1440 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކޮށްފައިވާ އިޢުލާނެއްގައިވަނީ މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓް ކުރެވިފައިވާ އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.
ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދޭން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އިސްލާމިކް އެފެއަރޒުން ބުނެއެވެ. އަދި ޕްރޮޕޯޒަލް ފީ ދެއްކުމަށް އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 28 ކަމަށާއި ޕްރޮޕޯޒަލްގެ ފީ އަކީ 10،000ރ. ކަމަށްވެސް އެފަރާތުން ބުނެއެވެ.
ޙައްޖަށް މީހުން ގެންދިޔުމަށް އެދި ހުށަހަޅާ ކުންފުންޏަކީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހެއެވެ. އަދި ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވުމާއި ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބުނެފައިވެއެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...