އުއްދަނޑިން ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ

އުއްދަނޑިން ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮނި ރަހަދޭ އުއްދަނޑިއަކީ ގިނަ ބަޔަކަށް ކަމުދާ، ފަނި ގިރައިގެންނާއި އޭގައި ލެވިފައިވާ ތޮށި ނައްޓައިގެންވެސް ކެއުމަށް ބޭނުންކުރާ މަޤުބޫލު ބާވަތެކެވެ. ހަކުރު އުފެއްދުމުގެ މައިގަނޑު މަސްދަރު ކަމުގައިވާ އުއްދަނޑިއަކީ ދަނޑުވެރިކަމުގައި އެންމެ ގިނައިން ހައްދާއުޅޭ ބާވަތެވެ. އެގޮތުން 2016 ވަނަ އަހަރުގެ ދަނޑުވެރިކަމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 90 އަށްވުރެ ގިނަ ޤައުމުން 1.9 ބިލިއަން ޓަނުގެ އުއްދަނޑި އުފައްދާފައިވާ ކަމަށް ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

އުއްދަނޑި އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ޤައުމަކީ ބްރެޒިލްއެވެ. އެޤައުމުން ދުނިޔޭގައި އުފައްދާ އުއްދަނޑީގެ 41 އިންސައްތަ ހިއްސާކުރެއެވެ.

ތާރީޚީ ފަތްފުއްތަކުން ދައްކާގޮތުން އެންމެ ފުރަތަމަ އުއްދަނޑި ފެނިފައިވަނީ ދެކުނާއި ދެކުނު އިރުމަތީ އޭސިޔާގެ ޤައުމުތަކުންނެވެ. އަދި 8 ވަނަ ޤަރުނުގެ ތެރޭގައި މުސްލިމުންނާއި އަރަބި ވިޔަފާރިވެރިން އޭސިޔާއިން އައްބާސީ ޚިލާފަތުގެ ދަށުގައިވާ ސަރަހައްދުތައް ކަމުގައިވާ މެސެޕެޓޯމިއާއާއި މިޞްރާއި އަދި އަންދަލުސްފަދަ ތަންތަނަށް އުއްދަނޑި ތަޢާރަފް ކުރިއެވެ.

ގިނަ ސިއްޚީ ފައިދާތަކެއް
- އުއްދަނޑިއަކީ އުފެދުމުގައި "އަލްކަލައިން" ބާވަތެއް ކަމުގައިވުމުން އުރަމަތީގެ ކެންސަރާއި ޕްރްސްޓްރޭޓް ކެންސަރުން ދުރުކޮށްދީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރެއެވެ.

- އުއްދަނޑީގައި އެކުލެވޭ ގުލްކޯޒުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރު ލިއްބައިދެއެވެ. ކުޅިވަރާއި ބުރަ މަސައްކަތުގައި އުޅޭ މީހުން އުއްދަނޑި ބޭނުން ކުރުމުން ހަށިގަނޑުގައި ބާރުޖެހި ހަށިގަނޑުން އުނިވާ ފެން ލިއްބައިދިނުމަށް އެހީތެރިވެދެއެވެ.

- އުއްދަނޑީގައި އެކުލެވޭ "އެލްކަލައިން" މާއްދާގެ ސަބަބުން އެސިޑްގެ މިންވަރު ގިނަވެ ދިމާވާ ކުޑަކަމު ދިއުމުގެ މައްސަލަތައް ހައްލުކޮށްދެއެވެ. އަދި އުއްދަނޑި ބޭނުންކުރުމުން ގުރުދާއާއި ކުޑަކަމު ދިއުމުގެ ނިޒާމް ސާފުކޮށް ހަރުދަނާ ކޮށްދެއެވެ.

- އުއްދަނޑީގައި "ޕޮޓޭސިއަމް" ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން އުއްދަނޑި ބޭނުންކުރާ މީޙުންގެ ބަނޑު ސާފުކޮށްދީ ބޮޑުކަމުދިއުމަށް ފަސޭހަކޮށްދެއެވެ.

- ހުންއައުމުގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ބޭރުވެގެންދާ ޕްރޮޓީންސްގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ޕްރޮޓީންސްގެ މާއްދާތައް މަދުވެގެން ދެއެވެ. މިކަމަށް އަވަސް ހައްލެއް ހޯދުމަށް އުއްދަނޑިއަކީ އެންމެ ރަނގަޅު ވަސީލަތެވެ.

- "ގްލައިސިމިކް އިންޑެކްސް" މަދުން ހިމެނޭ ބާވަތަކަށް އުއްދަނޑި ވުމުގެ ސަބަބުން މިއީ ހަކުރު ބަލީގެ މީހުންނަށްވެސް ބޭނުންކުރެވޭ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބެހެއްޓުމަށް އެހީވެދޭނެ އެއްޗެކެވެ. އެހެން ނަމަވެސް ހަކުރު ބަލީގެ ދެވަނަ ވައްތަރު ހުންނަނަމަ، އުއްދަނޑި ކެއުމުގައި ވަކި ހުދޫދެއް އޮތުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.