ކޮލަމިސްޓް

ދަރުސް ޚަޒާނާއިން ޝައިޠާނާގެ މަޤްސަދު

(މިއީ އުސްތާޒް ނުޢުމާން ޢަލީ ޚާންގެ ދަރުސް އެއްގެ ތަރުޖަމާ އެވެ.)

ﷲ ސުބްހާނަހޫ ވަ ތަޢާލާ މަށިން އާދަމްގެފާނު ޚަލްޤު ކުރައްވައި އެކަލޭގެފާނަށް ސަޖިދަ ކުރުމަށް މަލާއިކަތުންނަށް އަމުރު ކުރެއްވިއެވެެ. އެހިނދު ހުރިހާ މަލާއިކަތުން އެކަލޭގެފާނަށް ސަޖިދަ ކުރެއްވިއެވެ. އިބިލީސް ފިޔަވައެވެ. އެހެނީ އޭނާ ވަނީ ކިބުރުވެރިކަމާއި ބޮޑާކަމުން ފުރިފައެވެ. އެއާއެކު ﷲ ސުބްހާނަހޫ ވަތަޢާލާ ސުވަރުގެއިން އޭނާ ބޭރު ކުރެއްވުމާއެކު އެކަލޭގެ ދެންނެވިއެވެ. "އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ( އެބަހީ ޤިޔާމަތް ދުވަހާ ހަމަޔަށް9 ) ތިމަން ލަހައްޓަވާނދޭވެ." އަދި ވަރަށް ހަރުކަށި ވަޢުދަކުން ވަޢުދުވިއެވެ. "އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ."

ކީރިތި ޤުރުއާނުގައި އެތައް ފަހަރެއްގެ މަތިން ވާރިދުވެފައިވާ މި ވާހަކައަކީ އަޅުގަނޑުމެން ވިސްނާ ފިކުރުކޮށްފިނަމަ އެތައް އިބުރަތެއް ލިބިގެންދާނެ ވާހަކައެކެވެ. ޝައްކެއްވެސް ނެތްގޮތުގައި ޝައިތާނާގެ މަގްސަދަކީ އިންސާނާ ހައްގު މަގަށް ވާސިލް ވުމަށް ހުރަސްއެޅުމެވެ. އޭނަ އެކަން ހާސިލް ކުރަނީ އޭނާގެ ވިސްނުމުގެ ވަށްޓަފާޅި އަޅުގަނޑުމެންގެ ސިކުނޑިތަކުގައި ހަރުލައްވަދީގެނެވެ. ކޮންމެ އިނަސާނަކީވެސް ފާފަ ކުރާނެ މީހެކެވެ. ޝައިތާނާގެ އަމާޒަކީ އިންސާނާ ފާފަ ކުރުމުން އޭނާ ތައުބާވުމުން ދުރުކުރުމެވެ. މިކަން އޭނާ ހާސިލް ކުރަނީ ކިބުރު ވެރިކަމާއި ބޮޑާވެރިކަން އިންސާނުންގެ ހިތްތަކަށް ވައްދައިގެނެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު އިންސާނާ އޭނާގެ ކުށްތަކަށް އިޢުތުރާފެއް ނުވެއެވެ. އިބިލީސް ވެސް އޭނާގެ ކުށަށް އިޢުތިރާފްވެ ތައުބާވުމުގެ ބަދަލުގައި އޭނާ ތެދުމަގުން އެއްކިބާ ކުރެއްވީ ﷲ ކަމުގައި ބުނި ފަދައިންނެވެ. އަދި އިންސާނާ އޭނާގެ އަމިއްލަ ނަފްސު އިސްލާހު ކުރުމުގެ ބަދަލުގައި އެހެން މީހުންގެ މަށްޗަށް ކުރި ހޯދުމަށްޓަކައި އެމީހުންނަށް ގެއްލުންދީ މަގުފުރައްދައެވެ. އިބިލީސް ވެސް އާދަމްގެފާނުގެ މަށްޗަށް ކުރިހޯދުމަށްޓާކައި އެކަލޭގެފާނުގެ ދަރިފަސްކޮޅު މަގުފުރައްދާނެ ކަމަށް ވަޢުދު ވެފައި ވާ ފަދައިންނެވެ.

އެހެންކަމުން ޝައިތާނާގެ މި މަޅިން ސަލާމަތަވުމަށްޓަކައި އަޅުގަނޑުމެންނަށް ކުށެއް ކުރެވުމާއެކު ކުށަށް އިޢުތިރާފްވެ ތައުބާ ވާން ޖެހެއެވެ. އަދި ބޮޑާކަމާއި ކިބުރުވެރިކަމުން އަޅުގަނޑުމެންގެ ހިތްތަށް އެއްކިބާ ކުރުމަށްޓަކައި ﷲ ސުބްހާނަޙޫ ވަތަޢާލާ އާއި މެދު އޮންނަ ގުޅުން ހަރުދަނާކޮށް އީމާންތެރިކަން ވަރުގަދަ ކުރުމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *