އެމެރިކާ

ބައްޕައަކު އޭނާގެ ދަރިފުޅު ފޮށިގަނޑަކަށްލާ "ބައިބުލް ގައި ވާގޮތުގެ މަތިން" އަދަބު ދީފި!

ލިޔުނީ : އައިޝާ މުނާ

ބޮލީވިޔާގެ އުތުރުގެ ސޭންޓް ކުރޫޒު ނަމަކަށް ކިޔާ އަވަށުގައި ދިރިއުޅޭ ޑޭވިޑު ނެލްސަން އޭނާގެ ދަރިފުޅު 8 ފޫޓު ދިގު 6 ފޫޓު ފުޅާ ފޮށިގަނޑެއެގައި ބަންދު ކުރީ އެނާގެންގުޅޭ ތަނުން 3 ކުކުޅު ވަގައް ނަގައިގެން ކަމަށް އޭނާ ބުންޏެވެ.

ޚަބަރު ލިބޭގޮތުގައި ފުލުހުން އެގެއަށް ދިޔައީ ބައެއްގެ ރިޕޯޓެއް ލިބިގެންނެވެ. ނަޟޯރާ ދީނުގައި ޙައްދުފަހަނަ އަޅައިފައި ވާ މިމީހާ އޭނާގެ ދަރިފުޅަށް މިއަދަބު ދިނީ "ބައިބުލް ގައި ވާގޮތުގެ މަތިން" ކަމަށް އޭނާ ފުލުހުން ކައިރީ ބުންޏެވެ. އަދި އޭނާގެ މިދަރިފުޅަކީ ސިކުނޑި ހަމަނުޖެހޭ ކުއްޖެއް ކަމަށާއި "މިއީ އެނާ އަށް ޙައްޤު އަދަބު"ކަމަށް ވެސް އޭނާ ބުންޏެވެ.

ބޮލީވިޔާގެ ފުލުހުން ޔޫކޭގެ ނޫހަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެމީހުން "އެގެޔަށް ދިޔައިރު ޖޯހާން ހުރީ ފޮށިގަނޑު ތެރޭކަމަށައި އެމީހުންގެ އަމުރަށް އޭނާގެ ބައްޕަ ފޮށިގަނޑު ހުޅުވީ"ކަމަށެވެ. އަދި "އޭގެ ތެރޭގައި ފެނާއި ކާއެއްޗެހި އަޅާއި ފައިވާ"ކަމަށާއި "ކުޑަކަމުން ގޮސްފައިވާ 4 ފުޅިވެސް" ހުރި ކަމަށެވެ. ޖޯހާން ބުނީ "މީގެ 8 ހަފުތާ ކުރިން އެނާ ބޭރުގައި އުޅެފައި ގެޔަށް އައިސް ވަތްއިރު ގޭމީހުން ތިބީ ރުޅި އައިސް ކަމަށާޢި ގަދަކަމުން އޭނާ ފޮށިގަނޑަށް ލީ"ކަމުގައެވެ. އިތުރަށް ކިޔާދެމުން އޭނާ ބުނީ "އެނާ ކައި ނިދާ ފާޙަނާ ކޮށް ހަދަނީ މިފޮށި ގަނޑުގައި" ކަމަށެވެ. ފުލުހުން ވަނީ ޖޯހާން ގެ ބައްޕަ ގެންގުޅޭ ޙާއްސަ ފޮތެއް ވެސް އެގެއިން ހޯދާފައެވެ. އެއިގައި ވަނީ ގޯސް މީހުންގެ ނަމުގައި އެކި އެކި މީހުންގެ ނަމެވެ. އެގެ ތެރޭގައި ޖޯހާން ގެ ނަން ވެސް ހިމެނެއެވެ.

ބޮލީވިޔާގެ ޕޮރްސިކިއުޓަ ވަކީލު ހާމަކުރި ގޮތުގައި މީ މުޅިން ޤާނޫނާ ޙިލާފު ކަމެށް ކަމަށެވެ. އަދި މިކަމުން ޑޭވިޑު އަށް ޙައްޤު އަދަބު ލިބޭން ޖެހޭނެ ކަމަށެވެ. ދަރިން ކުރާ ކުށުގެ އަދަބު މިގޮތަށް ދިނުމަކީ މުޅި އިންސާނިޔަތާ ވެސް ޙިލާފު ކިމެއް ކަމަށް އެނާ ބުންޏެވެ.

2009 އަހަރުގައި ވެސް ހަމަ މިއަވަށުގައި ވާނީ 8 ފިރިހެނުން ވެގެން އެމީހުން މަސައްކަތް ކުރާ ދަނޑު ބިން ތަކުގައި އެޅޭ 60 އަންހެންނުން ނަށް ބިރުދައްކައިގެން ގަދަކަމުން އެކިފަހަރުމަތީން ޖިންސީ ގޯނާ ކޮށްފައެވެ. ފަހަކަށް އައިސް މިއަވަށަކީ މިފަދަ ނަޟާރާ ދީނުގައި ހައްދުފަހަނަ އަޅައިފައި ވާމީހުން  މިފަދަ އަމަލު ކުރުން ގިނަރަށެއް ކަމަށް މީޑިޔާ ތަކުން ހާމަ ކުރެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިފަދަ ޚަބަރު ގެންނަވާއިރު ފާޖިރު ވެބްސައިޓްތަކަށް ނުދެވޭނެގޮތަކަށް އެފަދަ ނިވްސް ސައިޓުތަކުގެ ނަންވީހާވެސް ނުގެންނަވައި، ދެއްވަން އުޅުއްވާ މެސެޖް ދެވިދާނެއެވެ. މަތީގައިވާ ނަން އެއީ ކޮން ޚަބަރު ސައިޓެއްތޯބެލިއިރު ލަދުން ބޯހަލާކުވާ ޒާތުގެ ފާޖިރު ފޮޓޯތަކާއި ވާހަކަތައް ހިމަނައިފައިވާ ސައިޓަކަށްވުމުން މިވާހަކަ ދަންނަވާލާ ހިތްވީއެވެ.

Your email address will not be published. Required fields are marked *