މަޝްހޫރު ކުންފުންޔެއްގެ މުވައްޒަފުން ދުވަހުގެ މަސައްކަތް ފެށުމަށް އޮފީހަށް އައި ވަގުތު ބޭރު ދޮރުގައި ހިއްޕާފައި ހުރި ނޯޓިސް އެއްގައި ހުރިހާ މީހުންވެސް އަޅައިގަތެވެ.
"ތިބާޔާއި މިކުންފުނި ކުރި އަރައިގެން ދިއުމަށް ހުރަހަކަށްވެފައި ހުރި މީހާ ރޭގެ ވަގުތެއްގައި މަރުވެއްޖެއެވެ. އެމައްޔިތާއަށް ޓަކައި އަދާކުރަންޖެހޭ އެންމެ ފަހުގެ ޙައްޤުތައް އަދާކުރުމަށް ހުރިހާ މުވައްޒަފުން ކޮންފަރެންސް ހޯލަށް ވަޑައިގެން ދެއްވުން އެދެމެވެ."
މިނޯޓިސް ކިޔާލުމަށްފަހު ހުރިހާ މުވައްޒަފުންވެސް ތިބީ ވަރަށް ހިތްދަތިވެފައެވެ. އެއީ އެމީހުންގެ ރަހުމަތްތެރިޔަކު އަބަދުގެ އަބަދަށް އެމީހުންނަށް ވަކިވެގެން ދިޔައީތީއެވެ. ނަމަވެސް ހުރިހާ މީހުންނަށްވެސް ޙައިރާންކަމެއް ލިބިގެންދިޔައީ ކޮންޕެނީ އާއި އެހެން މުވައްޒަފުންގެ ކުރިއެރުމަށް ދެކޮޅުވެރިވީ މީހަކު ނޭނގުނީތީއެވެ.
މައްޔިތާ ދެކެލުމަށްޓަކައި ހުރިހާ މީހުންގެވެސް ފިޔަވަޅުތަށް އަވަސް ވެގެންދިޔައެވެ. މައްޔިތާގެ ކަންތައްތަކައިގެން އަވަސްވެގަތް މީހުންގެ ޢަދަދު ގިނަކަމުން ކޮންފަރެންސް ހޯލަށް މީހުންތައް ތޮއްޖެހި ގާޑުންނަށް އެކަން އިންތިޒާމު ވެސް ކުރަން ޖެހިއްޖެއެވެ.
މީހުންތައް ވަންނަމުން ދިޔަ އިރު ކޮންމެ މީހަކުވެސް ވިސްނަނީ އެފޮތިގަނޑުގެ ދަށުގައި އެވަނީ ކާކުބާވައެވެ. އަދި އަހަރެންގެ ކުރި އެރުމުގެ ހުރަކަށްވެ ހުރީ އެއީ ކާކުބައޭ ހިތުގައި ޝަކުވާއުފެދެމުން ދިޔައެވެ.
އެންމެ ފަހުން ކޮންޕެނީގެ ވެރިޔާ ވިދާޅުވިއެވެ. މައްޔިތާގެ މޫނު ދުށުމަށް ފަހަރަކު މީހަކަށް ދެވިދާނެއެވެ. މީހަކަށްފަހު މީހަކު މައްޔިތާގެ ކައިރިއަށް ޖަމާވަމުން ދިޔައެވެ. އަދި މޫނު ދުށުމަށްޓަކައި ފޮތިގަނޑު ހިއްލާލައިފައި ބަލައިލުމާއެކު ކޮންމެ މީހަކަށްވެސް ލިބެނީ ކުއްލި ޝޮކެކެވެ. އަދި ކޮންމެ މީހެއްގެ ބަސްހުއްޓި ގަނޑުވެއެވެ.
މީހަކަށްފަހު މީހަކު އެތަނަށް މީހުންތައް ޖަމާވަމުންގޮސް އެންމެން ޖަމާވެއްޖެއެވެ.
ކޮންމެ މީހަކަށް ބަލައިލި ކަމުގައިވިޔަސް ހީވަނީ މޭމަތީ އެތިފަހަރެއްޖެހުމުން ހުއްޓުން އަރާފައި ތިބޭހެންނެވެ.
ޙަޤީޤަތުގައި އެކަފުނުގެ ތެރޭގައިވަނީ މީހެއްގެ ބަދަލުގައި މޫނު ބަލާ ލޯގަނޑެކެވެ. ކޮންމެ މީހަކުވެސް ގުދުއަޅާ ބަލައިލުމުން އެލޯގަނޑުން ފެންނަނީ އަމިއްލަސޫރައެވެ. އަދި ލޯގަނޑުގައި ލިޔެފައިވާ ލިޔުމެވެ. "ތިބާގެ ކުޅަދާނަކަން ކޮންޓްރޯލު ކުރާ، މިދުނިޔޭގައި ވަނީ އެކަކެވެ. އަދި ތިބާގެ ކުރިއެރުންވެސް ހުއްޓުވޭނެ ހުރީ ހަމައެކަނި އެކަކެވެ. އެއީ ޚުދު ތިބާއެވެ." ކުންފުނީގެ ވެރިޔާ ހުރިހާ މުވައްފަޒުންނަށް ދޭން ބޭނުންވި މެސެޖް މިކަމުން ފޯރުކޮށްދިނެވެ. އަމިއްލަ ނަފުސުގެ ކުރިއެރުމާއި ކުންފުނީގެ ކުރިއެރުމުގެ ހުރަހަކަށް އޭގެން ކޮންމެ މުވައްޒަފަކުވެސް ވެދާނެކަން ވެރިޔާ ބަސް ބުނުމަކާއި ނުލާ އެންމެންނަށް ހާމަކޮށްދީފިއެވެ.
ތިބާގެ ދިރިއުޅުމަށް ބަދަލު އަންނަނީ ތިބާގެ ވަށައިގެންވާ ކަންތައްތައް ބަދަލުވުމަކުން، ތިބާގެ ރަޙުމަތްތެރިން ބަދަލުވުމަކުން، ތިބާގެ ޢާއިލާމެންބަރުން ބަދަލުވުމަކުން، ތިބާ މަސައްކަތްކުރާ ކުންފުނި ބަދަލުވުމަކުން، ތިބާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވުމަކުން، އަދި އުޅުން ބަދަލުވުމަކުންނެއްނޫނެވެ.
ތިބާގެ ދިރިއުޅުމަށް ބަދަލު އަންނަން ފަށަނީ ތިބާގެ ކުޅަދާނަކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ދަތިއުނދަގޫ ކަންކަން ފަސޭހަކަން ކަމަށް ބަދަލުކޮށްލާ އަދި އުނދަގޫ ތަކާއި ކެރިގެން ކުރިމަތިލުމުންނެވެ. ތިބާ އަމިއްލަ ނަފުސަށް ތަޖުރިބާކޮށްލާށެވެ. ދަތިއުނދަގުލާއި ހާސްވާ ޒާތުގެ ކަންކަމަށް ބިރުގަތުން ދޫކޮށްލާށެވެ. ކަންކަން ކާމިޔާބު ކުރާ މީހަކަށްވާށެވެ. ތިބާޔަކީ ފިނޑިއެއްކަމަށް ޤަބޫލުކޮށްފި ނަމަ ހުންނާނީ ފިނޑިންގެ ސަފުގައެވެ. ކެރޭ މީހަކަށް ވެއްޖެ ނަމަ ހުންނާނީ ހިތްވަރުގަދަ ފަހުލަވާނުންގެ ސަފުގައެވެ. ހުންނާނެ ސަފެއް ކަނޑަ އަޅާނީ ޚުދު ތިބާއެވެ.
"ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ތިބާވުން ކަނޑައެޅިގެން ވަނީ ދިރިއުޅުމަށް ތިބާ ކުރިމަތިލާ ގޮތެއްގެ މައްޗަށެވެ."
(ނިމުނީ)
މަޢުލޫމާތުނެގި މަސްދަރު















މޫނު ބަލާ ލޯގަނޑެއް ހިނަވާފަ ކަފުން ކުރީތަ..؟ އެކަމަކުވެސް ވަރަށް ޢިބްރަތްތެރި ލިޔުންކޮޅެއް…!! ސަޅި..
އުނގަންނައިދިނުމުގައި އެންމެ ފައިދާބޮޑު އެއްގޮތަކީ މިސާލު ޖަހައިގެންނާއި މިސާލުދައްކައިގެން ކަމުގައިވާތީ އަޅުގަނޑު މަސައްކަތްކުރަނީ އެގޮތަށްކުރިޔަށްދެވޭތޯއެވެ. ހަމަޔަޤީނުންވެސް އެންމެފުރިހަމަ ގޮތުގައި ވިސްނައިގަނެވެނީ މިދެންނެވިގޮތްގޮތުންނެވެ.
ލޯގަނޑުގެ ޙާދިޘާ ކުރުމަތިކުރިވީ އޭގެ އެހީގައި އެންމެހައި މުވައްޒަފުންނަށް ވަރަށްވަރުގަނޑު ފިލާވަޅެއް ލިއްބައިދިނުމަށެވެ.
ޝުކުރިއްޔާ އަޙުމަދު
ވަރަށް ފުރިހަމަ އިބްރަތްތެރި ވަަހަކައެއް