ވާހަކަ

ވާހަކަ: ދުނިޔޭގެ ޙަޤީޤަތް

 

ދުނިޔޭގެ ޙަޤީގަތާ މެދު ޢިލްމުވެރިޔަކާއި ސުވާލު ކުރުމުން ޖަވާބުދިނެވެ. ދުނިޔޭގެ މިސާލަކީ ފަހަތުން ސިންގާއެއް ދުވެފައި އައުމުން އެކަމާ ބިރުން ދުވެފައިދާ މީހެއްގެ މިސާލެވެ.

އެމީހާ ދުވަމުން، ކުރިޔަށް ބަލައިލި އިރު ފެންނަން ހުރީ ބޮޑު ފުންވަޅުގަނޑެކެވެ. ދެން އެމީހާ ވިސްނީ އެވަޅަށް ފުންމާލައިގެން ފުރާނަ ސަލާމަތްކުރުމަށެވެ. ނަމަވެސް އެވަޅުތެރެބަލައިލި އިރު ފެނުނީ ބޮޑުވެގެންވާ ނާގަހަރުފައެވެ. ކަމަކުދާކަށް ނެތެވެ. ފަހަތުން ބިޔަވެގެންވާ ސިންގާ ގެ ބިރެވެ. ކުރިމަތިން ވިހަގަދަ ވެގެންވާ ބިޔަ ހަރުފައިގެ ބިރެވެ. ސަލާމަތް ވާނެ ގޮތެއް ހޯދުމަށްޓަކައި މައްޗަށް ބަލައިލި އިރު ކައިރީގައި ހުރި ގަހުގެ ގޮފިގަނޑެއް ތިރިވެފައި އޮތުމުން އޭގައި އެލިގަނެގެން ގަހަށް އަރައިފިއެވެ. ގަހަށް އަރައި ސަލާމަތްވީ ކަމަށް ހީކޮށް ގަހުގެ ބުޑަށް ބަލައިލި އިރު ކަޅު މީދަލަކާއި ހުދު މީދަލެއް، ހޭވައްޓާލާފައި މޫތައްކަނޑައި ގަހުގެ ބުޑު ކަމުން ގެންދާނީއެވެ. އެމީހާ ބިރުން ގޮތް ހުސްވާ ހިސާބަށް ހިނގައްޖެއެވެ.

އެމީހާ ހިތާހިތާ ކިޔާލި އެވެ. އެމީދާތައް ގަހުގެ ބުޑު ކާލައިފިނަމަ ވެއްޓޭނީ ތިރިއަށެއެވެ. އެއިރުން އަހަރެން ވާހުށީ އެހަރުފައިގެ ނުވަތަ އެސިންގާ ގެ އެއްއިރުގެ ކޮއްތަށެވެ. ހަމަޔަޤީނުންވެސް އަހަރެން ކާލާކަށް ލަހެއްފަހެއްވެސް ނުވާނެއެވެ.

މިފަދަ ހާސްކަމަކާއި ބިރުވެރި ކަމެއްގެ ތެރޭގައި އެހެން ހުއްޓާ ކުއްލިއަކަށް އެމީހާއަށް ފެނުނީ އެގަހުގެ ގޮފިގަނޑެއްގައި އިން މާމުއި ހަތާއެކެވެ. އެމާމުއި ހަތާކައިރިއަށް ގޮސް މާމުއި ބޯންފެށިއެވެ. އެކަމަށް ހޭކުޑަވެފައި ހުރި ވަރުން ތިރީގައި އޮތް ސިންގާޔާ، ބޮޑުވެގެންވާ ހަރުފަމަތިން ވެސް އޭނާ ހަނދާން ނެތިއްޖެއެވެ. އެހެން މާމުއި ބޯން ހުއްޓާ އެއްކަލަ ގަސް ވެއްޓިއްޖެ އެވެ. ހަމަވެއްޓުމާއެކު އެއްކަލަ ސިންގާ އައިސް އެމީހާ ނޮޅާލާ ކުދިކުދި ކޮށް ވަޅަށް ވައްޓާލި އެވެ. އެމީހާގެ ފުރާނަ ނެތް މަސްގަނޑު ވެއްޓުނީ ސީދާ އެއްކަލަ ހަރުފައިގެ އަނގައަށެވެ.

އެންމެހައި ރަޙުމަތްތެރިންނޭވެ.....!
މިވާހަކައިގައި އެވާ ބައެއްކަންކަމާއި ނަންނަމުގެ މާނައަށް ބަލައިލަމާ ހިނގާށެވެ. ޖަންގަލީގެ މުރާދަކީ ދުނިޔެއެވެ. ސިންގާ އަކީ މަރެވެ. ( މަރަކީ އަބަދުމެ އިންސާނާގެ ފަހަތުން ދަތަރު ކުރަމުން އަންނަ އެއްޗެކެވެ.) ވަޅުގަނޑަކީ ކަށްވަޅެވެ. ހަރުފަޔަކީ އިންސާނާގެ ނުބައިވެގެންވާ ޢަމަލުތަކެވެ. އެއީ އެމީހާޔާއެކު ކަށްވަޅަށް ދާނޭ އެއްޗެކެވެ. ކަޅު މީދަލާއި ހުދު މީދަލަކީ ދުވާލައި ރޭނގެވެ. ހުދު މީދަލަކީ ދުވާލެވެ. ކަޅު މީދަލަކީ ރޭގަނޑެވެ. އެގަހަކީ އިންސާނާގެ ޢުމުރެވެ. ދުވާލާއި ރޭގަނޑު ބަދަލަވަމުން ދިޔުމުން އެދަނީ އިންސާނާގެ ޢުމުރުން ދުވަހެއް ކެނޑެމުންނެވެ. މާމުޔަކީ ދުނިޔެއެވެ. އެމާމުއިގެ ފޮނި މީރުކަމުން ދުނިޔެއަކީ ފަނާވެދަނިވިތަނެއްކަން ހަނދާން ނައްތުވާ އިންސާނާ ޣާފިލްކޮށްލިއެވެ. އިންސާނާ ދުނިޔޭގެ ކަންކަމުގައި ފިކުރު ކުރަމުންގޮސް މަރުވާނެ ކަމާ، ވިޔާނުދާ ޢަމަލުތަކެއް ކުރެވިފައި ވާ ކަމާ، މިހުރިހާ ކަމެއްގެ މަތިން ހަނދާންނެތި ހުއްޓާ ކުއްލިއަކަށް ބައްދަލުވަނީ މަރާއެވެ. މީ ދުނިޔޭގެ ޙަޤީޤަތެވެ.

އެންމެހައި ރަޙުމަތްތެރިންނޭވެ. ވާހަކައިގައި ބުނެފައިވާ އެއްޗަކާމެދު ފިންކޮށްވިސްނާލާށެވެ.
(ނިމުނީ)
ތަރުޖަމާކުރީ: ޢަލީ ނަޢީމް

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް ވެސް އިބްރަތް ތެރި

Your email address will not be published. Required fields are marked *

More in ވާހަކަ