ރާއްޖޭގެ ޚަބަރު

"އަޝްރާތު" ގައި މިއަދު ދަރުސްދެއްވާނީިިިިިިިިިިިިިިިިިިިިިިިިި ޝައިޚް ނިމާލް

ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ކުރިއަށްގެންދާ ދަރުސް ސިލްސިލާ އަޝްރާތު ނުވަތަ ޤިޔާމަތުގެ އަލާމާތްތައް ދަރުސްގައިި މިއަދު ދަރުސް ދެއްވާނީ އައްޝައިިިިިިިިިިިިޚް ނިމާލް މުހައްމަދުއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ’އަޝްރާތު‘ ޕްރޮގްރާމް ގެ ކޯޑިނޭޓަރ އަދި ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީިިިި މިއަދުގެ ދަރުސްގައި ޝައިޚް ވާހަކަދައްކަވާނީ ހިނގަފައިވާ ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ މައްޗަށެވެ.

ޝައިޚް މުޖުތަބާ ވިދާޅުވީ ޤިޔާމަތުގެ އަލާމާތްތަކާއި ގުޅޭގޮތުން "އަޝްރާތު" ދަރުސް ސިިލްސިލާއިން ގިނަ މައުލޫމާތު ތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދައްޖާލުގެ ވާހަކައާއި ޔައުޖޫޖް މައުޖޫޖް ގެ ވާހަކައިގެ އިތުރުން ޢީސާ ޢަލައިހިއްސަލާމްގެ ވާހަކަފަދަ އަޅުގަނޑުމެންގެ ޢަޤީދާއާއި ގުޅިފައިވާ ޢިބްރަތްތެރި އެތައް ވާހަކަތަކެއް ގެނެސްދެވޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

’އަޝްރާތު‘ ޕްރޮގްރާމް ގައި އިއްޔެ ދަރުސް ދެއްވާފައިވަނީ އައްޝައިިިިިިިިޚް މުހައްމަދު ނަޝީދު އާދަމްއެވެ. ޝައިޚްގެ ދަރުސްގައި އަލިިިިިިިިިިއަޅުއްވާލާފައިވަނީ ’ޤިޔާމަތުގެ ޢަލާމާތްތަކުގެ ތަޢާރަފްއަށެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޝައިޚުން ދަރުސްދެއްވުމަށް ހަމަޖެހިފައިވާ މިސިލްސިލާގެ ދަރުސްތައް ޗެނަލް 13 އާއި ސަލަފްގެ ފޭސްބުކް ޕޭޖްގެ އިތުރުން ރޭޑިއޯ ސަލަފްއިން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *