ޞިއްޙަތު

ކަޅުދިރީގެ ބަރަކާތް

ކަޅުދިރި އަކީ މިހާތަނަށް އިންސާނުނަށް ހޯދުނު އެންމެ ގިނަ ބަލީގެ ފަރުވާ އެވެ. މިކުޑަ ކުޑަ ތިނެސްކަން އޮށުގައި ތަފާތު ބަލީގެ ފަރުވާ ވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކަޅުދިރި ގަހަކީ މީގެ ދެހާސް އަހަރު ކުރީގެ ގަހެކެވެ. މިގަސް ފުރަތަމަ    ފެނިފައި ވަނީ ޢަރަބި ކަރައިންނާއި ރޯމްގެ ބިންތަކުންނެވެ.

އަބޫޙުރައިރާ رضي الله عنها ގެ އަރިހުން ރިވާވެގެންވާ ކައުއިތުރު ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ކަޅު ދިރި އަކީ މަރު ފިޔަވައި ހުރިހާ ބައްޔެއްގެ ޝިފާއެވެ."

ކަޅުދިރީގެ ތެލަކީ ރޯނގާ އާއި ތަންމައްޗަށް ހީސްލެވޭ ކުދިންނަށާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ހަޖަމްކުރުމުގެ ނިޒާމަށް ޖޭހެ ބަލިތަކަށް ވެސް ވަރަށް މޮޅު ބޭހެކެވެ. އަދި އޭގެ އިތުރަށް ހޯގޮވާ ކެއްސުމާއި ފަނިވުމާއި ޚާއްޞަކޮށް އަންހެން ބޭފުޅުންގެ ޙައިޟުގެ މައްސަލަތަކުގެ ވެސް ފަރުވާއެކެވެ. ގާތުން ކިރުދޭ މައިންނަށް އިތުރަށް ކިރު އެރުމަށް ވެސް ކަޅުދިރި އެހީތެރިވެދެއެވެ. ކޮފީ ނުވަތަ ސައިގެ ތެރެއަށް ކަޅު ދިރި ތެޔޮ ތިއްކެއް އެޅުމަށްފަހު ބުއިމުން ނާރުތަކުގައި ލޭ ދައުރުކުރުން ރަނގަޅުކޮށްދީ އަދި މީހާ އަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމަށް ދިރާސާތައްކުރާ ބޭފުޅުން ވިދާޅުވެއެވެ.

ކަޅުދިރި އަކީ ހަމުގެ ބަލިތަކާއި އިސްތަށި ފޭބުމާއި އަނގައިން ނުބައިވަސް ދުވުމާއި އަދި ދިރޭ ތަކެތި ދަތް އެޅުމުން ވިހަވުން ކަނޑުވާލަދޭ މޮޅު ބޭހެކެވެ. އަދި ފިރިހެން ބޭފުޅުންގެ ތުނބުޅީގައި ނުރަ ޖެހުން ލަސްކޮށްދޭ އެއްޗެކެވެ.

ކަޅުދިރިކޮޅެއް ކުޑަ ވިނިގާރ ކޮޅެއްގައި ކެއްކުމަށް ފަހު ރިހޭ ދަތުގައި ނުވަތަ ދުޅަ ވެފައިވާ ހިރުގަނޑުގައި ޖެހުމުން ރިހުން ކަނޑުވައިދެއެވެ. އަދި ކަޅުދިރިކޮޅެއް ކުޑަ ފޮތިކޮޅެއްގެ ތެރެއަށްލާ ބަންދު ކުރުމަށްފަހު ދެން އޭގެ ވަސް ބެލުމުން ރޯނގާ އަވަސް އަވަހަށް ޖެހުމުން ދުރުކޮށް ދެއެވެ. އެހެން ހެދުމުން ނޭފަތް ބެދުމުންނާއި ސައިނަސް ފަދަ ބަލިތައް ފަސޭހަ ކޮށްދެއެވެ. މާތް ﷲ ކޮންމެ އެއްޗެއް ލައްވާފައިވަނީ އޭގައި އިންސާނުންނަށް ފައިދާ ކުރަނިވި ގޮތަށެވެ.

ގުޅުންހުރި

8 ޚިޔާލު

  1. އަލްހަމްދުލިލާހި ވަރަށް އުފާވެރި ހަބަރެއް

  2. ޙައިޟުގެ މައްސަލަތަކަށްވެސް ރަނގަޅުކަމަށް އެބައޮތް، އެހެންކަމަށްވާނަމަ އެ ބޭނުން ކުރާނެގޮތް ބުނެލަދީފާނަންތަ.

  3. ޙައިޟުގެ މައްސަލަ އަންހެނުންނަށް ޑޮކްޓަރީ ގޮތުންނާއި އަދި ސިޙުރު ނުވަތަ ޖިންނީގެ ސަބަބުން ދިމާވޭ ! މިދެޙާލަތުގައިވެސް އަޅުގަނޑު މީހުނަށް ފަރުވާކުރުމުގައި ވަރަށްގިނައިން ކޮށްފައިވާ ކާމިޔާބު ތަޖުރިބާއެއް ޙިއްސާ ކޮށްލާނަން.

    ކަޅުދިރި މުގުރުމަށްފަހު މާމުޔާއި އެއްކުރާށެވެ. އެއްކުރާނީ ކަޅުދިރި އެއްކުރުމުން މާމުއިގައި ކަޅުދިރީގެ ކުލަ ހިފާމިންވަރަށެވެ. ރަނގަޅަށް އެއްކުރުމަށްފަހު އެއަށް އަންނަނިވި އާޔަތްތައް ކިޔަވާ ފުމޭށެވެ.

    ސޫރަތުލް ފާތިޙާ 7 ފަހަރު
    އާޔަތުލް ކުރުސި 7 ފަހަރު
    ސޫރަތުލް އަޢްރާފް 117 އިން 122 އަށް 7 ފަހަރު
    ސޫރަތު ޔޫނުސް 81،82 ، 7 ފަހަރު
    ސޫރަތު ޠާހާ 69 ވަނައާޔަތް 7 ފަހަރު
    ސޫރަތުލް ފުރުޤާން 23 ވަނަ އާޔަތް 7 ފަހަރު
    ސޫރަތުލް އިސްރާ 82 ވަނަ އާޔަތް 7 ފަހަރު
    ސޫރަތުލް ފަލަޤް 7 ފަހަރު
    ސޫރަތުއް ނާސް 7 ފަހަރު.
    މިތަކެތި ކިޔަވާ ފުމެ ކޮންމެރެއަކު ނިދަން ވުމުން، އަދި ހެނދުނު ހުސް ބަނޑާ 2 ގިރޭނު ސަމްސަލުގެ ސަމްސަލެއް އޭގެން ބޯށެވެ. އެއިރުން ﷲ އިރާދަކުރެއްވިއްޔާ ބުނެވުނު 2 ޙާލަތުގައިވެސް ޙައިޟުގެ މައްސަލަ ޙައްލުވާނެއެވެ. އެއީ ހިފެހެއްޓުމެއް ނެތި ލޭއައި ކަމުގައި ވީނަމަވެސް، ނުވަތަ ތިކި ތިއްކަށް އައިސް ރަނގަޅުނުވެ ހުންނަ ނަމަވެސް، އަދި ޙައިޟުނުވެ ތަދުވާ ނަމަވެސް މެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. މިއީ ތަޖުރިބާއެކެވެ.

  4. އަޖުނާދުގެ ކޮމެންޓް ވަރަށް ބޭނުންތެރި މިބައި ސްޕްރިޗުއަލްހީލާގައި ހިމަނާލެއްވުންއެދެމެވެ!

  5. ކަޅުދިރި ނުވަތަ އޭގެ ތެޔޮ ރޯނގާ އަށް ބޭނުން ކުރެވިދާނެ ގޮތެއް ބުނެދީފާނަންތަ؟

  6. މަރުބަލި ފިޔަވައި ހުރިހާ ބައްޔަކަށްވެސް ކަޅުދިރިން ޝިފާ ލިބޭނެކަމަށް އެބައޮތް، އެހެންކަމަށްވާނަމަ އާތުރައިޓުސް ހުންނަ މީހަކު ކަޅުދިރި ބޭނުން ކުރާނެގޮތް ބުނެލަދީފާނަންތަ. އާންތު

  7. މަތީގައި ބަޔާންކުރެވިފަވާ ބޭސް ބޭނުންކުރާ ކޮންމެ ވަގުތެއްގާ ޤުރުއާން ގެ އާޔަތްތައް ކިޔަވާ ފުމެން ޖެހޭނެތަ

  8. ކަޅުދިރި ތެލުން ހަމުގެބައްޔަށް ބޭނުން ކުރެވިދާނެ ގޮތް ބުނެދީފާނަންތަ؟

Your email address will not be published. Required fields are marked *