އެމެރިކާގެ 10 މީހުން ތެރޭން އެކަކު ގަބޫލުކުރަނީ އެމްއެޗް370 ގެއްލުނީ އޭލިޔަންގެ ސަބަބުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މެލޭޝިޔާގެ މަތިންދާ ބޯޓް ގެއްލުމުގެ މައްސަލާގައި އެތައް ސުވާލުތަކެއް ފެންމަތިވެފައިވާއިރު އެމެރިކާގައި ކޮށްފައިވާ މިސާރވޭ ބުނާ ގޮތުގައި އެމެރިކާގެ 10 މީހުންގެ ތެރެއިން 1 މީހަކު ގަބޫލުކުރާ ގޮތުގައި އެމްއެޗް370 ގެއްލުމުގެ ފަހަތުގައި ވަނީ އޭލިޔަނުންނެވެ. 239 މީހުންނާއި އެކު ވީނުވީތަނެއް ނޭނގި ގެއްލިފައިވާ ބޯޓުގެ މައްސަލާގައި އެތައް ގޮތަކަށް ވާހަކަ ދެކެވޭއިރު އެމެރިކާ މީހުންގެ މިގަބޫލުކުރުމުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑު ކިޔުންދަނީ އަމާޒުވަމުންނެވެ.
މިދިރާސާ އިން ހާމަވިގޮތުގައި 9 އިންސައްތަ އެމެރިކާ މީހުން ގަބޫލު ކުރާ ގޮތުގައި އޭލިޔަނުންގެ އަތެއް ބޯޓް ގެއްލުމުގެ ފަހަތުގައި ވާނެ ކަމަށެވެ. ނުވަތަ "އެހެން ޑައިމެންޝަނަކަށް ބޯޓް ދިޔައީ" ކަމަށް ގަބޫލުކުރެއެވެ.
މިދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 42 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި ބޯޓްވަނީ ހައިޖެކް ކޮށްފައެވެ. އަދި އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ބޯޓް ވަނީ އިންޑިޔާ ކަނޑަށް ވެއްޓިފައިކަމަށެވެ.
އެމްއެޗް370 ގެ މައްސަލާގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު އެބޯޓް ހޯދުމަށް ކުރިއަރާފައިވާ ގައުމުތަކަށްވަނީ ނުކުޅެދިފައެވެ.

















ޚިޔާލު