ވާހަކަ

ނަފްސު އިސްލާޙު ކުރުމުގައި މެދުމިންގަނޑަށް ޢަމަލުކުރުން ވަރަށް މުހިންމެވެ. ނޫންނަމަ؟؟؟؟

ކުރީ ޒަމާނުގައި އެއްގަމު ދަތުފުރަށްބޭނުންކޮށްފައިވަނީ ޖަމާލާއި، އަހާއި މިނޫނަސް މިފަދަ އެހެން ޖަނަވާރުތަކެވެ. އެފަދަ ޖަނަވާރުތަކުގައި ދަތުރުފަތުރުކުރުމުގައި ބައެއްފަހަރު ވަރަށް އާދަޔާޚިލާފު ކަންކަމާކުރިމަތިލާންޖެހެފައިއެބަހުއްޓެވެ.

އެޒަމާނުގެ މީހަކު ދަތުރު ކުރުމަށް ވަރަށްނަލަކޮށްލައިގެ އަހެއްގެންގުޅުނެވެ. އެމީހާ ތަނަކަށްދާންޖެހިއްޖެނަމަ ދަނީ މިބުނާއަހުގައެވެ. ނަމަވެސް މިއަހުގައި ތަންތަނަށްދާއިރު، މިއަސް ވަރަށް ވިޔާނުދާ ކަމެއްކުރެއެވެ. ދަތުރުކުރަމުންދާއިރު މިއަސް ބޮޑުކަމުދާ ކޮންމެފަހަރު އަނބުރާލާފައި އޭތީގެ ނަޖިހުން ވަސްބަލާފަނޫނީ އަލުން ކުރިޔަކަށްނުދެއެވެ.އަހުގެ މިޢަމަލުގެ ސަބަބުން އަހުގެވެރިމީހާހުންނަނީ ވަރަށް ބޮޑަށް އެކަމާއި ކަންބޮޑުވެ،އުނދަގޫވެފައެވެ.

ދުވަސްގަނޑެއްގެފަހެވެ. ދުރުތަނަކަށްދިއުމަށް އެއަހަށްސަވާރުވެ އެމީހާ ދަތުރުފެށިއެވެ.ތަންކޮޅަކަށްދިޔަތަނާހެން އަސް ބޮޑުކަމުގޮއްސިއެވެ. އަދި ހަމަކުރިއެކޭއެއްފަދައިން އެނބުރެލާފައި އެއިން ވަސްބަލާލިއެވެ. ދިގު ދަތުރުތަށްކުރާއިރު އެސޮރުގެ މިހުންނަ ވިޔާނުދާ މުޑުދާރު ޢަމަލުގެ ސަބަބުން އަހުގެވެރިމީހާޔަށް ދަތުރުއެތައްތަނެއް ލަސްވެ އެތަކެއް އުނދަގުލަކާއި ކުރުމަތިލާންޖެހެއެވެ.

މިހެންދަތުރުކުރަމުންގޮސް މަގުމަތިން އެހެންދަތުރުވެރިޔަކާ ބައްދަކުވެއްޖެއެވެ. ދެމީހުން ވާހަކަދައްކަމުން އެކުގައި ދަތުރުކުރަމުންދަނިކޮށް އެއްކަލަ އަސް ކުރިއެކޭއެއްގޮތަށް ކަންކުރިއެވެ.މިމަންޒަރުފެނުމާއެކު އަނެއްދަތުރުވެރިޔާ ސުވާލުކޮށްލިއެވެ." ރަޙުމަތްތެރިޔާގެ އަސްމިކުރަނީ ކޮންކަމެއްހެއްޔެވެ؟" އަހުގެ ވެރިޔާ ޖަވާބުދިނެވެ." އެއީ އަހަރެންގެ އަހުގެ އާދައެވެ. އެއާދައިގެ ސަބަބުން އަހަރެން މިހުނަންނަނީ ވަރަށް އުނދަގޫވެ، ކަންބޮޑުވެފައެވެ.

އެކުވެރި ދަތުރުވެރިޔާ ބުންޏެވެ." ތިއަހުގެ އެކަންރަނގަޅު ކުރުމަށްޓަކައި އަހަރެން ފަރުވާއެއްކޮށްލަންހެއްޔެވެ؟ ތިއަސް އަހަރެންގެއަތަށްދޭށެވެ. އަދި އަހަރެންގެ އަހަށްއެކުވެރިޔާ ސަވާރުވާށެވެ." މިހެން ދެމީހުންގެ އަސް ދެމީހުންނަށް ބަދަލުކޮށްލުމަށްފަހު އަލުން ދަތުރުފެށިއެވެ.

ދަތުރުފެށިތާ މާގިނައިރެއްނުވެ އެއްކަލަ އަހުގެ އާދައިގެމަތިން ބޮޑުކަމުގޮއްސައި ވަސްބަލަންފެށިއެވެ. އަހަށް ސަވާރުވެއިންމީހާ އަތުގައި އޮތް ދަނޑިބުރިން އަހުގައި ތަޅައިގަތެވެ. އަހަށް ވިސްނެންދެންއެމީހާ ތެޅުމަށްފަހު އަލުން އަހަށްސަވާރުވެ ދަތުރުފެށިއެވެ. މިހިސާބުން އަހުގެ އެއްކަލަ އާދަ ހުއްޓިއްޖެކަން އޭނަޔަށް ޔަޤީންވެއްޖެއެވެ. އެއީ އެސޮރު ބޮޑުކަމުގޮއްސައި އޭގެފަހަކުން ވަހެއްނުބަލައެވެ. ދުވަހުގެ އިރުއޮއްސުމުން ދެމީހުންއެކުގައި އެއްތަނެއްގައި މަޑުކުރީ ޖެހިގެންއަންނަދުވަހު ދެމީހުންގެ ރާސްތާވަކިވާތީ ވާހަކަދައްކާލުމަށެވެ.

ޖެހިގެންއައި ދުވަހު ދެމީހުންވެސް ދަތުރުފެށީ އެމީހެއްގެ މަންޒިލަސް އެމީހެއްގެ އަހުގައެވެ. ރަޙުމަތްތެރިޔާ ބުންޏެވެ." ތިޔައަހުގެ އެވިޔާނުދާ ޢަމަލު މިހާރު ތިއޮތީ ހުއްޓިފައެވެ. ދެނެއްއެކަމެއް ނުކުރާނެއެވެ." އަހުގެ އެހަޑިހުތުރު ކަންތައް ހުއްޓިފައިވުމުން އެރަޙުމަތްތެރިޔާއަށްވަރަށް ޝުކުރު އަދާކުރިއެވެ. އަހަށް ސަވާރުވެ ދަތަރު ފަށައިގެން ކުރިއަށް ދިޔައިރު އެއްކަލަ އަސް ދޭތެރެ ދޭތެރެއިން އެސޮރުގައި ގަދަޔަށްތެޅި މީހާ ފެނޭތޯ ފަސްއެނބުރެ  އިރުއިރުކޮޅާ ބަލައެވެ. މިހެން ބަލަމުން ދަނިކޮށް އެމީހާ އެއަހުގެ ލޮލުކޮޅަށް އޮބާލާދިއުމުން އަނެއްކާ އަނބުރާލާފައި ހިނގައިގަތީ އައިކޮޅަށެވެ. އަކޮޅަށްގޮސް އެސޮރު ބޮޑުކަމުދިޔަހުރި ހުރިހާތަނެއްހޯދުމަށްފަހު ވަސްބަލަމުންދާންފެށިއެވެ. އަނބުރާ ކުރިއަށް ދަތުރުފެށީ އެސޮރު ބޮޑުކަމުގޮއްސައިހުރިހުރިހާ ތަނަކުން ވަސްބެލުމަށްފަހުގައެވެ.

ވިސްނަންވީ މުހިންމު ނުކުތާ:

*******************

ކޮންމެކަމެއްކުރަންދިމާކުރިކަމުގައިވިޔަސް އެކަމެއްގެ މެދުމިންގަނޑު އިޚުތިޔާރުކުރުމަކީ ވަރަށްމުހިންމުކަމެކެވެ. ޚާއްޞަކޮށް ނަފުސު އިޞްލާޙު ކުރުމަށް މެދުމިންގަޑެއް އިޚުތިޔާރުކުރަންޖެހެއެވެ.ކުއްލިއަކަށް ކަމެއްރަނގަޅުކުރަންއުޅެފިނަމަ، ވަގުތީގޮތުން އެކަމެއްރަނގަޅުވެދާނެއެވެ. އަދި އެކަމެއް ހާޞިލްވީކަމަށްވިސްނިދާނެއެވެ. ނަމަވެސް އެކަން ދެވެނަފަހަރު އައިކޮޅަށް ދާއިރު ކުފުރުގެ ތެރެއަށްވެސް މީހާހިގައިދާނެއެވެ. ވީމާ މީހާ އިސްލާހުވާއިރު އެހާ ހަރުކަށިނުވެ ދީނުގައިވާގޮތަށް މެދުމިންގަނޑަށް ޢަމަލުކުރުން ބުއްދިވެރިއެވެ.

އަހަށް ވީގޮތާމެދު ފުންކޮށް ވިސްނާލާށެވެ. އަހުގެ އެކަން ކުއްލިއަކަށް އިޞްލާޙުވީ ދިންހަރުކަށި އަދަބެއްގެ ސަބަބުންނެވެ. އެއަހުގެ އެޢަމަލު ދެވަނަފަހަރަށް ތަކުރާރުކުރީ ހަރުކަށިކަމާއެކު އެއްފަހަރުން އެކަން ރަނގަޅުކުރަންއުޅުމުންނެވެ.

( ނިމުނީ )

މަޢުލޫމާތުނެގި މަސްދަރު: ވާޤިޢާތު ޕަޅިއޭ އައުރު ޢިބްރަތު ލީޖިޔޭ

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް ރަނގަޅު ވާހަކައެއް..އެކަމު ބައެއްފަހަރު ހަރުކަށި ވާންވެސް ޖެހޭނެ..އިޓް ޑިޕެންޑްސް

  2. ނަފުސު އިސްލާޙުކުރުމުގައި މަސައްކަތްކުރަންވާނީ މެދުމިންގަނޑަށެވެ. އެހެން ބައެއްކަންކަމުގައި ހަށުވާންޖެހޭ ވަގުތުތައް އަންނާނެކަން ޤަބޫލުކުރަމެވެ. ޝުކުރިއްޔާ މުނާޒު

Your email address will not be published. Required fields are marked *

More in ވާހަކަ