"ފައިސާ" ކާޑާއި އެކު އިސްލާމިކް ބެންކްގެ އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.
މޯލްޑިވްސް އިސްލާމިކް ބެންކްގެ އޭޓީއެމް ޚިދުމަތް ތަޢާރަފް ކުރުމަށް ނޫސްވެރިންނާ ބައްދަލުކުރައްވާ އެބެންކްގެ ސީއީއޯ ހާރިސް ހާރޫނު ވިދާޅުވީ 'ފައިސާ' ގެ ނަމުގައި އިސްލާމިކް ބޭންކްގެ އިން އޭޓީއެމްއިން ޚިދުމަތް ތަޢާރަފް ކުރާއިރު މިހާތަނަށް މާލޭގެ 2 ސަރަހައްދެއްގައި އޭޓީއެމް ބަހައްޓާފައިވާނެކަމަށާއި އިސްލާމިކް ބެންކްގެ އޭޓީއެމްއިން އާންމުން ބަލައިގަންނާނެފަދަ ޚިދުމަތްތަކެއް ލިބޭނެކަމަށެވެ.
"މިބެންކްގެ އޭޓީއެމް ޚިދުމަތް ދޭން ފަށާއިއިރު މާލޭގެ 2 ސަރަހައްދެއްގައި އޭޓީއެމް ވާނީ ބަހައްޓާފައި. އިސްލާމިކް ބެންކްގައި އޭޓީއެމްއަކާއި އައިޖީއެމްއެޗްގައި އޭޓީއެމް އެއްވާނީ ބަހައްޓާފައި. މިކާޑު ބޭނުން ކުރެވޭނީ ހަމައެކަނި ރާއްޖޭގައި." މޯލްޑިވްސް އިސްލާމިކް ބެންކްގެ ސީއީއޯ ވިދާޅުވިއެވެ.
މޯލްޑިވްސް އިސްލާމިކް ބެންކްގެ އޭޓީއެމް ތަޢާރަފް ކުރުމަށްފަހު ހެޑް އޮފް ކާރޑް ސެންޓާރ އަހުމަދު ރިޒާ ވިދާޅުވީ، "ކާރޑްގެ ސެކިއުރިޓީ އެހެން ކާރޑްތަކަށްވުރެ ރަނގަޅުވާނެ. އެގޮތުން ކޮންމެ ޓްރާންސެކްޝަނަކަށް ޕިން ޖަހަން ޖެހޭނެ. އަދި ޕިން ބަދަލު ކުރެވޭނެ އޭޓީއެމްއިން ބޭނުން އިރަކު. އެއީ އެހެން ކާޑު ތަކުން ނުލިބޭނެ ޚިދުމަތެއް."ކަމަށެވެ.
މޯލްޑިވްސް އިސްލާމިކް ބެންކްގެ އޭޓީއެމްއިން ދުވާލަކު ނެގޭނީ 5000 ރުފިޔާއެވެ. އަދި ކޮންމެ ޓްރާންސެކްޝަނަކަށް 1 ރުފިޔާ ޗާޖު ކުރާނެއެވެ. އެކައުންޓް ބެލެންސް ޕްރިންޓް ކުރުމުގެ އިތުރުން ސްޓޭޓްމަންޓް ޕްރިންޓް ނުކޮށް ސްކްރީނުން ބަލާލެވޭނެއެވެ. އަދި މީގެ އިތުރުން ކަޑުގެ ޕިން އޭޓީއެމްއިން ބަދަލުކުރެވޭއިރު އޭޓީއެމް މެދުވެރިކޮށް ޗެކް ފޮތަށް ރިކުއެސްޓްކުރުމާއި ބެންކް ސްޓޭޓްމަންޓްއަށް ވެސް ރިކުއެސްޓް ކުރެވޭނެއެވެ.
މޯލްޑިވްސް އިސްލާމިކް ބެންކްގެ އޭޓީއެމް ޚިދުމަތަށް އެދޭ ފޯރމް މިއަދުން ފެށިގެން އިސްލާމިކް ބެންކްއިން ލިބެން ހުންނާނެކަމަށް އެބެންކް އިން ހާމަކުރެއެވެ. އަދި ފޯމް ލާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ކާޑު އިޝޫކުރާނެކަމަށްވެސް އެބެންކްއިން ދިއިސްލާމްއަށް މައުލޫމާތު ދެއްވައެވެ.

















އުފާވެރި ޚަބަރެއް. މީގެންވެސް އެނގިގެންދިޔައީ ﷲސވޢ މުއުމިނުން ކޮންމެގޮތެއްވުމަށް ދޫކޮށް ނުލައްވާނެކަން. މިހާރު ރާއްޖޭގައިވެސް އިސްލާމްދީން ގަބޫލްކުރާ ފައިސާގެންގުޅުމުގެ ފަސޭހަކަން ފުރިހަމަވީ. އަލްޙަމްދުލިﷲ.
މިއީ ވަރަށް އުއްމީދު ކުރި ދުވަހެއް! މިދުވަސް ނައިސްގެން ހަޤީޤަތުގައި އިސްލާމިކް ބޭންކަށް ސައިންއަޕް ނުކޮށްހުރީ. އިރާދަ ކުރެއްވިއްޔާ ދެން އަންނަ އާދީއްތަ ދުވަހު އެކައުންޓެއް ހުޅުވާނަން.