ވަރަށް ވިއްސާރަ ދުވަހަކު އިބްނު ޢައްބާސުގެފާނު ބަންގި ގޮވާ މުދިމަށް ވިދާޅުވިއެވެ.
ތިބާ ((أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ)) ކިޔައިފާ (حَيّ عَلَى الصَّلاَةِ) ނުކިޔާށެވެ!
އަދި ކިޔާށެވެ! (صَلُّوا فِي بُيُوتِكُمْ) މާނައީ: "ތިޔަބައިމީހުން ތިޔަބައިމީހުންގެ ގޭގައި ނަމާދުކުރާށެވެ!"
މީސްތަކުން އެކަމާ ދެކޮޅުހެދުމުން އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ.
"މަށަށްވުރެ ހެޔޮކަން ބޮޑު ބޭކަލަކު އެގޮތަށް ވަނީ ޢަމަލު ކުރައްވައިފަ"އެވެ.
"ހަމަކަށަވަރުން ހުކުރުނަމާދަކީ ޢަޒީމާއެކެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ބުރައެއް ޖައްސުވާކަށް އެދިވަޑައެއް ނުގަންނަވަމެވެ. ތިޔަބައިމީހުން ޗަސްބިންތަކާއި ކިސަޑުތަކުގެ ތެރޭގައި އެ ނަމާދަށް ދިޔުމަށް އެދިވަޑައެއް ނުގަންނަވަމުއެވެ."
މިއީ ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ހާދިސާއެކެވެ.















ޚިޔާލު