ރާއްޖޭގެ ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.

އެމިނިސްޓްރީއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް:
- އިސްލާމިކް މިނިސްޓްރީ އަށް ޒަކާތުގެ ގޮތުގައި 493,538.00 ރުފިޔާ
- ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 245,975 ރުފިޔާ
- ވިލިމާލޭ ޔުނިޓަށް 13،629 ރުފިޔާ
- އެޗްޑީސީ މެދުވެރިކޮށް 20,221 ރުފިޔާ
- އުރީދޫ މެދުވެރިކޮށް 4,404 ރުފިޔާ

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ ބޮލަކަށް 2.4 ކިލޯގެ ހަނޑޫ ނުވަތަ އެއަށްވާ ފައިސާއިންނެވެ. އެ ގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 13ރ. ތައިލެންޑު ހަނޑުލުން ނަމަ 43ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 81ރ. އެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ.

އިސްލާމިކް މިންޓްރީއިން ޖޫންމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނެއެވެ. އެހެން ނަމަވެސް ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ އެހެން ތަންތަނުން ޒަކާތް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

އެސްއެމްއެސް މެދުވެރިކޮށް ދިރާގާއި އުރީދޫ ކަސްޓަމަރުންނަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ. އަދި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *