު ވާހަކަ އާއި މިކަހަލަ ފާޑު ފާޑުގެ ވާހަކަތައް. މިއީ ކުޑަ ކުދިންނަށް އެންމެ ކުޑައިރުއްސުރެ ކިޔާދޭ ވާހަކަތައް. މިވާހަކަތަކުގެ ސަބަބުން ނަފްސާނީ އެއްވެސް ބައްޔެއް ވެސް ނުޖެހުނު. އެއަކުން އެއްވެސް ގެއްލުމެއްވެސް ނުލިބުނު. އެކަމަކު ﷲ ކީރީތި ޤުރުއާނުގައި ބަޔާންކުރައްވާފައި ހުރި އާޔަތްތަކާއި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ބަޔާންކޮށްދެއްވާފައި ހުރި ހަދީޘްފުޅުތައް ކިޔައިދީގެން ނަފްސާނީ ގޮތުން ގެއްލުންވާނޭ ބުނުން އެއީ ވަރަށް އަޖައިބްވެ އަންތަރީސްވާން ޖެހޭ ކަމެއް." ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

"ނަފްސާނީ ވާހަކަ ދައްކާ އިރު އަޖައިބް ވާން ޖެހޭ ކަމަކީ ކުޑަކުޑަ ކުދިންނަށް ނިދާއިރުގައާއި ނުވަތަ އެނޫންވެސް ތަންތާގައި ކިޔާމިދެނީ ސަފަރުކައްދަ ވާހަކަ އާއި ސަންތިމަރިޔަނބު ވާހަކަ އާއި މިކަހަލަ ފާޑު ފާޑުގެ ވާހަކަތައް. މިއީ ކުޑަ ކުދިންނަށް އެންމެ ކުޑައިރުއްސުރެ ކިޔާދޭ ވާހަކަތައް. މިވާހަކަތަކުގެ ސަބަބުން ނަފްސާނީ އެއްވެސް ބައްޔެއް ވެސް ނުޖެހުނު. އެއަކުން އެއްވެސް ގެއްލުމެއްވެސް ނުލިބުނު. އެކަމަކު ﷲ ކީރީތި ޤުރުއާނުގައި ބަޔާންކުރައްވާފައި ހުރި އާޔަތްތަކާއި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ބަޔާންކޮށްދެއްވާފައި ހުރި ހަދީޘްފުޅުތައް ކިޔައިދީގެން ނަފްސާނީ ގޮތުން ގެއްލުންވާނޭ ބުނުން އެއީ ވަރަށް އަޖައިބްވެ އަންތަރީސްވާން ޖެހޭ ކަމެއް." ޝައިޚް ޢަލީ ޒާހިރު 

އިސްލާމީ ރިވެތި އަޚްލާޤް ކުދިންނަށް ކިޔަވާދޭ ތަންތަނާއި ބެލެނިވެރިންގެ މަސައްކަތުން ފޮނި ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ. މީގެ މިސާލެއް ހިމަނާލާނަމެވެ.

އެމްއެންބީސީ ވަން އިން ރަމަޟާން މަހުގައި "އެކުދިންގެ ވާހަކަ" ނަމުގައި ފޮނުވި ކުޑަކުދިންގެ ޚާއްޞަ ޕްރޮގްރާމެއްގައި ތުއްތު ކުއްޖެއްގެ ގާތު ޕްރޮގްރާމްގެ ޕްރެޒެންޓަރ ލަވަކިޔައިދޭން ބުންޏެވެ. އެކުއްޖާ ބުނީ ލަވަ ކިއުމަކީ މަނާ ކަމެއް ކަމަށާއި، މަދަހަ ކިއުން ހުއްދަ ކަމަށެވެ. އަދި އެހެން ކުއްޖެއް ގާތު ލަވަ ކިޔައިދޭން ބުނުމުން އެކުއްޖާ ބުނީ "ލަވަކިއަން ނުބުނާށޭ" އެވެ.

ހަމަ އެ ޕްރޮގްރާމްގައި ހިނގާ ދިޔަ ކަމެކެވެ. ތުއްތު ކުދިންނާއި ޕްރޮގްރާމްގެ ޕްރެޒެންޓަރ ވާހަކަ ދައްކަމުން ދިޔައެވެ.

"މަންމަ ގޭގައި ކީއްކުރަނީ؟" ޕްރެޒެންޓަރ ސުވާލުކުރިއެވެ.

"ނަމާދު ނުކޮށް ފިލްމު ބަލަނީ!!!" ތުއްތު ފިރިހެން ކުއްޖަކު ބުންޏެވެ.

"ނަމާދުނުކޮށް ފިލްމު ބަލަނީ؟" ޕްރެޒެންޓަރ އަނެއްކާވެސް އެހިއެވެ.

"ހޫމް" ތުއްތު ކުއްޖާ އާނއެކޭ ބުނުމުގެ ގޮތުން ބުންޏެވެ.

"އެކީއްވެ؟ ހައިކަލް ނުބުނަންތަ މަންމަ ކައިރި ނަމާދު ކުރާށޭ؟" ޕްރެޒެންޓަރ އެހިއެވެ.

"ހަނދާން ނެތެނީ" ތުއްތު ކުއްޖާ ބުންޏެވެ.

ހަމަ އެވަޤުތުކޮޅު ސްޓޫޑިއޯގައި އިން ތުއްތު އަންހެން ކުއްޖަކު ބުނީ އެކުއްޖާ މަންމަ އާއެކު ނަމާދުކޮށް ޤުރުއާން ކިޔަވާ ކަމަށެވެ.

އެކުދިންގެ ވާހަކަ ވީޑިއޯ ބައްލަވާލައްވާ !

މި ވާހަކައިން އެނގިގެން ދަނީ އެ ތުއްތު ފިރިހެން ކުއްޖާ އަށް ކޮންމެވެސް ފަރާތަކުން ނަމާދުގެ މުހިންމުކަން ބުނެދެވިފައިވާ ކަމަށާއި ނަމާދު ނުކޮށް ފިލްމު ބަލަން ނުވާނެ ކަން އެނގިފައިވާ ކަމެވެ. އަދި ތުއްތު އަންހެން ކުއްޖާ ނަމާދުކުރުވާ ޤުރުއާން ކިޔެވުމުގެ އާދަހަރުލެއްވުމަށް އެކުއްޖާގެ މައިންބަފައިން މަސައްކަތް ކުރަމުންދާ ކަމެވެ.

އިސްލާމީ ތަރުބިއްޔަތާއި ރިވެތި އަޚްލާޤުގެ މަތީގައި ބިންގާ އެޅުމުގެ ސަބަބުން އެފަދަ ތުއްތު ކުދިން ބޭނުންވަނީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް އާއި ޞަހާބީންގެ ނަމޫނާގައި ހިފުމަށެވެ.

ގުޅުންހުރި

5 ޚިޔާލު

  1. މިއީ މިގައުމުގަ މިހާރު ހަމަ ކަން ހިގަމުންދާ ގޮތް. މިއުޅޭ އަނެއް ފިކުރުގެ މީހުންނަށް މިކަން ހަޖަމް ނުކުރެވިގެން އެއުޅެނީ، ބަޔަކު މައްސަލަ ޖައްސަައިގެނެއްވެސް ނޫން ތޯއްޗެ އެއުޅެނީ ބުރުގާނާޅާ އައުރަ ނިވާ ނުކުރާ ދައިތަ ކިހެނެތް ވެގެންތަ އެއުޅެނީ

  2. ވަރަށް ފުރިހަމަ ލިޔުމެއް..

  3. މާޝާﷲ.. ވަރަށް ފުރިހަމަ ލިޔުމެއް ޝިޔާޒް.. މީގައި ފާހަގަކޮށްލަން ހަވީރުން ލިޔުނު ޚަބަރުގައި އެހެރަ ނުގުޅުންތައް.. ކޮމެންޓްތަކުގައިވެސް އެވާހަކަ ފާހަގަކޮށްފައިވޭ.. މިނިސްޓްރީއަށް ބައެއް ބެލެނިވެރިން ޝަކުވާ ހުށަހަޅަނީ އޯ.. އެކަމަކު، ރަސްމީކޮށް ޝަކުވާ ހުށައަޅާފައެއް ނެތޯ؟ އެއީ އަނެއްކާ ސިޓީއެއް ނުލާ ވާހަކަ ބާ؟ އެކަމަކު، މިނިސްޓްރީން މިހާރު ވާހަކަ ދައްކަމުންދާކަމަށްވެސް އެބައޮވޭ.. އަދި “އެމައްސަލަ” އެބަ ބަލާކަމަށްވެސް އެބައޮވޭ؟ ދެން ނުގުޅޭ ގޮތުގެ އެންމެ ސަބަބެއްވެސް ހާމަކޮށްލިނަމަ، ބަޔަކަށް ވިސްނަން ފަސޭހަވާނެތާ؟ ދެން ފާހަގަކޮށްލަން ބެލެނިވެރިއެއްގެ ގޮތުގައި ނޫހަށް އިންޓަވިއު ދިން ބޭފުޅާވެސް އެވިދާޅުވާ ގޮތުން ހިއެއް ނުވޭ އެއީ މިކަހަލަ “ރަޖިސްޓްރީ ނުކުރާ” ތަނެއްގެ ބެލެނިވެރިއެއްހެން؟ ދެން އެޑިއުކޭޝަން މިނިސްޓްރީންވެސް ޤަބޫލުކުރަން ވެއްޖެތާ އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކުރުމުންވެސް ކުދިންގެ ތަޢުލީމާއި ޚާއްޞަކޮށް އަޚްލާޤަށް ލިބުނު ކުރިއެރުމެއް ނެތްކަން.. އެހެންވީމާ، އެހެން މޮޑެލް އަކަށްވެސް ފުރުޞަތު ދޭންވީނު؟

  4. މާޝާﷲ! ވ އިންފޮމޭޓިވް ލިޔުމެއް.. އިސްލާމްދީނާ ޚިލާފްނުވާ ނަމަ، މިނިވަންކަމާއެކު ތުއްތު ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ޙައްޤު ލިބެން ޖެހޭ،… މިއުޅެނީ ޤައުމުގެ މުސްތަޤްބަލް ބިނާކުރަން، ސަރުކާރުގެ ފޮރުވިފައިވާ ޕޮލިސީއެއް އެކަނި ދަމަހައްޓާކަށްނޫން… އިސްލާމީ ތަޢުލީމް ދަރިންނަށް ދިނުމަށް ބާރުއަޅަންޖެހޭ ސަރުކާރުން. އެކަމަކު މިފެންނަނީ އެކަން ނުކުރާ ތާނގައި، އެކަން ކުރާ މީހުން ހުއްޓުވޭތޯ.. ކިހާ ދެރަކަމެއް!

  5. މަސްވެރިކަމާއި ދަނޑުވެރިކަމުގެ މިނިސްޓާރ ޑރ ޝައިނީ ރޭގައި ދެއްކި ވާކަ ބައްލަވާ، ﷲ ހަރާމް ކުރެއްވި ބޮޑު މުންކަރާތެއް ކަމަށްވާ ލަވަޔާއި މިއުޒިކާއި ނެށުމުގެ ހުނަރު ދަސްކޮށްގެން ރިސޯޓް ތަކަށް އާމް ދަނީ ހޯދަން ދާށޯ، އެއީ ފަތުރުވެރި ކަމަށްވެސް ވަރަށް ރަގަޅު ކަމެކޯ. އާމްދަނީވެސް ލިބޭނެ ކަމެކޯ! އަޅެ މަސްވެރިކަމާއި ދަންޑުވެރިކަން ކޮށްގެން އާމް ދަނީ ހޯދަން މިނިސްޓާރ ބުނިނަމަ ހާދަ ރަގަޅުވީސް ދޯ! – :

Your email address will not be published. Required fields are marked *

More in ރިޕޯޓް