ރާއްޖޭގެ ޚަބަރު ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަނީ، އިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޑރ. ޝަހީމް

ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަނީ، އިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޑރ. ޝަހީމް

ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަނީ، އިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޑރ. ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށެވެ. މި މުނާސަބަތުގައި، މާދަމާ މި މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން މާދަމާ އިތުރު ދެ މުހިންމު ޚިދުމަތެއް ވެސް ފައްޓާނެ ކަމަށެވެ. އެގޮތުން، މާދަމާ ހަވީރު މަރުކަޒުގައި ގާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ (ލައިބްރަރީ) ހުޅުވުމަށް ހަމަޖެހިފައިވެއެވެ. އަދި މާދަމާ ރޭ، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ވެސް މި މަރުކަޒުގައި ރަސްމީކޮށް ހުޅުވޭނެއެވެ.:

1500 މީހުންގެ ޖާގައިގެ ބޮޑު މި އިސްލާމިކް މަރުކަޒަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ ހަތަރު ކްލާސްރޫމް ހިމެނެއެވެ. މީގެ އިތުރުން ދެ ސެމިނާ ރޫމާއި، އިސްލާމިކް ލައިބްރަރީއަކާއި، އިދާރީ ކަންކަން ހިންގުމަށް ޚާއްސަ އޮފީސް ބައެއް ވެސް މި މަރުކަޒުގައި ވަނީ ގާއިމްކުރެވިފައެވެ. ދިއްދޫ އިސްލާމިކް މަރުކަޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް ދީނީ ތަޢުލީމާއި ޚިދުމަތްތައް ފުޅާކުރުމަށް ލިބިގެންދާނެ މުހިންމު ވަސީލަތެކެވެ.

ޓެގް

ހުކުރު ޚުތުބާ ހއ.ދިއްދޫ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްލާމީ މަރުކަޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.