ސްޕޭންގައިވެސް މޫނުބުރުގާ 'މަނާ' ކޮށްފިއެވެ.
ހަބަރަތައް ބުނާގޮތުގައި ސްޕޭންގައި އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވަނީ 'ސްޕެނިޝް ކައުންސިލް' ގެ ފަރާތުން ނެގި ވޯޓަކުންނެވެ. މިވޯޓުގެ ނަތިޖާއިން ދައްކާގޮތުގެ މަތިން 'މޫނު ބުރުގާ އާންމު ތަންތަނުގައި އެޅުން މަނާ'ކޮށްފައިވާކަން މިއަދުގެ ވަގުތެއްގައި ވަނީ އިއުލާންކޮށްފައެވެ.
'މިއީ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ހޯދައިދިނުމާއި އަންހެނުންނަށް މިނިވަންކަން ލިބިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ. އެހެން ނޫނަސް މިޒަމާނަކީ ދީނީ ކަންކަމާއި ގުޅިގެން މަޝްވަރާކުރެވޭ ޒަމާނެއް ނޫންކަމަށެވެ.' އެސަރަހައްދުގެ މޭޔާ އެންޖަލް ރޮސް ބުނެފައިވެއެވެ.
ސްޕޭން އަކީ އިސްލާމުން ޒަމާންތަކެއް ވަންދެން ވެރިކަން ކޮށްފައިވާ ޤައުމެކެވެ. 1.4 މިލިއަން މުސްލިމުން ސްޕޭންގައި އުޅޭކަމަށް 2009 ވަނަ އަހަރުގެ ހިސާބުކިތާބުން ދައްކައެވެ. ފަހަކަށް އައިސް އާދައިގެ ބުރުގާ އެޅައިގެން ސުކޫލުތަކަށް ދިއުންވެސް ބައެއްފަހަރު އޮންނަނީ ސްޕޭންގައި މައްސަލައަކަށްވެފައެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް މޫނު ބުރުގާ ވަނީ އާންމު ތަންތަނުގައި އެޅުން މަނާކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...