“ޢިއްޒަތުގެ ބިން“މި ނަމުގައި މިހަފްތާ ބަންދުގައި ދަރުސް އެއްބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިދަރުސްއަކީ އިސްރާ އެސޯސިއޭޝަނުން ބާއްވާ ދަރުސްއެކެވެ. މިދަރުސްއަކީ ޣައްޒާގައި ތިބި ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ޙާލަތު އަދި އެރައްޔިތުިންގެ ކެކުޅުންތައް އިއްވައިދިނުމަށް ބާއްވާ ޚާއްސަ ދަރުސްއެކެެވެ.
މިދަރުސްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް މުޙައްމަދު އަނީލް އަދި އައްޝައިޚް ޢާޒިމް ޚާލިދެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިނޮވެމްބަރުމަހުގެ 27 ވާ ބުރާާސްފަތިދުވަހުގެ ރޭގައެވެ. ދަރުސް އޮންނާނީ އާޓިފިޝަލް ބީޗުގައެވެ. ދަރުސްފެށޭނީ 20:30ގައެވެ.
އިސްރާ އެސޯސިއޭޝަނުން ދަނީ ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންގެ ޙާލަތު ރާއްޖޭގެ ރައްޔިތުންނަށް ކިޔައިދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއެސޯސިއޭޝަންގެ ސޯޝަލްމީޑިއާ ޕްލެޓް ފޯމުތަކުން އެކަންކަމާއި ގުޅުންހުރި ފޮޓޯތަކާއި ވީޑިއޯތައް އަބަދުމެ ފެންނަން ހުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...