ޑްރަގް އޮވަރ ޑޯޒް ވެގެން މި ދިޔަ މަހުގައި މަރުވެފައި އޮއްވާ ފެނުނު އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ، އެމީ ވައިން ހައުސްގެ ފޮޓޯ ގެ ބޭނުން ބްރެޒިލްގެ ޑްރަގް ޑީލަރުން ވަރަށް ރަނގަޅަށް ހިފަން ފަށައިފިއެވެ. އެމީހުން މިކަން ކުރަނީ ކޮކޭން ޕެކެޓްތަކުގެ ބޭރުގައި އެމީގެ ފޮޓޯ ހިއްޕައިގެންނެވެ. އެހެނީ، އެމީ އަކީ ޑްރަގް ބޭނުން ކުރުމުގައި ހައްދު ފަހަނައަޅާފައިވާ މީހެއް ކަން މީޑިއާތަކުގައި ވަނީ މަޝްހޫރުވެފައެވެ.
ޑްރަގް ގޭންގުތަކުން އެމީގެ ފޮޓޯ ބޭނުން ކޮށްފައި ވަނީ އެމީހުންގެ ވިޔަފާރި ރަނގަޅު ކުރުމަށް ކަމަށް ރިއޯޑެ ޖެނެއިރޯގެ ފުލުހުން ހާމަކުރެއެވެ.
ޑްރަގު ވިއްކަން ހަދާފައިވާ ޕެކެޓުގައި އެމީގެ ފޮޓޯ ލުމުގެ އިތުރަށް އެނާގެ ނަން ވެސް ލިޔެފައިވެއެވެ. އަދި ފެކެޓެއް 6 ޑޮލަރަށް ކަމަށް ވެސް ޖަހަފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި "ޑްރަގުގެ ވިޔަފާރި ހުއްޓުވުމަށް އެމީހުން ހިންގި އޮޕްރޭސަންގައި ޝާންޓީ ކިޔާ އަވަށުން ފެނިފައި ވާ މި ހުސް އުރަތަކުގައި އެމީގެ ފޮޓޯ ޑީލަރުން ބޭނުން ކޮށްފައި ވަނީ މީޑިޔާތަކުގެ ފަލަ ސުރުޙީތަކުގައި އެމީ އަކީ މަސްތުވުމަށް ދެވި ހިފައިފައިވާ މީހެއްކަން ހާމަކުރުން އެމީހުންގެ ވިޔަފާރި މަޝްހޫރުކުރުމުގެ ގޮތުންނެވެ."
އެމީ ވައިން ހައުސް އަކީ މަސްތުވާ އެއްޗެހީގައި ޖެހި ހަލާކުވެ މަރުވެފައިވާ އުމުރުން 27 އަހަރު ޒުވާނެކެވެ. އެނާގެ މަރުވިތާ ހަފްތާތަކެއް ވެގެން ގޮސްފައިވާއިރު އެނާ މަރުވީ ޑްރަގު އޯވަޑޯސް ވެގެން ކަން ފިޔަވާ އިތުރު ހެކި ހޯދަން ތަޙުގީޤު ކޮށްފައި ވިޔަސް އަދި ހޯދިފަ ނުވެއެވެ.
އެމީ އަކީ އޮވަރ ޑޯޒް ވެގެން މަރުވެފައިވާ ލަވަކިޔުންތެރިންގެ ދިގު ލިސްޓަށް އެންމެ ފަހުން އިތުރުވި ޒުވާނާއެވެ.

















advertisment
ޚިޔާލު