ކޮލަމިސްޓް

ދަރުސް ޚަޒާނާއިން މުޖުތަމަޢަށް ޚިދްމަތް ކުރުން

ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް(މިއީ އުސްތާޛް ނުޢުމާން ޢަލީ ޙާންގެ ދަރުސް އެއްގެ ތަރުޖަމާ އެވެ.)
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވަނީ އެ ކަލާންގެއަށް އަޅުކަންކުރުމުގެ އިތުރުން ދުނިޔެ އާރާސްތުކޮށް ކުރިއެރުވުމަށް ކަމުގައި ވީހިނދު އަޅުގަނޑުމެން އެންމެންވެސް މުޖްތަމަޢަށް ފައިދާވާ ފަދަ ޚިދުމަތެއް ކޮށްދޭން ޖެހެއެވެ. މިކަން ކުރުމުގައި އަޅުގަނޑުމެން ބަލަން ޖެހެނީ އަޅުގަނޑުމެނަށް ލިބިފައިވާ ހުނަރުތަކާއި ލިބިފައިވާ ޢިލްމު އެންމެ ފުރިހަަމަ ގޮތުގައި ބޭނުން ކޮށްގެން ކުރެވެން އޮތް އެންމެ ބޮޑު ކަމެއް ކުރާށެވެ. މިކަން ޙާސިލް ކުރުމަށްޓަކައި އަޅުގަނޑުމެނަށް ބޭނުންވާ ހިތްވަރާއި އުފެއްދުންތެރިކަމާއި ތަޞައްވުރުތަކަކީ ﷲ ސުބްހާނަހޫ ވަތަޢާލާގެ ބަރަކާތުން މެނުވީ ހާސިލް ނުކުރެވޭނެ އެއްޗެކެވެ. އުސްތާޒު ނުޢުމާން ޢަލީ ޚާން ވިދާޅުވާގޮތުގައި ތިރީގައި މި ދަންނަވާ ކަންކަމަކީ އެކަންކަން ރަނގަޅުކުރުމުގެ ސަބަބުން ބޮޑެތި ލަނޑުދަނޑިތައް ކަނޑައަޅާ ﷲ ސުބްހާނަހޫ ވަތަޢާލާގެ ބަރަކާތާއެކު އެ ލަނޑުދަނޑިތައް ޙާސިލް ކުރުމުގައި އެހީވެދޭނެ ކަންކަމެވެ.

އަޅުކަން
 ކޮންމެ ދުވަހަކުވެސް ވަގުތުން ވަގުތަށް ނަމާދު ކުރުމަށް އަޒުމް ކަނޑައަޅާށެވެ. ޚާއްސަ ކޮށް ޢިިޝާ ނަމާދާއި ފަތިސް ނަމާދަށް ރައްކާތެރި ވާށެވެ. ރޭގަނޑު ރައްޓެހިންނާއެކު ކޮފީތަކަށާއި އެނޫންވެސް އެއްވުންތަކަށް ދިއުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ނިދާށެވެ. އަދި ފަތިސް ނަމާދަށް ހޭލާ ކީރިތި ޤުރުއާނުގެ ބަރަކާތުން ދުވަސް ފަށާށެވެ. ޤުރުއާން ހިތުދަސް ކުރަން ބޭނުން ނަމަ ހިތުދަސްކުރާށެވެ. ތިބާގެ ދުވަހުގައި ﷲ ބަރަކާތް ލައްވާނެއެވެ. ސިކުނޑި ތާޒާ ވެގެން ދާނެއެވެ. ކުރިމަތިވާ އުނދަގޫތައް ކަޑައްތު ކުރުމަށް ފަސޭހަ ވެގެން ދާނެއެވެ.
ދީނީ ޢިލްމު
 ކޮންމެ އަހަރަކު އެއްފަހަރު ކީރިތި ރަސޫލާގެ ސިޔަރަތު ދިރާސާކޮށް އުނގެނި މުރާޖަޢާ ކުރާށެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑަގަތް އިމްތިހާނުތަކަށް ކެތްތެރިވެވަޑައި ގެންނެވި ގޮތުން ހިތްވަރު ލިބިގަންނާށެވެ. އަދި އެކަލޭގެފާނުގެ ދެއްކެވި ރިވެތި ނަމޫނާއާއި އެއްގޮތަށް ތިމާގެ ހަޔާތް ބަށްޓަން ކުރާށެވެ. އަދި ކޮންމެ އަހަރަކަށް ކީރިތި ޤުރުއާނުން ވަކި ސޫރަތެއް ކަނޑައަޅައި އެ ސޫރަތް ހިތުދަސްކޮށް އެ ސޫރަތުގެ ތަފްސީރާއި ބަސް ތަކުގެ މާނައާއި އިޢުރާބުތަށް ރަނގަޅަށް އުނގެނެން ގަދައަޅާ މަސައްކަތް ކުރާށެވެ. މީގެ ސަބަބުން ތިބާގެ އަޅުކަންތަށް އިތުރުކޮށް އިތުރަށް ފުރިހަމަ ކުރުމަށްވެސް ހިތްވަރު ލިބިގެން ދާނެއެވެ.

އެހެން މީހުނަށް އެހީވުން
އަބަދުވެސް އެހެން މީހުނަށް އެހީވުމުގައި ދެމިހުންްނާށެވެ. ކިތަންމެ ކުޑަ ފުރުސަތެއް ލިބުނު ކަމުގައި ވިޔަސް އޭގެ ބޭނުން ހިފާށެވެ. އެހެނީ މިކަމުގެ ސަބަބުން ހިތުގައިވާ ކިބުރު ވެރިކަމާއި ބޮޑާކަން ފިލާގޮސް ﷲ ސުބްހާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެން ދެއެވެ. ޚާއްސަ ކޮށްވެސް ފުރާވަރަށް އަރައިގެން އަންނަ އިރު މިކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ސަބަބަކީ އެޢުމުރުގައި ކުދިން ބޭނުން ވާނީ އަމިއްލަ ނަފްސަށް ފައިދާ ވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރާށެވެ. އަދި މި ޢުމުރުގައި އެހެން މީހުނަށް ކުރިމަތިވާ އުނދަގޫތަށް ފެނި އެހީތެރިވެވިއްޖެ ނަމަ އެކުއްޖާ ބޮޑުވެގެން ދާނީ ވަރަށް ހިތްހެޔޮ ދީލަތި ކުއްޖެއްގެ ގޮތުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *