ސްޕާރީ: ކެންސަރަށް މަގުފަހިކުރުވާ ވިހައެއް

ސްޕާރީ: ކެންސަރަށް މަގުފަހިކުރުވާ ވިހައެއް
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 3 މިނިޓް

ސްޕާރީ ކެއުމަކީ އަޅުގަނޑު މެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދައެކެވެ. ބައެއް މީހުން އެކަމަށް ދެވިހިފާފައިވާ ކަށީގައި ހަރުލާފައިވާ ކަމެކެވެ. އަނެއްބަޔަކު ސްޕާރީ ކައިއުޅެނީ އަނގައިގެ ރަހަ ހެޔޮވަރުކޮށްލާށެވެ. ޖީބުން ސްޕާރީ ޕެކެޓް ހުސްނުކޮށް ގެންގުޅޭ މީހުންވެސް އަޅުގަނޑު މެންގެ ތެރެއިން މަދެކޭ ނުދެންނެވޭނެއެވެ. މިހާ ބޮޑަށް އަޅުގަނޑުމެން ގަޔާ ވެފައިވާ އެއްޗަކާއި މެދު އަޅުގަނޑު މެންނަށް ވިސްނާލެވެނީ ކިހާ ވަރަކަށް ތޯއެވެ. ފޮށީގެ ބޭރުގައި ކެންސަރު ޖެހޭނެ ވާހަކަ ބޮޑު އަކުރުން ލިޔެފައި އޮންނައިރު ވެސް ސިގިރޭޓު ބުއިން ހުއްޓާ ނުލެވިގެން އެތައް ބަޔަކު އުޅޭއިރު ސްޕާރީ ފަދަ އެއްޗަކުން ހަށިގަނޑަށް ހަޤީގަތުގައިވެސް ލިބެނީ ފައިދާތޯ އަޅުގަނޑު މެންގެ ތެރެއިން ވިސްލާނީ ކިތައް މީހުން ތޯއެވެ.

ހަށިގަނޑަށް ވިހައެއްފަދަ އެއްޗެއް

ސްޕާރީ ކައިމީހުން ސްޕާރީ ކައި އުޅެނީ އެއިގެ މީރު ރަހައިގެ ސަބަބުންނެވެ. އެހެން ނަމަވެސް ކިތަންމެ މީރު ރަހައެއް ލިޔަސް މިއަކީ ހަށިގަނޑަށް އެތެރެކުރެވޭ ވިހައެއް ފަދަ އެއްޗެކެވެ. ސިއްޚީ ދާއިރާގެ ބައެއް މާހިރުން ސްޕާރީއާއި ބެހޭގޮތުން ވިދާޅުވެފައިވާ ގޮތުގައި އަނގަޔަށް ފޮނިރަހަދޭ ސްޕާރީގައި ހިމެނޭ އެއިރޯކޮލައިންގެ ސަބަބުން އަނގައިގެ ހިރުގަނޑު ދުޅަވެ "އޯރަލް ސަބްމިއުކަސް ފައިބްރޯސިސް" ކިޔާ ބައްޔެއް ޖެހުމަށް މަގުފަހިވެއެވެ. މިބަލީގެ ސަބަބުން އަނގަ ހުޅުވަންޖެހޭ ވަރަށް ނުހުޅުވި ކެއުމުގައި ދަތިއުނދަގޫތަކެއް ކުރިމަތިވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ހާއްސަކޮށް ކުޑަކުއްޖެއްނަމަ ކެއުމަށް ބަދަލުތައް އައިސް ރަނގަޅަށް ނުކެވުމުގެ ސަބަބުން ހަށިގަނޑަށް ލިބެންޖެހޭ އެހެން މާއްދާތައް ނުލިބި އެއިގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ކުއްޖާ ހުށަހެޅިގެން ދެއެވެ.

މީގެ އިތުރުން ހިރުގަނޑު ހަލާކުވުމުގެ ސަބަބުން ދަތްތަކަށް އެކަމުގެ އަސަރުކޮށް ދަތްތައް ވެރުން ފަދަ ކަންކަން ދިމާވާ ކަމަށްވެސް ސިއްޚީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ކެންސަރަށް މަގުފަހިކުރުވާ

ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދަށުން ހިންގާ  އިންޓަރނޭޝަނަލް އޭޖެންސީ ފޮރ ރިސާޗް އޮން ކެންސަރއިން 2004 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ސްޕާރީގައި ދުންފަތުގައި އެކުލެވޭ ކެންސަރަށް މަގުފަހިކުރުވާ  މާއްދާތައް ހިމެނިފައި ނުވި ކަމުގައިވިޔަސް ސްޕާރީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހި ކުރުވައެވެ.

މިއޭޖެންސީގައި މަސައްކަތް ކުރައްވާ  ޑޮކްޓަރެއް ކަމުގައިވާ ޑރ އަލޯކް ލަތީ ވިދާޅުވެފައިވާ ގޮތުގައި ސްޕާރީގައި އެކުލެވޭ ދުފުމަށް ބޭނުންކުރާ ފޯއް ކެއުމުގެ ސަބަބުން އަނގަ ތެރެހަލާކުވެ ހިރުގަނޑަށް ދިމާވާ މައްސަލަތަކަކީ ފަރުވާއެއް ހޯދިފައިނުވާ އެކަމުގެ ސަބަބުން ސިއްޚީގޮތުން ހަށިގަނޑަށް ބިރުވެރި އެތައްކަމެއް ކުރިމަތިވާ ކަންކަން ކަމަށެވެ. އަދި ސްޕާރީގައި އެކުލެވޭ އަލްކަލޮއިޑްސް އާއި ޕޮލިފެނޮލްސް ކިޔާ މާއްދާތަކަކީ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ މާއްދާތަކެއް ކަމަށް ޑރ އަލޯކް ލަތީ ވިދާޅުވިއެވެ،

ސްޕާރީއާއި ގުޅޭގޮތުން ދާދިފަހުން ޑރ ޒިޔާދުގެ ފޭސްބުކް ޕޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ސްޕާރީގައި އެކުލެވޭ ސައިކުލަމޭޓަކީ ދިރާސާތަކުން ދައްކާގޮތުގައި ކެންސަރަށް މަގުފަހިކުރުވާ މާއްދާއެކެވެ. މިމާއްދާއަކީ ސިއްޚަތަށް ގެއްލުން ލިބުމަށް މަގުފަހިކުރުވާ މާއްދާއެއް ކަމަށްވުމުން 1969 ވަނަ އަހަރުން ފެށިގެން އެމެރިކާގައިވެސް މަނާ ކޮށްފައިވާ މާއްދާއެކެވެ.

ކުޑަކުދިން ދުރުކުރުވަންޖެހޭ

ސްޕާރީއިން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ އިތުރުން އެހެންވެސް ނުރައްކާތަކާއި ކުރިމަތިލާން ޖެހޭފަހަރުތައް ދިމާވެއެވެ.

އެގޮތުން ކުޑަކުދިންގެ ޑޮކްޓަރ، ޑރ ފައިސަލް ދާދިފަހުންވަނީ ކުޑަކުދިން އަތުޖެހޭ ހިސާބުގައި ސްޕާރީ ނުބެހެއްޓުމަށް އިރުޝާދު ދެއްވާފައެވެ. ޑރ ފައިސަލް ވިދާޅުވެފައިވަނީ ކުޑަކުއްޖަކު ސްޕާރީ ކަނިކޮށް ނެވާ ހޮޅިއަށް ސްޕާރީގޮސް ތާށިވެ ނޭވާނުލެވުމުގެ ސަބަބުން އެމަޖެންސީގައި ހޭނައްތާ އޮޕަރޭޝަންކޮށް ނޭވާހޮޅިން ސްޕާރީ ނެގޭތޯ މަސައްކަތް ކުރަންޖެހުނު ކަމަށެވެ. އަދި މިފަދަ ހާދިސާއެއްގައި މީގެކުރިން ކުއްޖަކު ނިޔާވި ކަމަށްވެސް ޑރ ފައިސަލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.