ރާއްޖޭގެ ޚަބަރު

ޑްރަގް އެޖެންސީއަށް ދީނީ ފެސިލިޓޭޓަރަކު ހޯދަން އިއުލާންކޮށްފި

ގުޅީފަޅުގައި ހުންނަ ނޭޝަނަލް ޑްރަގް އެޖެންސީގެ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރުގައި ދީނީ ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ މުވައްޒަފަކު ހޯދަން ނޭޝަނަލް ޑްރަގް އެޖެންސީން އިއުލާންކޮށްފިއެވެ.

މިވަޒީފާ އަށް ކުރިމަތިލާ މީހަކީ މަގާމުގެމަސައްކަތް ކުރުމުގެހުނަރު ނުވަތަ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ މަގާމުގެ މަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކުހެއް ލިބިފައިވާ މީހެއްކަމުގައި ވާން ޖެހޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސައްކަތަކަށް ވާނީ އިސްލާމް ދީނުގެ ރުކުންތަކުގެ މުޙިންމުކަމާއި އިސްލާމީ ޝަރީޢާތާއި އަޅުކަންކުރުމާއި ޒިކުރު ކުރުމާއި އިސްލާމްކަމާއި އީމާންކަން / އިސްލާމްދީނުގެ ލުއި ފަސޭހަކަމާއި އިސްލާމީ ނަޒަރަކުން ޑްރަގް އެޑިކްޝަނާއި އިސްލާމީ ނަޒަރަކުން ކުރޭވިންގ މެނޭޖްމަންޓާއި ތަޢުބާވުމާއި މާފްކުރުމާއި ޢާއިލާގެ ޒިންމާ (މައިންބަފައިން، ދަރިން، ފިރިމީހާ، އަނބިމީހާގެ ޒިންމާ) ސެންޓަރުގައި ތިބޭ މީހުންނަށް ކިޔައި ދިނުމެވެ.

2021 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ، އަލިކިލެގެފާނު މަގު) އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް hr@nda.gov.mvމެދުވެރިކޮށްވެސް ބަލައިގަނެވޭނެ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *