ކަށިކޭލުން ލިބޭ ސިއްޚީ ފައިދާތައް

ކަށިކޭލުން ލިބޭ ސިއްޚީ ފައިދާތައް
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ކަށިކެޔޮ ގަހުގައި އަޅާ މިމޭވާ ހުންނަނީ ދަޅިގަނޑެއްގައި ވަކަކާއި ވަކެއްޖެހި ފިތި ބާރުވެފައެވެ. ރާއްޖޭގައި ކަށިކޭލުގެ ދެބާވަތެއް ހެދެއެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކުދި ކަށިކެޔޮ އަދި ބޮޑު ކަށިކެޔޮ މި ދެބާވަތައް ކިޔާއިރު އަނެއްބައި ހިސާބުތަކުގައި ކުދި ކަށިކޭލަށް ބޯކެޔޮވެސް ކިޔާ އުޅެއެވެ. ދިވެހިން ކަށިކޭލުގައި ފަނި ގިރައިގެންނާއި ބޯހުނިލާ ބޯކޮށްގެންވެސް ބޭނުންކުރެއެވެ. އަދި ތުނިކޮށް ކޮށައިގެންނާއި ފެނުކަައްކާ މަޑުކޮށްގެންވެސް ކަށިކެޔޮ ބޭނުންކުރެއެވެ. ކަށިކޭލަކީ އެއިން ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާގެ ބާވަތެކެވެ.

ޑރ އަބްދުލްއަޒީޒް ހަމީދު ސިއްޙަތު ބްލޮގްގައި ވިދާޅުވެފައިވާ ގޮތުގައި ކަށިކޭލަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށާއި، ޖުޒާމް ބަލިފަދަ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެއްޗެކެވެ. އަދި ކަށިކެޔޮ ބޭނުންކުރުމުން ހަކުރު ބަލިޖެހުން ދުރުކޮށްދީ، އަދި ހަކުރު ބަލީގެ އުދަގޫތައް ކުޑަކޮށްދެއެވެ. މީގެ އިތުރުން ކަށިކޭލު ފެން ރާއްޖެ ބަލީގެ އުދަނގޫ ހުންނަ މީހުންނަށް ދީއުޅުނު ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ކަށިކޭލުން ކަށިވިދުރިއާއި ފާރުގަނޑު ފަސޭހަވުމަށާއި ހުންތިރިކުރުމަށް އެހީތެރި ވެއެވެ. އަދި ހަމުގެ މައްސަލަތަކާއި ބަނޑު ފަސޭހަކޮށްދިނުމާއި މޭގެ ރިހުން ކުޑަކޮށްދެއެވެ.

ކަށިކެޔޮގަހުގެ ފަތާއި މުލުންވެސް ފައިދާ

އެގޮތުން ކަށިކެޔޮ ގަހުގެ މުލުގައި އެކުލެވޭ އެންޓި އޮކްސިޑެންޓްގެ މާއްދާގެ ސަބަބުން މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދެއެވެ. އަދި ފުރަގަސްފަރާތު ބައްޔާއި ހަޖަމުކުރާ ނިޒާމާއި، ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާކުރުމަށް ކަށިކެޔޮ މުލުގައި އެކުލެވޭ ބައިތަައް ބޭނުންކުރާ ކަމަށްވެއެވެ.

ކަށިކެޔޮ ފަތުގައި އެކުލެވޭ މާއްދާތަކުން އަރިދަފުސްރޯގާ، ހެޕަޓައިޓިސް، ކުޑަކަމުދާން އުދަގޫވުން، މުލިހި، ނޭވަޔަށް އުދަނގޫކުރުން ފަދަ ކަންކަމަށް ފަރުވާ ކުރުމަށް ބޭނުންކުރެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.