ޖަރުމަނުގެ މިސްކިތެއްގެ އަޑު ކަނޑައިދިނުމަށް އެދި ކޯޓަށް ހުށައެޅުނު މައްސަލަ މުސްލިމުންނާއި އެއްކޮޅަށް ނިމިއްޖެ

German Vilaathuge Miskithehge Adu Kandaidhinumah Edhi Hushaelhi Massala Muslimunna Ekkolhah Nimijje
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ޖަރުމަނު ވިލާތުގެ މިސްކިތެއްގެ ބަންގީގެ އަޑު ކަނޑައިދިނުމަށް އެދި ކޯޓަށް ހުށައެޅުނު މައްސަލަ މުސްލިމުންނާއި އެއްކޮޅަށް ނިމިއްޖެއެެވެ.

ޖަރުމަނުގެ ނޯތު ރައިން-ވެސްޓްފާލިއާގެ އޮއިރް-އާރކެންޝްވިކް ނަމަކަށްކިޔާ ކުޑަ އަވަށެއްގެ ދެމަފިރިން ބަންގީގެ އަޑުގަދަ ވެގެން އެމައްސަލަ ކޯޓަށް ހުށައަލާފައިވަނީ މިދިޔަ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެމީހުން ދިރިއުޅޭ ގެ ހުންނަނީ މިސްކިތާއި ގާތްގަނޑަކަށް އެއް ކިލޯމީޓަރު ދުރުގައެވެ.

އެބައިމީހުން ކޯޓަށް ހުށައެޅި މައްސަލައިގައި ދަޢުވާ ކޮށްފައިވާ ގޮތުގައި އެމިސްކިތުން ގޮވާ ބަންގީގެ އަޑު އިވުމަކީ އެބައިމީހުންނަށް ޤާނޫނީ ގޮތުން ކަށަވަރުކޮށްދެވިފައިވާ ދީނީ މިނިވަންކަމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެކެވެ. މިމައްސަލަ ކޯޓަށް ހުށައެޅުނު ހިސާބުން (2015 އިން) ފެށިގެން މިހާތަނަށް ކޯޓުން ވަކިގޮތެއް ކަނޑައެޅެންދެން، އެމިސްކިތުގައި ލައުޑް ސްޕީކަރު ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. މިގޮތުން މިސްކިތުން ބޭރަށް ބަންގީގެ އަޑާއި، ނަމާދުގައި ޤުރުއާން ކިޔެވުމުގެ އަޑު ނީވޭހެންވަނީ އިންތިޒާމު ކުރެވިފައެވެ.

މިގޮތަށް ދެމިއޮތުމަށްފަހު ކޯޓުން މިދިޔަ ބުދަ ދުވަހު ނިންމާފައިވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ދީނަށް އުޅޭނެކަން ކޮންމެ މުޖުތަމަޢަކުންވެސް ގަބޫލުކުރަންޖެހޭނޭ ކަމަށާއި، ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން އެއްވެސް ބަޔަކަށް ގަދަކަމުން މަޖުބޫރު ނުކުރާހާ ހިނދަކު، އެކަމުގައި ޝަކުވާ ކުރާނެތަނެއްވެސް ނެތް ކަމަށެވެ.

ޖަރުމަނު ވިލާތުގައި އިސްލާމް ދީން ދަނީ ވަރަށް ބާރު ދުވެއްޔެއްގައި ފެތުރެމުންނެވެ. މިގޮތުން 2015 އަދި 2016 ގައި ޝާއިޢު ކުރެވުނު އަންދާސީ ހިސާބެއްގައި ވާ ގޮތުން ޖަރުމަނި ވިލާތުގައި 4.4 އަކާއި 4.7 މިލިއަނާއި ދެމެދުގެ މުސްލިމުން ދިރިއުޅެއެވެ. މިއީ އެޤައުމުގެ އާބާދީގެ 5.4% އާއި 5.7% ގެ ދެމެދުގެ މިންވަރެކެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.