2011 ވަނަ އަހަރު މިސްރުގެ އޭރުގެ ރައީސް ހުސްނީ މުބާރާކްގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާކުރި މީހުން މެރި ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވިއެވެ.
މިދައުވާއާއި ގުޅޭގޮތުން މާރޗް ދެވަނަ ދުވަހު މިސްރުގެ ކޯޓުންކުރި ހުކުމުގައިވަނީ މުބާރަކްއާއި ދެކޮޅަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އަދި މިހުކުމާއެކު ކޯޓުންވަނީ މިހުކުމް އިންތިއުނާފުކުރުމުގެ ދޮރުވެސް ބަންދުކޮށްފައެވެ.
މިހުކުމުގެ ސަބަބުން މިހާރު ބަންދުގައިހުރި މުބާރަކް މިނިވަންވާނެކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ.
މުބާރަކްގެ ވެރިކަންވެއްޓި ދެން ވެރިކަމަށް އިންތިހާބުވީ ޑރ މުހައްމަދު މުރްސީގެ ސަރުކާރުން އެކުލަވާލި ކޮމިޝަނުން ނެރުނު ރިޕޯރޓްގައިވަނީ 2011 ވަނަ އަހަރު މުބާރަކްގެ ވެރިކަމާއި ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާތަކުގެ 846 އަށްވުރެ ގިނަމީހުން މުބާރަކްގެ ސަރުކާރުން މަރާލާފައިވާ ކަމަށެވެ.
ޚިޔާލު