ދުނިޔެޔޫރަޕު

މުސްލިމް ކައުންސިލް އޮފް ބްރިޓަނިން ނަސްލީ ތަފާތު ކުރުންތަކާއި އިދިކޮޅަށް ބަޔާނެއް ނެރެފި

Muslim Council of Britain in Nasly Thafathukurunthaka Idhikolhah Bayaaneh Nerefi

އިނގިރޭސި ވިލާތުގެ މުސްލިމް ކައުންސިލް އޮފް ބްރިޓަން (އެމްއައިސީ) ނަސްލީ ތަފާތު ކުރުންތަކާއި އިދިކޮޅަށް ބަޔާނެއް ނެރެފިއެވެ.

 

އެމެރިކާގައި، ފުލުހުންގެ ލާއިންސާނީ ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުން މިދުނިޔެ ދޫކުރި ޖޯޖް ފްލޮޔިޑްގެ މަރާއި ވިދިގެން މިދިޔަ އަންގާރަ ދުވަހު އެމްއައިސީއިން ނެރެފައިވާ މިބަޔާނުގައިވާ ގޮތުގައި އެ ބަޔާނަކީ ތަޟާމުނީކޮށް، (ނަސްލީ އިމްތިޔާޒާއި އިދިކޮޅަށް މަސައްކަތް ކުރާ މީހުންނާއި) އެކުގައި ޘާބިތުވެ ތިބިކަން ޔަޤީންކޮށްދިނުމުގެ ގޮތުން ނެރެފައިވާ ބަޔާނެކެވެ.

 

އެމްއައިސީއިން ވިދާޅުވާ ގޮތުގައި މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ނާއިންޞާފުން ކަމެއް ހިނގާ ކޮންމެ ފަހަރަކު އެކަމާއި އިދިކޮޅަށް ތެދުވަން ޖެހޭނެއެވެ. އެހެނީ މާތް ﷲ ޥަޙީ ކުރައްވާފައިވަނީ يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّـهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴿١٣٥﴾ (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.) މިފަދައިންނެވެ.

 

އެބޭފުޅުން ވިދާޅުވާ ގޮތުގައި މިހެންކަމުން އެމްއައިސީއިން އަބަދުވެސް ވަނީ އެމެރިކާއާއ، އިނގިރޭސި ވިލާތާއި، އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގާ ކަޅު ނަސްލުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ތަފާތުތަކާއި އިދިކޮޅަށެވެ. އަދި އެމްއައިސީ އިން ޤަބޫލު ކުރާ ގޮތުގައި ކަޅު ނަސްލުގެ ފަރާތްތަކަށް ކުރެވޭ ނަސްލީ ތަފާތު ކުރުންތަކެއް ފެންނަ ކޮންމެ ހިނދަކު، އެކަންކަން ހުއްޓުވަން ޖެހެއެވެ. އެހެނީ އެހެން ޢަމަލު ނުކުރެވިއްޖެނަމަ އޭގެ ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ފުރާނައަށް ގެއްލުންވުން ނުހުއްޓުވޭނެއެވެ.

 

ބަޔާން ނިންމަވާ ލައްވަމުން އެބޭފުޅުން ވިދާޅުވާ ގޮތުގައި އެބޭފުޅުންވަނީ އިނގިރޭސި ވިލާތުގައި، ނަސްލީ އިމްތިޔާޒުތަކާއި އިދިކޮޅަށް ޢާއްމު ފަރުދުންނާއި، އޯގަނައިޒޭޝަންތަކުން ކުރައްވާ މަސައްކަތްޕުޅުތަކުގައި އެހީތެރިވުމަށް ޢަޒުމް ކަނޑައަޅުއްވައިގެންނެވެ. އަދި ހަމައެއާއިއެކު، މުސްލިމުންގެ ތެރޭގައި މިފަދަ ފިކުރުތައް ގެންގުޅޭ ފަރާތްތަކަށް (ނަޞޭޙަތްތެރިވެ، އެވިސްނުން ބަދަލުކުރުވުމުގެ) މަސައްކަތުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ