ރާއްޖޭގެ ޚަބަރު

ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީ ދިނުމުގެ އުސޫލު ނެރެފި

ފުދުންތެރިކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް އެހީ ދިނުމުގެ އުސޫލު ނެރެފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ބޭނުންވެފައިވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ އާސަންދާ އާއި އެނޫންވެސް ގޮތްގޮތުން އެހީ ނުލިބޭ މީހުނަށް އެހީވުމުގެ ގޮތުން ކަމަށާއި ޒަކާތުން ބޭސްފަރުވާގެ އެހީ ލިބޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްކުރާއިރު އާސަންދައިން ނުފުދޭ ފަރާތްތަކަށާއި އަތޮޅު ތެރޭ ރަށްރަށުން އިމަޖެންސީގެ ހާލަތެއްގައި ނުވަތަ ރަށުން ފަރުވާ ނުލިބިގެން މާލެ ގެންނަ މީހުންނަށެވެ. އަދި ރާއްޖެއިން ފަރުވާކުރެވެން ނެތް ބަލިތަކަށް ފަރުވާކުރަން ބޭނުންވާ މީހުނަށްވެސް ޒަކާތު ފަންޑުން އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

މިއުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓްނުވެ ބޭސްފަރުވާ ކުރާ ފަރާތްތަކަށް 25،000 ރުފިޔާ ދިނުަމަށް ހަމަޖެހިފައިވާ އިރު އެޑްމިޓް ކޮށްގެން ފަރުވާދޭ ފަރާތްތަކަށް 30،000 ރުފިޔާއެވެ. އަދި މިއަދަދުގެ ތެރެއިން ބަލިމީހާއަށް ދެވޭނެ މިންވަރެއް ކަނޑައަޅާނީ ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހު ޒަކާތު ކޮމިޓީއިން ކަމުގައި މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މިއުސޫލުގެ ދަށުން އެހިދެވޭނެ ޚާއްސަ 8 ބައްޔެއް ކަނޑައަޅާފައިވާ އިރު އެބަލިތަކަށް ފަރުވާ ކުރުމަށް 50،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ގުނަވަންތަކާއި މަސްނޫޢީ އާލާތްތަކާއި އެފަދަ ގުނަވަންތަކުގެ ބައިތައް ހޯދުމަށް އެހީ ދިނުމަށްވެސް މިއުސޫލުގެ ދަށުންވަނީ ހަމަޖެހިފައެވެ.

އެހީއަށް އެދޭ ފަރާތްތަކުން އެހީއަށް އެދޭ މީހުން ހުށަހަޅަންޖެހޭ ފޯމާއެކު އާސަންދައިން އެހީދިނުމާއި މެދު ބަޔާންކޮށްފައިވާ ލިޔުމަކާއި ޑޮކްޓަރުގެ ލިޔުމަކާއި އަދި އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތު ބަޔާކޮށް އަމިއްލަ ލިޔެފައިވާ ސިޓީއެއްގެ އިތުރުން އެހެންވެސް ކަމާއިގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *