ތުރުކީގެ ރައީސް އުރްދުޣާން، ފްލޮޔިޑްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެ

Turkeyge Raees Erdogan, Floydge Aaila ah Thauziya Vidhaalhuvejje
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާން، އެމެރިކާގެ ފުލުހުންގެ އަތްދަށުން، ނަސްލީ ތަފާތުކުރުންތަކާއި ވިދިގެން މަރުވި ޖޯޖް ފްލޮޔިޑްގެ ޢާއިލާއަށާއި ހެޔޮ އެދޭ ފަރާތްތަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އުރްދުޣާން ވިދާޅުވާ ގޮތުގައި ކުރެވުނު އަނިޔާތަކުގެ ސަބަބުން މަރުވެފައިވާ ޖޯޖް ފްލޮޔިޑްގެ މަރުގެ ޙަދިޘާއަކީ ނަސްލީ އިމްތިޔާޒުކުރުމާއި ފޭޝިޒަމްގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވި މަރެކެވެ. އަދި އެލާއިންސާނީ ޢަމަލުގައި ބައިވެރިވރފައިވާ ބަޔަކަށް އެމީހުންނަށް ޙައްޤުވާ އަދަބި ލިބެން ޖެހޭނެއެވެ.

"ޚާލިޤުވަންތަ ފަރާތުގެ ސަބަބުން އިންސާނިއްޔަތު ދެކެ ލޯބިވުމަށް ގޮވާލާފައިވާ އިސްލާމީ ޙަޟާރަތުގެ ފަރުދެއްގެ ޙައިސިއްޔަތުން މިލާއިންސާނީ ޢަމަލށް މަގުފަހިވި ވިސްނުން ކުށްވެރިކުރަން. ތުރުކީއިން އަބަދުވެސް އޮންނާނީ އިންސާނިއްޔަތާއި އިދިކޮޅަށްދެވޭ ޙަމަލާތަކާއި އިދިކޮޅަށް." އުރްދުޣާން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އުރްދުޣާން ވިދާޅުވެފައިވާ ގޮތުގައި ނަސްލާއި، ކުލައާއި، ދީނާއި، ބަހާއި، އަދު ޤަބޫލުކުރާ ޤަބޫލު ކުރުންތަކާއި ވިދިގެން ކުރެވޭ ތަފާތުކުރުންތަކާއި އިދިކޮޅަށް ތުރުކީއިން އަބަދުވެސް ތެދުވާނެއެވެ. އަދި މިކަމުގައި ތުރުކީއިން ހިފާނީ މާތް ނަބިއްތާ ޞައްލަ ﷲަ ޢަލައިހި ވަސައްލަމްގެ އުޞޫލުކަމަށްވާ ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް މާތްކަމެއް ނުވުމާއި، އަދި ކަޅު މީހަކަށް ދިން މީހެއްގެ މައްޗަށް މާތްކަމެއް ނުވުމުގެ އުޞޫލުގެ މައްޗަށެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓްތައް ނިންމަވާ ލައްވަމުން އުރްދުޣާންވަނީ ފްލޮޔިޑްގެ މަރުގެ މައްސަލަ މޮނިޓަރ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.