މިއަހަރުގެ ރަމަޟާންމަހުގެ ފަހު ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ޖަމާއަތަށް 280000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަސްޖިދުލް އަޤްޞާއަށް ޖަމާވިއެވެ.
އެހެންނަމަވެސް ވަށައިގެން ފޯރިމަރަން އިޒްރާއިލް ސިފައިންތިބޭ އަޤްޞާ މިސްކިތަށް ހުޅަނގު އައްސޭރީގެ އުމުރުން 40 އަހަރު ނުފުރޭ އެއްވެސް ފިރިހެނަކު ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ. އަދި އިޒްރޭލުގެ ހިޞާރުގެ ދަށުގައި އޮތް ޣާޒާގެ އެއްވެސް ރައްޔިތަކަށް އަޤްޞާ މިސްކިތަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ،
ޤުދުސްގައި އިޒްރާއިލް ސިފައިން ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާއިރު އިރުމަތީ ޤުދުސްއަކީ އިޒްރާއިލްގެ ވެރިރަށް ކަމުގައި ކަނޑައަޅައި އެމެރިކާ އެމްބަސީ އެރަށަށް ބަދަލުކުރުމާއެކު ޤުދުސްގައި ކުރަމުންދާ މުޒާހަރާތައްވަނީ އިތުރުވެފައެވެ. މިމުޒާހަރާތަކުގައި އިޒްރާއިލުންވަނީ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހަމަލާދީ ޝަހީދު ކޮށްލާފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...