މި ވާހަކައެއް އަޅުގަނޑުގެ ސިކުނޑީގައި އެނބުރޭތާ މިހާރު ދެތިން ދުވަހެއް ވެއްޖެއެވެ. މިހެން ހުއްޓައި މިއަދު މިފެނުނީ ރައްޓެއްސަކު އެވާހަކަ ތަންކޮޅެއް ރީއްޗަށް ލިޔެލައިގެން ބައެއް ރައްޓެހިންނާ ފޭސްބުކްގައި ޙިއްސާ ކޮށްލިތަނެވެ.. މި ލިޔުމުގެވެސް ބޭނުން ހިފައިގެން މި ވާހަކަ ތިޔަ ލޮބުވެތި ކިޔުންތެރިންނާ ޙިއްސާކޮށްލާނަމެވެ.
އައި ފްރޮމް ޒަޔޮން ކިޔާ އިސްރާއީލުގެ ޖަމާޢަތެއްގެ ޑަކްޓަރުންގެ ޓީމެއް ދިވެހިރާއްޖެއަށް އައިސްއުޅޭ އުޅުމާ ދެކޮޅު ހަދަންވީ ކީއްވެގެންކަން ބަޔާންކޮށްދިނުމަށް، މިކަމުގައި އިސްކޮށް ޙަރަކާތްތެރިވާ، ދިވެހި މުޖުތަޢުމުގައި ނަން އުފުލިގެންވާ ބައެއް ސިޔާސީ ޙަރަކާތްތެރިންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ދައްކާ ސަބަބުތަކުގެ ތެރެއިން އެންމެ ކުރިއަށް ނެރޭ ބައެއްކަންކަން ފެނުމުން ފާޑެއްގެ ހިތްނުތަނަސްކަމެއް އެބަގެނުވައެވެ. މީގެތެރެއިން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. ޔަހޫދީންނަކީ ނަޖިސްބައެކެވެ! ޔަހޫދީންނަކީ ރަސޫލުންނާއި ނަބިއްޔުން ކަތިލި މީހުންނެވެ! ޔަހޫދީން އެއުޅެނީ ދިވެހިންގެ ލޯތައް ގޮވާންކުރާށެވެ!
އަޅުގަނޑުމެން މި ޓީމާ ދެކޮޅު ހަދަން ވީ، މި ފަދަ ޓީމުތަކާއި، އެހީތައް މެދުވެރިކޮށް، ދުނިޔޭގެ ޤައުމުތަކާ، ވަކިން ޚާއްޞަކޮށް މުސްލިމު ޤައުމުތަކާ ޔަހޫދީ ދައުލަތާ ދެމެދު ގުޅުންތައް ޠަބީޢީކުރުމަށް ކުރާ މަސައްކަތާ ދެކޮޅު ހެދުމުވެ. މުސްލިމުންގެ އަތުން އިސްރާއީލުން ފޭރިގަނެފައިވާ މިލްކުތައް އޭގެ އަހުލުވެރިނަށް ރައްދުނުކުރަނީސް، އަދި އަހަރެމެންގެ މުސްލިމު އަޚުންނާ އުޚުތުންނަށް އެމީހުން ދެމުންގެންދާ އަނިޔާތައް ނުހުއްޓަނީސް، އިސްރާއީލަށް ދިވެހިން، އަދި ދުނިޔެ ކުރާ ނަފުރަތަށް ނިމުމެއް ނާންނާނެކަން، މިޓީމަށް އަޅުގަނޑުމެން މަރުޙަބާ ނުކިޔާ ނުކިޔުމުގެ ތެރެއިން، އިސްރާއީލުގެ ސަރުކާރަކާށާއި، ރައްޔިތުންނަށް އަދި އެދައުލަތަށް އިޢުތިރާފުވެ އެޤައުމާ ގުޅުން ގާއިމުކޮށްފައިވާ ދިވެހި ސަރުކާރުފަދަ މުސްލިމު ޤައުމުތަކުގެ ސަރުކާރުތަކަށްވެސް ވިސްނައިދިނުމެވެ.
މީގެ ބަދަލުގައި، ދުނިޔޭގެ މީޑިއާތަކުން، ރާއްޖޭގެ ރައްޔިތުން އިސްރާއިލުގެ ޑޮކްޓަރުންގެ ޓީމު ރާއްޖެއިން ފޮނުވާލަން ސަރުކާރަށް ބާރު އަޅަނީ، އެމީހުން ދިވެހިންގެ ލޯތައް ކޮނެގެން ގެންދަން އުޅޭތީ އެކަމާ ބިރުންކަމަށް ގޮވަން ފަށައިފިނަމަ، އެކަމުގެ ސަބަބުން ދުނިޔެއަށް ހާމަވެގެންދާނީ ދުނިޔޭގެ ކަންކަމަށް ދިވެހިންގެ ލޯ ނުހުޅެވޭ މިންވަރެވެ. އަދި ދިވެހިންނަކީ، އެމީހުންގެ ސިކުންޑިތަކަށް ބަޔަކު ބޭނުން ކޮންމެ ފިކުރެއްވިޔަސް ނުހަނު ފަސޭހަކަމާއެކު ކާންދެވިދާނެ ބައެއްކަމެވެ.
އަޅުގަނޑުމެން ޔަހޫދީންނާ ނުރުހެންވީ އެމީހުން ޔަހޫދީނަށް ވީތީއެއްނޫނެވެ. ނަމަވެސް މުސްލިމު އަޚުންނާ އުޚުތުނަށް އަނިޔާވެރިވަމުން ގެންދާތީއެވެ. އެކަމުގެ ޣީރަތުގައެވެ. އަހާ މީހާއަށް އެންމެ ބާރަށް އިވެންވީ، ބަލާ މިހާއަށް އެންމެ ސާފުކޮށް ފެންނަންވީ ސާފު ނުކުތާތަކެކެވެ. ނުސީދާ، މިވަގުތުގެ މައްސަލަޔާ އަދި ހާލަތާ ގުޅުމެއްނެތް، މަޖާޒުތަކެއްނޫނެވެ.
އަޅުގަނޑުމެން ކެރިގެން ނުކުމެ ނުރުހުން ފާޅުކުރަންވީއެވެ. އެބޭފުޅަކު ހުންނެވި ދާއިރާއަކުން ބާރު ލިބިހުރި މިންވަރަކުން ނުރުހުންފާޅުކުރަންވީއެވެ. މުޒާހަރާ ކުރަންވީއެވެ. ނަމަވެސް މުޒާހަރާ ނިމޭއިރު އަޅުގަނޑުމެންގެ މެސެޖް ސާފުވާންވާނެއެވެ.
ރަނގަޅު ވާހަކައެކެވެ! އިސްރާއީލު ސިފައިން ފަލަސްޠީނުގެ ބައެއް ޝަހީދުންގެ ގުނަވަންތައް ކަނޑައެޅިގެން، އޭގެ ވިޔަފާރިވެސް ކޮށްފައި އެބަހުއްޓެވެ! އެކަމަކު، ރާއްޖޭގައި، ދިވެހި ޑަކްޓަރުންގެވެސް ކުރިމަތީގައި، އެމީހުންދޭ ފަރުވާގައި، ދިވެހިންގެ ލޯ، ނުވަތަ އެނޫންވެސް ގުނަވަނެއް ނަގައިގެން ގެންދިއުން އެއީ އެމީހުންގެ މައިގަޑު މަޤްޞަދަކަށް ހަމަ ވެދާނެ ތޯއެވެ؟

















މިޔަހޫދީސަރުކާރަށް މެސެޖުސާފުނުވަނީކީނޫން ކޮންމެމުސްލިމަކަށްވެސް ޔަހޫދީންއެގޭނެ ބޮޑުމަންޒަރުވަށްސާފު އަޅުގަނޑުތަކުރާކޮށް ދިވެހިރާސްޖޭގެ މިތިބަ އިލުމުވެރިންނަށް މިގޮވާލަނީ ކަލޭމެންގެ އަމިއްލައެދުންމަށް ދީންހަތިޔާރަކައްނުހެދުމައް ފުރިމަމުސްލިމުންނަކީކންދެއްކުމާ އަމިއްލައެދުމުން އެމީހާގެނަފުސުތޯހިރުވެގެންވާމީހެއް ތިޔަބައިމީހުން[އަދާލަތު]ބުނަމުންދިޔައީ ޑިމޮގުރަސީ ހުއްދަކަމަށް މިވަރުގެރައީސަކުދިވެހިންނަށްނުލިބޭނެކަމަށް ވަރަށްސާފުބަލަ މިހާރުމިގައުމުގަ މަސާޖުޕާލާއެއްނެއް ރަށްލެއްނުވިއްކަ އަދިމިގައުމުގަ މިހާރުމަސްތުވެގެން މަގުތަކު މީހުންނުކުމެގެންނޫޅެ ބުނަންވާހަކައެއް އަހަރެމެންދެންއޮޅުވާލަން ނޫލޭ ދީނަކީ އަހަރެމެންގެވެސްދީން މިހަތިޔާރަށްހަދަންމަސައްކަތްނުކުރުމަށްގޮވާލަން ކުރީގައޮޅުވާލިބަޔަކު މިހާރުވެސްއޮޅުވާލާނެ މަޖޭދުއަށް މިރޭވުންމިސަރުކާރުސީޔާސަތުނޭގޭކަމަށްހަދާއަހަރެމެންނަށްއޮޅުވާލަންނުހަދާ