10# ޔިއަރ ޗެލެންޖް: އިސްލާމީ ޤައުމުތައް ސުންނާފަތި

10# ޔިއަރ ޗެލެންޖް: އިސްލާމީ ޤައުމުތައް ސުންނާފަތި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި މިހަފްތާ ތެރޭގައި ހުމެއްހެން ފެތުރިގެން މިދަނީ "10 ޔިއަރ ޗެލެންޖް" އަދި "ގްލޯއަޕް ޗެލެންޖް" ހެޝްޓެގްގައި ފާއިތުވި 10 އަހަރު ތެރޭގައި އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ފޮޓޯތަކާއި މަންޒަރުތަކެވެ. ދިރިއުޅުމުގެ އެތައް ރަހަތަކެއް ދައްކުވައިދިން މިފޮޓޯތަކުން އުފަލާއި ހިތްހަމަޖެހުމުގެ އިހްސާސްތަކެއް ކުރެވުނުއިރު އެންމެ ހިތްދަތިވެ އެކަމަކާއި މެދު އެންމެ ބޮޑަށް ފިކުރު ހިންގުނު ކަމަކަށްވީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި އިސްލާމީ ޤައުމުތަކުގެ ހާލަތު ފެންނަ ފޮޓޯތަކެވެ.

ޚާއްސަ ގޮތެއްގައި 2011 ވަނަ އަހަރު މެދުއިރުމަތީގައި އަރަބި ބަހާރުގެ ތެރެއިން ހިނގަންފެށި ހަމަނުޖެހުންތަކާއެކު އިސްލާމީ ޤައުމުތައް ސުންނާފަތި ވެފައިވާ މަންޒަރުތަކަކީ ލޮލުން ކަރުނަ ފާއްދާލާފަދަ ހިތްދަތި މަންޒަރު ތަކެކެވެ.

ޓިއުނީޝިއާއަށް ޖެހެންފެށި އަރަބި ބަހާރުގެ ހޫނު ވައިރޯޅިއާއެކު އެޤައުމާއި މެދުއިރުމަތީގެ އެހެން ޤައުމުތައް ކަމުގައިވާ ލީބިޔާ، މިޞްރާއި އަދި ޔަމަނުގެ ދުވަސްވީ ވެރިކަންތައް މުލުން ލުހިގެން ދިޔައިރު ސޫރިޔާފަދަ ޤައުމުތައްވެސްވަނީ އެވައިރޯޅިގައި ސުންނާފަތިވެފައެވެ. ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންނާއިމެދު ހަނގުރާމަތައް ފެށިފައިވާއިރު އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ހަތިޔާރު ތަހްލީލްކުރާ ލެބޯޓްރީތަކަކަށް އިސްލާމީ ޤައުމުތަކުގެ ބިމާއި އެބިމުގައި ދިރިއުޅެމުންދާ މުސްލިމުންވަނީ ހަދާފައެވެ.

މަތީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ކާނާލް މުއައްމިރުލް ޣައްޒާފީގެ ދައުރުގައާއި އެއިގެ ފަހުގައި ލީބިޔާގެ ހާލަތެވެ. 9 މަސްދުވަހުގެ ހަޅުތާލަށްފަހު އެޤައުމުގައި 42 އަހަރުވަންދެން ވެރިކަންކުރި ޣައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެސް ވޭތުވެދިޔަ 10 އަހަރު ތެރޭގައި ޤައުމު ވެއްޓިފައިވާ އަނދަވަޅު މިދެފޮޓޯއިން ކިތަންމެ ރަނގަޅަކަށްވެސް ސިފަކުރެވެއެވެ. ހަމަނުޖެހުމާއި، ހައިހޫނުކަމާއި ފަޤީރުކަމުގެ ހާއްޔަކަށް މުޅި ލީބިޔާ މިއަދުވަނީ ވެފައެވެ.

2011 ވަނަ އަހަރު ސޫރިޔާގައި ފެށުނު ހަމަނުޖެހުންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެ މިއަދު ސޫރިޔާ ދެކެމުންދާފަދަ ހާލަތު އޭރު ތަޞައްވަރުކުރެވުނީ ކިތައް މީހުންނަށް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ސޫރިޔާގައި ކުރެވެމުންދިޔައީ ޖަންގަލީގެ ވެރިކަމެއްކަން އެއީ ކަށަވަރު ކަމެކެވެ. ވެރިޔާގެ ނަމާ ކުރާކަންތަކުގެ ޙަޤީޤަތް ވަރަށްބޮޑަށް މިއޮތީ ދިމާވެފައެވެ. ނަމަކީ އަސަދެވެ. އާދެ! ސިންގާއެވެ. ސިންގާއަކީ ޖަންގަލީގެ ރަސްގެފާނޭ ބުނާތީއަހަމެވެ. މިޖައްލާދުގެ ޝިކާރައަކަށް އެތައް ހާސް މުލިސްމުންނެއް ހަދާފައިވާއިރު އެހެން ޖަންގަލީގެ ވެރިކަންތަކުންވެސް ދިޔައީ އެބަޔަކަށް ދެވެންއޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ދެމުންނެވެ. އެއިގެ ތެރެއިން އެއްބަޔަކީ ރަޝިޔާއެވެ. ރަޝިޔާގެ އެހީތެރިކަމާއެކު އަސަދު އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް އެތަކެއް ކެމިކަލް ހަމަލާތަކަކާއި ބާރުގަދަ ހަތިޔާރުތައް ބޭނުންކޮށްފައިވާއިރު 500،000 އެއްހާ މީޙުންވަނީ ސޫރިޔާގެ ހަނގުރާމައިގައި މަރުވެފައެވެ. ރެފިއުޖީންގެ ގޮތުގައި އެތައް މިލިއަން ބަޔަކު ޤައުމު ދޫކޮށް ގޮސްފައިވާއިރު ޤައުމު ސުންނާފަތި ކޮށްލާފައިވާ މިންވަރު މަތީގައިވާ ފޮޓޯއިން ދޭހަވެއެވެ.

މީގެ އިތުރުން އިރާޤާއި މިޞްރާއި ޔަމަނުގެ ހާލަތުވެސް މިވީ 10 އަހަރު ތެރޭގައި ވަނީ ގޯހުން ގޯހަށް ގޮއްސައެވެ. ޣާޒާގެ ރައްޔިތުން އިޒްރޭލުގެ ޙިޞާރުގައި ބަންދުވެފައި ތިބޭތާ 10 އަހަރުވެފައިވީއިރު ކަޝްމީރުގައި އިންޑިއާ ސަރުކާރުން މުސްލިމުންނަށް ދެމުންދާ އަނިޔާތަކަށްވެސް ނިމުމެއް އައިސްފައިނުވެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.