އިބްނު ސީނާ ވިދާޅުވެފައިވަނީ މިތަކެތި ކެއުމަށް

އިބްނު ސީނާ ވިދާޅުވެފައިވަނީ މިތަކެތި ކެއުމަށް
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އިބްނުސީނާއަކީ މުސްލިމުންގެ އެންމެބޮޑު ބޭސްވެރިޔާއެވެ. އާދަޔާޚިލާފަށް ހަނދާންގަދަ މައުލޫމާތު ވަރަށް މުއްސަނދި ލާމަޘީލު ޢިލްމީ ޝަޚުޞިއްޔަތެކެވެ. އިބްނުސީނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު ސަތޭކައަށްވުރެން ގިނައެވެ. ބޭސްވެރިކަމުގައި ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ އަލްޤާނޫނުއެވެ. މިފޮތް އެކުލެވިފައިވަނީ ފަސް މުޖައްލަދަށެވެ. ފަސްވަނަ މުޖައްލަދުގައި ޢައްޠާރީބޭހުގެ ބާވަތްތަކާއި ޢަޤާޤީރުގެ ޔޫނާނީންނާއި ފާރިސީންނާއި ހިންދުމީހުންނާއި ޗައިނާމީހުން ބޭނުންކުރި ވަރަށްގިނަ މުފްރަދު ބޭހާއި މުރައްކަބު ބޭސް ބަޔާން ކުރައްވާފައިވެއެވެ.

އިބްނުސީނާ އަވަހާރަވިއިރު އޭނާއަކީ މުސްލިމުންގެ އެންމެ ބޮޑު އެއްފައިލަސޫފެވެ. އޭނާ 270 ފޮތް ލިޔުއްވިއިރު ވަރަށްމަދު ފޮތެއްފިޔަވައި ހުރިހައިފޮތްތައް ލިޔުއްވީ އަރަބިބަހުންނެވެ. އޭނާގެ ގިނަފޮތްތައްވަނީ ގެއްލިފައެވެ. އިރުމައްޗާއި ހުޅަނގުގެ ލައިބްރަރީ ތަކުން މިހާރުފެންނަންއޮތީ 68 ފޮތެވެ. ސައެންސްގެ ހުރިހައި ރޮނގެއްގައި އޭނާ ފޮތްތައް ލިޔުއްވި ނަމަވެސް އޭނާ އެންމެ ޝަޢުޤުވެރިވެވަޑައިގައިގަތީ ބޭސްވެރިކަމާއި ފަލްސަފާއަށެވެ. ބޭހުގެ ރޮނގުންގައި 43 ފޮތް ލިޔުއްވިއެވެ.

އިބްނު ސީނާ ވިދާޅުވެފައިވާ ގޮތުން ފުރިހަމަ ސިއްޚަތެއްގައި ހުރުމަށް ކާންވީ މިކާނާއެވެ.

1- އަލްމަންޑް: އިބްނު ސީނާ ވިދާޅުވެފައިވާ ގޮތުން ނޭވާލާ ނިޒާމުގެ ބައްޔެއް ތަހައްމަލުކުރަމުންދާ މީހެއް ނަމަ ގިނައިން ކާންވީ އަލްމަންޑެވެ. އަލްމަންޑުގައި ސިއްޚަތަށް ފައިދާހުރި ފެޓްއާއި ފައިބަރާއި ޕްރޮޓީންސްގެ އިތުރުން މެގްނީޝިއަމްއާއި ވިޓަމިން އީ ހިމެނެއެވެ. އިބްނު ސީނާ އިރުޝާދު ދެއްވަނީ އަލްމަންޑް ކެއުމަށްފަހު މާމުއި ބުއިމަށެވެ.

2- ކައުލިފްލާވާރ: އިބްން ސީނާ ވިދާޅުވެފައިވާ ގޮތުން މޭ ސާފުކުރުމަށް ކާންވީ ކައުލިފްލާވަރއެވެ. އެގޮތުން ކައުލިފްލާވަރގައި ގިނަ އަދަދަކަށް ފައިބަރއާއި ވިޓަމިން ބީގެ މާއްދާ އެކުލެވިގެންވެއެވެ. އަދި މިތަރުކާރީ ކެއުމުގެ ސަބަބުން ކެންސަރުން ދިފާއުވުމަށް ބޭނުންވާ އެންޓިއޮކްސިޑެންޓްއާއި ފައިޓޯނިއުޓްރިއަންޓްސް ހަށިގަނޑަށް ލިބިގެންދެއެވެ.

3- ޒުކީނީ: މިއީ ޑިޓޮކްސް ފެން ބޭނުންކުރާ ފަރާތްތަކަށް ވަރަށް ދަންނާނެ ތަރުކާރީގެ ބާވަތެކެވެ. އިބްން ސީނާ ވިދާޅުވެފައިވާ ގޮތުން ޒުކީނީއަކީ ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފަހައްޓައިދިނުމަށް އެހީތެރިވެދޭނެ ތަރުކާރީގެ ބާވަތެކެވެ. އެގޮތުން ޒުކީނީއިން ދިޔަ ފެލުމަށްފަހު ހަފްތާއަކު ދެތިންފަހަރު ބޭނުން ކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

4- ސިސަމީ: ކުދިކުދި މިއޮށްތަކަކީ ތެލާއި ވިޓަމިން އީއިން މުއްސަނދި އޮށްތަކެކެވެ. އިސްތަށިގަނޑައި ނިޔަފަތިތައް ވަރުގަދަކުރުމަށް މީގައިވާ ކެލްޝިއަމްގެ މާއްދާ އެހީތެރިވެދެއެވެ. މީގެ އިތުރުން އިބްނު ސީނާ ވިދާޅުވެފައިވާ ގޮތުގައި ސިކުނޑިއާއި ނާރުގެ ސެލްތަކަށް ސިސަމީއަކީ ރަނގަޅު ކާނާއެކެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.