ރާއްޖޭގެ ޚަބަރު

އދ.ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފި

އދ. ފެންފުށީގައި 300 މީހުންގެ ޖާގައިގެ އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކޭ އެންޑް އެފް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ކުންފުނީގެ ފަރާތުން ޑިރެކްޓަރ އަޙްމަދު އަކްރަމްއެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ވަކިން ހިމެނޭނެއެވެ. މީގެ އިތުރުން މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއްވެސް ހިމެނޭނެއެވެ. އަދި މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ކުރެވިފައި ހުންނާނެކަމަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ގޮތުގައި މި މިސްކިތާއެކު އައު ހިނަވާގެއެއްވެސް އިމާރާތްކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

މި މިސްކިތުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދެވިފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *