މުސްލިމް ހަނގުރާމަވެރިންތަކެއް އެފްރިކާ ގެ މާލީ ސިޓީގެ ޓިންބުކްޓްގެ ޖިންގަރީބާރ މިސްކިތް ކައިރީގައި ހަދާފައިވާ ދެމަޤްބަރާއެއް ގޮއްވާލައިފިއެވެ.
މިމަޤްބަރާއަކީ ސޫފީ މުސްލިމުން އެމީހުންގެ ކާބަފައިންގެ ތެރެއިން އިސްލާމީ އިމާމުންނަށް ނިސްބަތްކޮށް ހަދައިފައިވާ ތަނެކެވެ. މިތަން ހަދާފައިވަނީ މިސްކިތަކާއި އިންވެގެންނެވެ. މަންޒަރު ދުށްމީހުންނާއި ހަވާލާދީ މީޑިއާތަކުން ހާމަކުރިގޮތުގައި އަލް އަންޞާރުގެ ނަމުން ނަން ދެވިފައިވާ އިސްލާމީ މިޖަމާއަތުގެ ހަނގުރާމަވެރިން މިތަން ގޮއްވާލުމުގެ ކުރިން އެސަރަޙައްދުން މީހުން ދުރަށް ގެން ދިޔުމަށްޓަކައި ފުރަތަމަ ވަނީ މައްޗަށް ބަޑި ޖަހާ މީހުން ފޮނުވައި ލާފައެވެ. މިޖަމާއަތުން ބުނިގޮތުގައި މިތަން ގޮއްވައި ލެވުނީ މިތަނަކީ ބަޔަކު އަޅުކަން ކުރުމަށް ހަދާފައިވާތަނެއްކަމަށް ވާތީއެވެ.
މިމަޤްބަރާއަކީ އ.ދ ބަލަހައްޓާ ތަނަކަށް ވެފައި މިތަން ހަލާކޮށްލުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އ.ދ ގެ ސެކުރިޓީ ކައުންސިލުން ވަނީ މިފަދަ ހިމާޔަތް ކުރެވިފައިވާ އާސާރީ ތަންތަން ހަލާކު ކުރާ ކަމުގައި ވާނަމަ ހަނގުރާމަ އަކަށް މަގުފައި ވެދާނެކަމުގައި އިންޒާރު ދީފައެވެ. އަދި މިމައްސަލަ އިންޓަނޭޝިނަލް ކޯޓަށް ހުށައަޅާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ހުޅަނގަށް ބަރޯސާވެފައިވާ މީޑިއާތަކުން ދަނީ 'މިސްކިތެއް' ގޮއްވާލިކަމަށް ބުނެ އަޑު ފަތުރަމުންނެވެ. އަދި އެފަދަ ފަރާތްތަކުން ބުނަމުންދަނީ "އެތަން ގޮއްވާލީ ކުރީގެ ތާރީޚީ ބިނާތައް ބެހެއްޓުމަކީ "ހަރާމް" ކަމެއް" ކަމަށް ބުނެ ކަމަށެވެ.
ޚިޔާލު