ރަމަޟާންމަހާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޖަމިއްޔަތުއް ސަލަފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިރޭވެސް މާލޭގެ މިސްކިތްތަކުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
އެގޮތުން މިރޭވެސް އިޝާ ނަމާދަށްފަހުގައި މާލޭގެ 4 މިސްކިތުގައި ދަރުސްތައް ކުރިއަށްދާނެއެވެ. ދަރުސްތައް ކުރިއަށްދާނެ މިސްކިތްތަކަކީ:
- ބަންޑާރަ މިސްކިތުގައި އައްޝައިޚް މުހައްމަދު ޝާހިދު
- ނޫރު މިސްކިތުގައި އައްޝައިޚް މުޖުތަބާ ހަމީދު
- ބޮޑުގެ ވަގުތީ މިސްކިތުގައި އައްޝައިޚް އަބްދުއްސަލާމް ދާއޫދު
- އަފީފުއްދީން މިސްކިތުގައި އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން
މިދިޔަ ހޮނިހިރު ދުވަހުގެރޭވެސް ސަލަފުންވަނީ މާލޭގެ 11 މިސްކިތެއްގައި އިޝާ ނަމާދަށްފަހު ރަމަޟާންމަހާއި ގުޅޭ ދަރުސްތަކެއް ކުރިއަށް ގެންގޮސްފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...