އޯޓިސްޓިކް ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މިވީޑިއޯ އާންމުކޮށްފައިވަނީ ވީޑިއޯ އިން ފެންނަ އޯޓިޒަމް ބަލިކުއްޖާގެ މަންމަ އެވެ. ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާގޮތުގައި އޯޓިޒަމް ކުއްޖަކަށް ފަރުވާ ދޭން ގެނައި ތެރަޕިސްޓް ކުޑަކުއްޖާއަށް އަނިޔާ ކުރާތަން ވިޑިއޯ ކުރީ އެތެރަޕިސްޓްގެ ފަރުވާއިން ކުއްޖާއަށް އެއްވެސް އަސަރެއް ނުކުރާތީ ވާނުވާ އެއް ބެލުމުގެ ގޮތުން ކެމެރާ ހަރުކޮށްގެންނެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އެ ތުއްތު ކުއްޖާގެ އަތުގައި ހިފައި ގޮނޑި މައްޗަށް އެއްލައެވެ. އަދި މޫނު މަތީގައި ހިފާ ހެދުމުގެ އިތުރުން ބޮލުގައި ޖަހާ ބާލީހުން ތަޅާ ހަދައެވެ.
އަނިޔާ ކުރި މީހާއަކީ ސްޓީފަން ޖޯސެފް ކިޔާ މީހެއް ކަމަށާއި އޭނާއަކީ އޯޓިޒަމް ކުދިންނަށް ތެރަޕީ ނަގައި ދިނުމުގައި ހަރަކާތްތެރިވާ މީހެއްކަމަށް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެއެވެ. މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާއިރު އޭނާ ތެރަޕީ ދިނުމަށް ދާ ގޭގޭގެ ކުދިންނަށް އަނިޔާ ކުރޭތޯވެސް ދަނީ ބަލަމުންނެވެ.
ކުޑަކުދިންނަށް އަނިޔާކުރުން އާންމުވެފައި ވާއިރު މިފަދަ ކަންކަމަށް މައިންބަފައި ހޭލުންތެރިވާންޖެހެއެވެ.
ދިވެހި ރާއްޖޭގަ ކުޑަކުއްޖުގައިގަ ތަޅާމަރާލި ވާހަކައިގެ އެއްވެސް ކަވަރޭޖެއް ނުގެނެސް ބޭރު ޤައުމެއްގެ ވާހަކަ ތިގެނެސްދެނީ ކީކޭ ހިތަށް އަރައިގެންތަ؟ މިތަނުގަ މަރުވާ ކުޑަކުދިންނަކީ ކަލޭމެންނަށް ބަޔަކަށް ނުވަނީތަ. ނޫނީ މުސްލިމުން ކުޑަކުދިންނަށް އަނިޔާކުރުމަކީ މައްސަލައަކަށް ކަލޭމެނަށް ނުވަނީތަ؟ ދީން ހަތިޔާރަށް ނަގައިގެން ތިފާޑަށް ޚަބަރު ފަތުރާނީ މުނާފިޤުންކަން އެންމެހާ މުސްލިމުން ޤަބޫލުކުރޭ.