އަރަބިދުނިޔެދުނިޔެ

އިސްރާއީލުގެ ޓީވީ ޕްރެޒެންޓަރަކު ފަލަސްޠީނުގެ ކުޑަ ބަދަވީ ކުއްޖަކަށް ހަޖޫ ޖަހައިފި

Israelge TV Presenteraku Falastheenuge Kuda Badhawy Kuhjakah Hajoo Jahaifi

އިސްރާއީލުގެ ޓީވީ ޕްރެޒެންޓަރަކު ފަލަސްޠީނުގެ ބަދަވީ ކުޑަ ކުއްޖަކަށް ހަޖޫ ޖަހައިފިއެވެ.

ޒަމާނީ މީސްމީޑިޔާގެ އެއް އޮޅިކަމަށްވާ ޓިކްޓޮކުގައި ފެތުރުނު އެއް ވީޑިޔޯއެއްގައި އިސްރާއީލުގެ ރޮއި އޮޒްއޭ ކިޔުނު ޕްރެޒެންޓަރަކު އައްނަޤަބު ސަހަރާ ކައިރީގައި ތިބި ފަލަސްޠީނުގެ ބަދަވީ ދެކުދިންނާއި ދިމާއަށް ބިސްކޯދެއް ދިއްކުރުމަށްފަހު އޭނާގެ ދަރިފުޅު ގާޓު "ބަދަވީއަކަށް ކާންދޭނީ ކޮންކުއްޖެއްތޯ" ސުވާލު ކުރިއެވެ.

މިވީޑިޔޯގައި ތަކުރާރުކޮށް އޭނާގެ ދަރިފުޅު ގާތު ޖަނަވާރު ފަދަ ތަކެއްޗަށް ކާންދޭނީ ކޮން ކުއްޖެއްތޯ ސުވާލު ކުރާ އުސޫލުން ބަދަވީންނަށް ކާންދޭން ހިނގާށޭ، ބަދަވީންނަށް ކާންދޭން ބޭނުންހޭ ސުވާލުކުރާ އަޑުއިވެއެވެ. އަދި އެއަށްފަހު އޭނާ ގެންގުޅޭ ބިސްކޯދުން އެތިކޮޅުކޮޅި އެކުދިންނާއި ދިމާއަށް އުކާ މަންޒަރުވެސް ފެނެއެވެ. އަދި ހަމަ އެއާއިއުކު އޭނާގެ އަންހެނުންވެސް މިފަދައިން އެކުދިންނާއި ދިމާއަށް ބޮސްކޯދި އުކާތަން މިވީޑިޔޯއިން ފެނެއެވެ.

މިވީޑިޔޯގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނާއި، އިސްވެރިންވަނީ އޮޒަށް ފާޑު ކިޔުއްވާފައެވެ.މިގޮތުން އައްނަޤަބުގައިވާ ފަލަސްޠިނުގެ ރަށްތަކުގެ ރީޖަނަލް ކައުންސިލުގެ އިސްވެރިޔާ ޢަޠިއްޔާ އަލްޢާޞިމު ވިދާޅުވެފަިވާ ގޮތުގައި ފަލަސްޠީނުގެ ބަދަވީ ކުދިންނާއި މެދު ޢަމަލު ކުރެވެނީ ރާމާމަކުނުތަކެއް ފަދައިންނެވެ. އަދި ހަަމަ އެފަދައިން އިސްރާއީލުގެ ނެސެޓުގެ ޑެޕިޔުޓީ ކަމަށްވާ ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތު ކުރައްވާ، ފަލަސްޠިނުގެ މުވާޠިނު އަޙްމަދު ޠީބީ ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ޕްރެޒެންޓަރު ކޮށްފައިވަނީ ދަށު ދަރަޖައިގެ ޢަމަލެކެވެ. އަދި އޭނާގެ އެޢަމަލަކީ ނަސްލީ ތަފާތުކުރުންތަކާއި، ހިތްހަރުކަން އެކުލެވޭ ޢަމަލެއްކަމަށްވެސް، އަދި އެއީ އިންސާނުންގެ ކިބައިން ނިކުންނާނެ އެއްމެ ހުތުރު އެއް ޞިފަކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޮޒް ބުނާ ގޮތުގައި މިވީޑިޔޯއަކީ މީގެ 5 އަހަރުގެ ކުރީގެ ވީޑިޔޯއެކެވެ. އަދި އެވީޑިޔޯގައި ހިނގި ކަންކަމާއިމެދު އޭނާ ހިތާމަކުރާ ކަމަށްވެސް ބުނެ، މަޢާފަށް އެދިފައިވެއެވެ.

އިސްރާއީލުގެ ކުރީގެ ޓްރާންސްޕޮޓޭޝަން މިނިސްޓަރވެސް ވަނީ ދާދި ފަހުން ބަދަވީންނާއިމެދު ބަދު ބަސް ބުނެފައެވެ. މިގޮތުން ފަލަސްޠީނުގެ ބަދަވީންގެ ކުދިން އުފަންވާ ރޭޓު މައްޗަށްދާ ޚަބަރަށް ކޮމެންޓުކޮށް އޭނާ ބުނެފައިވާ ގޮތުގައި ބަދަވީންނަކީ ޓައިމް ބޮމެއްފަދަ ބައެކެވެ. އަދި އެބޮން ގޮވިޔަ ނައްތާލަންޖެހޭ ކަމަށާއި، އެބައިމީހުން ހުޅަނގާއި އެއްގޮތް ކޮށްފިނަމަ (ވެސްޓަނައިޒް ކޮށްފިނަމަ) އެބައިމީހުން އެުފަންވާ ރޭޓު ދަށަށް ދާނެ ކަމަށް ބުނެފައިވެއެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ލަނޑުދަނޑިއަކީ "އިސްރާއީލުގައި ޔަހޫދީންގެ ޢަދަދު ގިނަ ކުރުމެވެ".

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *