ޔޫރަޕުގެ "އިމާމުން" އިޒްރޭލަށް ކުރި ޒިޔާރާތް ކުށްވެރި ކޮށްފި

ޔޫރަޕުގެ "އިމާމުން" އިޒްރޭލަށް ކުރި ޒިޔާރާތް ކުށްވެރި ކޮށްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޔޫރަޕްގެ އިމާމުންގެ ކައުންސިލުން، ޔޫރަޕްގެ "އިމާމުން" ކަމަށް ބުނާ ބަޔަކު އިޒްރޭލްގެ ރައީސްގެ ގާތަށް ޒިޔާރަތްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ އިސްލާމީ އަސާސްތަކާއި ފަލަސްތީނު ރައްޔިތުންނާއެކު އޮންނަ އެއްބައިވަންތަކަމަށް ޚިޔާނާތްތެރިވުން ކަމުގައި ބުނެފިއެވެ.

ޔޫރަޕްގެ އިމާމުންގެ ވަފުދެއް އިޒްރޭލުގެ ރައީސްއާ ބައްދަލުކޮށްފައިވަނީ ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުގައި ފްރާންސް، ބެލްޖިއަމް، ނެދަލޭންޑްސް، ޔޫކޭ އަދި އިޓަލީގެ ދީނީ އިސްވެރިން މި ވަފުދުގައި ބައިވެރިވިއެވެ. މި ޒިޔާރާތް އިންތިޒާމުކޮށްފައިވަނީ ޔޫރަޕާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާ ޔޫރަޕިއަން ލީޑަރޝިޕް ނެޓްވޯކް (އެލްނެޓް) އިންނެވެ.

އެލްނެޓް އަކީ މުސްލިމް މުޖުތަމައުތަކާ ދެކޮޅު ކަމަށް ބެލެވޭ ހަރަކާތްތަކުގައި ބައިވެރިވުމާއި، އިސްލާމްދީނާ ދެކޮޅު ކަމަށް ފާޅުގައި ކުށްވެރިކުރެވުނު އެއްވުންތައް އިންތިޒާމުކުރުމާ ގުޅިގެން ފާޑުކިޔުންތަކާ ކުރިމަތިލާފައިވާ ނެޓްވޯކެކެވެ.

ޔޫރަޕްގެ އިމާމުންގެ ކައުންސިލުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި، ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި، އެ ވަފުދު އިޒްރޭލުގެ "މުޖުރިމުންނާ" ބައްދަލުކުރި ކުރުމަށް ފާޑުކިޔާފައިވެއެވެ.

މީގެ އިތުރުން އެކައުންސިލުން ބުނެފައިވާ ގޮތުގައި އިމާމުން ކަމަށް ބުނާ ބަޔަކު އިޒްރޭލަށް ޒިޔާރަތްކޮށް، އެތަނުގެ އިސްވެރިންނާ ބައްދަލުކުރިކަން މީޑިއާގައި ހާމަވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށާއި، މިއީ އިންސާނީ އަދި އަޚްލާޤީ ޤިޔަމުތަކާ މުޅިން ފުށުއަރާ ކަމެކެވެ.

މިވަފުދުގައި ހިމެނޭ ފަރާތްތަކަކީ ޔޫރަޕުގެ މުސްލިމުންގެ މެދުގައި ނޭނގޭ އަދި އެއްވެސް އިސްލާމީ މުއައްސަސާއަކާ ގުޅުމެއް ނެތް ބައެއްކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ. އަދި މި ޒިޔާރަތަކީ ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރަމުންދާ ޔޫރަޕުގެ މުސްލިމުންގެ މައުގިފު  ތަމްސީލުކުރާ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.

މިޒިޔާރަތަކީ އިޒްރޭލުގެ ކުށްތައް ފޮރުވުމަށް ރާވައިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ޞިފަކޮށް، އެވަފުދުގައި ހިމެނޭ ފަރާތްތައް ވަނީ ﷲ އާއި، އެކަލާނގެ ރަސޫލާއަށާއި، އަނިޔާ ލިބިފައިވާ މީހުންގެ ލެއަށް ޣައްދާރުވެފައިވާ ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ހޯމަ ދުވަހު ޖެރޫސަލަމްގައި އިޒްރޭލުގެ ރައީސް ހަރޒޮގްއާ ބައްދަލުކުރި ވަފުދުގައި ހިމެނުނު ނެދަލެންޑްސްގެ އުތުރުގައި އޮންނަ އަލްކްމާރ ސިޓީގެ ބިލާލް މިސްކިތުގެ އިމާމް ޔޫސުފް ސައިބީހް ވަނީ އޭނާގެ މަޤާމުން ސަސްޕެންޑްކޮށްފައެވެ. އޭނާ ވަނީ އެބައްދަލުވުމުގައި އިޒްރޭލްގެ ޤައުމީ ސަލާމް ޢަރަބި ބަހަށް ތަރުޖަމާކޮށް ކިޔައިދީފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.