އެހީ!

ކިޑްނީގެ 70 ޕަސަންޓް ފެއިލްވެފައިވާ އިސްމާޢިލްއަށް އެހީވެދެއްވާ!

އިސްމާޢިލްއަށް އެހީވެދެއްވާ. ތިބޭފުޅުންގެ އެހީތެރިކަމަށް އިސްމާޢިލް ވަނީ ނުހަނު ބޭނުންވެފައި. | ފޮޓޯ: ފޭސްބުކް

އިސްމާޢީލް އަޙުމަދު ގުރަހާގެ/ގދ.ތިނަދޫ، 28 ވަޒީފާގެ މައިދާނަށް އެންމެ ފުރަތަމަ ވަނީ އެމް.އެން.ޑީ.އެފް އިންނެވެ. އޭގެ ފަހުން އޭނާ މިހާރު ވަޒީފާ އަދާކުރަމުންދާ އައި.ޖީ.އެމް.އެޗް އަށް ބަދަލުވިއެވެ. މީގެ 5 އަހަރު ކުރިން ޒަވާޖީ ހަޔާތެއް ފަށާފައިވާ އިސްމާއިލް އަށް ކިޑްނީ ފެއިލްވަމުންދާކަން އެނގުނީ ވަރަށް ކުއްލިގޮތަކަށެވެ. މީގެ 3 އަހަރުކުރިން އިސްމާއިލް މެޑިކަލް ޗެކަޕެއް ހަދާލީ އެއްވެސް ގޮތަކަށް ހަށިގަނޑުގައި މައްސަލައެއް އުޅޭކަމަށް ހީވެގެނެއް ނޫނެވެ. ނަމަވެސް ދެ ކިޑްނީގެ 70 ޕަސަންޓް ފެއިލްވެފަ ވާކަން މެޑިކަލްޗެކްއަޕް އިން ދައްކާކަމަށް ޑޮކްޓަރު ވިދާޅުވުމުން ލިބިގެން ދިޔައީ ވަރަށް ކުއްލި ހައިރާންކަމެވެ.

 ފޭސްބްކް ޕޭޖް އަށް ޒިޔާރަތް ކުރައްވާ!

ފާއިތުވެދިޔަ 3 އަހަރަކީ އިސްމާއިލަށް ވަރަށްވެސް އުނދަގޫ އަދި ވޭންތަކެއް ތަޖުރިބާކުރަން ޖެހުނު ތިން އަހަރެވެ. ސަބަބަކީ ދެކިޑްނީގެވެސް ހަމައެކަނި މަސައްކަތް ކުރާ 30 ޕަސަންޓްގައި ވީހާވެސް ގިނަދުވަހެއް ހިފެހެޓުމަށްޓަކައި ކެއުމުގެ މަދު ބާވަތެއް ފިޔަވާ ހުރިހާ އެއްޗެއް ދޫކޮށްލަން ޖެހުމެވެ. އަދި ކޮންމެ 3 މަހަކުން ރާއްޖޭން ބޭރަށް ގޮސް ފަރުވާ ހޯދުމުގައްޔާއި ބޭހަށް ހިނގާ ޚަރަދަކީ އިސްމާއިލްފަދަ މަހުމުސާރަލިބޭ އެކަނި ފަރުދަކަށް ކުރެވޭވަރަށްވުރެ ބޮޑު ޚަރަދަކަށް ވެގެން ދިޔުމެވެ.

މީގެ މަހެއްހާދުވަސްކުރިން އެންމެ ފަހުން ބޭރަށް ކުރިދަތުރުގައި ޑޮކްޓަރ ވިދާޅުވެފައިވަނީ ވީހާވެސް އަވަހަކަށް ޑޯނާރ އެއް ހޯދައި ޓްރާންސްޕްލާންޓް އޮޕްރޭޝަން ކުރުން ނުވަތަ ޑައިލަސިސް ފެށުމަށެވެ. އަހަރެމެން އެންމެންވެސް އުފާވެރި ދިރިއުޅުމެއް ބޭނުންވާނެ ފަދައިން އިސްމާއިލް ވެސް ޚާއްސަކޮށް މި ޒުވާން އުމުރުގައި ބަލީގެ ތަންމަތީ އޮވެ ނިމިގެން ދިއުމަކީ އޮތް ގޮތްކަމުގައި ނުދެކެވެއެވެ. ސަބަބަކީ މިބާވަތުގެ ބައްޔަކީ އަނެކުންގެ ދީލަތި އެހީތެރިކަން ލިބިއްޖެއްޔާމު އެހެން މީހުނެކޭ އެއްފަދައިން ބަލިމީހާއަށްވެސް އުޖާލާ އާ ހަޔާތެއް ލިބިގެންދާފަދަ ބައްޔަކަށްވާތީއެވެ. އެހެނަސް އަނެކާގެ ދީލަތި މަދަދާއެކު ފުރާނަ ސަލާމަތްކުރެވޭ މިފަދަ ބައްޔެއްގައި އަޅުގަނޑުމެންގެ މި މުޖުތަމަޢްއަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެމުންދާ އިސްމާއިލްފަދަ ހީވާގި، ޚުލްޤު ރަނގަޅު ޒުވާނަކަށް އައު ޙަޔާތެއް ހޯދައިދިނުމުގައި ތިޔަ އެންމެ ބޭފުޅުންގެ އެހީތެރިކަން ބޭނުންވެއެވެ.

އޯ، ޕޮޒިޓިވްގެ ކިޑްނީ ޑޯނަރ އެއް ހޯދުމުގައްޔާއި ފައިސާގެ ދީލަތި އެހީއަށް ތިޔަ އެންމެ ބޭފުޅުންގެ ކިބައިން އިސްމާއިލް އެދެއެވެ. ކިޑްނީ އެއް ހަދިޔާ ކުރަންވަން ބޭނުން ފުޅުވެލައްވާ ފަރާތްތަކުން އިސްމާއިލް އާ ގުޅުއްވުން އެދެމެވެ. އިސްމާއިލް ކިޑްނީ އޮޕްރޭޝަނަށް ފަންޑް ހޯދުމަށްޓަކައި "އިސްމާއިލް އަހްމަދު" މިނަމުގައި 1001-15566-7704 ނަމްބަރ އަކައުންޓް ވާނީ ބީ.އެމް.އެލް ގައި ހުޅުވިފައެވެ. މީގެ އިތުރުން އިސްމާއިލް އާ ބައްދަލްކުރައްވަން ބޭނުންފުޅުވާނަމަ 7862231 / 7616135 އާ ގުޅުއްވުމަށް އެދެމެވެ. ﷲ ގެ މަގުގައި ތިޔަ ކޮއްދެއްވާ ކަންތައްތަކަށް ހެއުދަރުމަ މިންވަރުކުރެއްވުމަށް އެދި ދުޢާކޮށް ޝުކުރު ކުރަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އެހީ!