ސްޕޭންގައިވެސް މޫނުބުރުގާ 'މަނާ' ކޮށްފިއެވެ.
ހަބަރަތައް ބުނާގޮތުގައި ސްޕޭންގައި އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވަނީ 'ސްޕެނިޝް ކައުންސިލް' ގެ ފަރާތުން ނެގި ވޯޓަކުންނެވެ. މިވޯޓުގެ ނަތިޖާއިން ދައްކާގޮތުގެ މަތިން 'މޫނު ބުރުގާ އާންމު ތަންތަނުގައި އެޅުން މަނާ'ކޮށްފައިވާކަން މިއަދުގެ ވަގުތެއްގައި ވަނީ އިއުލާންކޮށްފައެވެ.
'މިއީ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ހޯދައިދިނުމާއި އަންހެނުންނަށް މިނިވަންކަން ލިބިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ. އެހެން ނޫނަސް މިޒަމާނަކީ ދީނީ ކަންކަމާއި ގުޅިގެން މަޝްވަރާކުރެވޭ ޒަމާނެއް ނޫންކަމަށެވެ.' އެސަރަހައްދުގެ މޭޔާ އެންޖަލް ރޮސް ބުނެފައިވެއެވެ.
ސްޕޭން އަކީ އިސްލާމުން ޒަމާންތަކެއް ވަންދެން ވެރިކަން ކޮށްފައިވާ ޤައުމެކެވެ. 1.4 މިލިއަން މުސްލިމުން ސްޕޭންގައި އުޅޭކަމަށް 2009 ވަނަ އަހަރުގެ ހިސާބުކިތާބުން ދައްކައެވެ. ފަހަކަށް އައިސް އާދައިގެ ބުރުގާ އެޅައިގެން ސުކޫލުތަކަށް ދިއުންވެސް ބައެއްފަހަރު އޮންނަނީ ސްޕޭންގައި މައްސަލައަކަށްވެފައެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް މޫނު ބުރުގާ ވަނީ އާންމު ތަންތަނުގައި އެޅުން މަނާކޮށްފައެވެ.

















އަދިވެސް މުސްލިމުން ދިރިއުޅުން ދަތިވެފައިވާ ހާލަތުގައިވެސް ކާފަރު ބިންތައް ދޫކޮށް ހިޖުރަކުރަން ނުވޭބާ؟ ކާފަރު ޤައުމުތަކުން އަހަރެމެން މުސްލިމުންގެ ހައްޤުތައް ހޯދައިދޭނެ ކަމަށް ހީކުރާނީ ބުއްދި ގޯސް މީހުން. ދެންވެސް އެތަންތަނުގައި ނުތިބެ ހިޖުރަ ކުރަންވީނު. ބައެއް މުސްލިމުން ބުނާނެ އިސްލާމީ ޤައުމުތައް ވަކި ރަނގަޅުހޭ؟ ކާފަރު ޤައުމުތަކުގައި ދީނަށް އުޅުމުގެ މިނިވަންކަން ލިއްބައިދޭ ކަމަށް ބުނާ މުސްލިމުންނަށް މިއީ ޢިބުރަތެއް. އިނގިރޭސިވިލާތަކީ މުޅި ޔޫރަޕުގައިވެސް ދީނި މިނިވަންކަން އެންމެ ބޮޑަށް ލިއްބައިދޭކަމަށް މަޝްހޫރު ޤައުމެއް. އެކަމަކު 2007 ވަނަ އަހަރު ލަންޑަނުގައި ހިނގަދިޔަ ހާދިސާއަށް ފަހު އެއްވެސް ހައްޤަކާއި މުސްލިމުންނާއި މެދު ކަންތައް ކުރެވުނީ ކިހިނެއް؟ ޖެކް ސްޓްރޯ އަންގައިގެން ކަޅު އަދި އޭޝިޔާ ނަސްލުގެ އެންމެނަށް ފާރަލީ އިރުގައި ކިހާ މިނިވަންވާނެ ހެއްޔެވެ؟މުސްލިމް ޤައުމުގަކުގައި އަނިޔާވެރި ވެރިންތަކެއް ތިބިކަމުގައިވިޔަސް އިނގިރޭސިވިލާތަށް ވުރެ އަދި ކިޔެއް ކާފަރު އެހެނިހެން ޤައުމުތަކަށް ވުރެ ފިތުނަވެރިކަން (ހުރިހާ ގޮތަކުން) ކުޑަވާނެ ކަމީ ޝައްކެއް ހުރިކަމެއް ނޫން.